Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕިއްޒާގެ ވިޔަފާރި

އިޓަލީގައި ހިންގަމުން އައި ޑޮމިނޯސް ޕިއްޒާ ވިޔަފާރިތައް ބަންދުކޮށްފި

ޑޮމިނޯސް ޕިއްޒާގެ 18300 އައުޓްލަޓް 90 ގައުމެއްގައި ހިންގާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 އޯގަސްޓު 2022 | ބުދަ 11:53
ޕިއްޒާ

ޕިއްޒާ

ފާސްޓް ފުޑް ވިޔަފާރީގައި ނަން ފާހަގަކޮށްލެވޭ ޑޮމިނޯސް ޕިއްޒާއިން އިޓަލީގައި ހިންގަމުންއައި އެންމެ ފަހު ވިޔަފާރިވެސް ބަންދުކޮށްފިއެވެ. ޕިއްޒާގެ ވިޔަފާރި ފުރަތަމަ ފެށިގެން އައީ އިޓަލީން ކަމަށް ވާއިރު، މަޝްހޫރު ޑޮމިނޯސް ޕިއްޒާ އިޓަލީން ލިބުން ހުއްޓިގެން މިދިޔައީ، "ޑޮމިނޯސް"ގެ ފްރެންޗައިސް ގަނެފައިވާ ކުންފުނި "އީ ޕިއްޒާ ސްޕާ" ބަނރޫޓުވެފައިވާކަން އިއުލާނުކުރުމުންނެވެ.

"އީ ޕިއްޒާ ސްޕާ" ފުރަތަމަ މިކަން އިއުލާނުކޮށްފައިވަނީ މިއަހަރުގެ އެޕްރިލް މަހުއެވެ. ނަމަވެސް ކްރެޑިޓަރުންގެ މަދަދާއެކު، އިތުރު 90 ދުވަހުގެ ހިމާޔަތް ދެވުނެވެ. ނަމަވެސް އެމުއްދަތު ވަނީ ޖުލައިމަހުގެ ނިޔަލަށް ހަމަވެފައެވެ.

2015 ވަނަ އަހަރު އިޓަލީގައި ޑޮމިނޯސް ޕިއްޒާގެ ވިޔަފާރި ފެށުމަށްފަހު ކަސްޓަމަރުންގެ މަގްބޫލްކަން ހޯދުމަށް "އީ ޕިއްޒާ ސްޕާ"އިން ވަރަށް މަސައްކަތްކުރިއެވެ. ފައިދާ ލިބުނު އަހަރުތަކަކަށްފަހު، ކޮވިޑް 19އާ ގުޅިގެން އެފަރާތަށްވެސް ދަތިތައް ކުރިމަތިވިއެވެ. އައުޓްލަޓްތައް ބަންދުކޮށްފައި ބަހައްޓަން ޖެހުމާއި، އަދި ފަހުން ޑެލިވަރީއަށްވެސް އެޅުނު ހުރަސްތަކުގެ ސަބަބުންނެވެ. ވާދަވެރި ކުންފުނިތަކުން ޑެލިވަރީގެ މަސައްކަތް އައު ހަރުފަތަކަށް ޖެއްސުންވެސް ވީ ޑޮމިނޯސް ވިޔަފާރިއަށް އެޅުނު ހުރަހަކަށެވެ. ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅަންފެށި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރިޔަށްނުގެންދެވި، 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ވަނީ ޑޮމިނޯސް ޕިއްޒާ ޑެލިވަރީކުރުންވެސް ހުއްޓާލަންޖެހިފައެވެ. 2020 އަހަރާ ހަމައަށް ޑޮމިނޯސްގެ 23 އައުޓްލަޓް އިޓަލީގައި އައީ ހިންގަމުންނެވެ.

ޑޮމިނޯސްގެ 1200 އައުޓްލަޓް ޔޫކޭ އަދި އަޔަރލަންޑްގައި ހިންގައެވެ. މިއީ ޔޫރަޕްގައި ޑޮމިނޯސްގެ އެންމެ ފުޅާ މާކެޓެވެ.

ޑޮމިނޯސް ޕިއްޒާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ފުޅާކޮށް ހިންގާ ޕިއްޒާގެ ވިޔަފާރިއަށްވާއިރު، އެފަރާތުން 90 ގައުމެއްގައި 18،300 އައުޓްލަޓް ހިންގައެވެ.      

އިތުރަށް ކިޔާލަން

21 މެއި 2017

އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"

21 މެއި 2017
އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"
18 މެއި 2017

އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި

18 މެއި 2017
އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި
09 މެއި 2017

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި
18 އެޕްރީލު 2017

"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި

18 އެޕްރީލު 2017
"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި
05 އެޕްރީލު 2017

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

05 އެޕްރީލު 2017
އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު