Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަ

ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަ އޭސީސީން ބަލަން ފަށައިފި

8 އޯގަސްޓު 2022 | ހޯމަ 18:09

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެރަށުގެ ޑަބްލިޔުޑީސީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން 2 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޯގަސްޓު 2022 | ހޯމަ 18:09
އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން

ރ. ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފިއެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު (ރާއްޖެއެމްވީ)އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ މައްޗަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ދިރާސާކުރުމަށްފަހު އެކަން ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އެނިންމުން ނިންމާފައިވަނީ ހޯމަ ދުވަހުއެވެ.

Advertisement - newsAdvertisement

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން 2 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ފެންމަތިވީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ މަހު ނެރުނު ރިޕޯޓުންނެވެ. އޭސީސީއަށް އެ މައްސަލަ ހުށަހެޅީވެސް އެ އޮތޯރިޓީންނެވެ.

އެލްޖީއޭއިން އެކުލަވައިލި ރިޕޯޓުން ހާމަވިގޮތުގައި، ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސަރވިސް ގަވައިދު، އަދި މާލީ ކަންކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ޚިލާފަށް އަމަލުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މާލީ ކަންކަމާގުޅޭ ލިޔެކިޔުންތައް ނެތި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި ނަގުދު ފައިސާއިންވެސް ކައުންސިލަރުންނާއި މުވައްޒަފުންނާއި ޑަބްލިއުޑީސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމަށް ވަނީ ބުނެފައެވެ. މި ފައިސާތަކުގެ ތަފްސީލު އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

އެލްޖީއޭއިން ވަނީ، މި ރިޕޯޓުގައި ދުވާފަރު ކައުންސިލުން ފާހަގަ ކުރެވުނު 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާދީފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ މާލީކަންކަމުގައި ފަރުވާކުޑަވުމާއި ޚިޔާނަތުގެ ކަންކަމެވެ.

އެލްޖީއޭއިން ބުނީ، 'އިން-ކައިންޑް'ގެ ގޮތުގައި ފައިސާއާއި ތަކެތި މާލިއްޔަތުން ދިނުމާއި، ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށްވެސް ދުވާފަރު ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަމަށެވެ. މި ރިޕޯޓުން ދައްކާގޮތުގައި، ދުވާފަރު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލިފުޅުގެ އެކައުންޓަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައެވެ. އެގޮތުން ލިޔެކިޔުމުން އެއްވެސް ތަފްސީލެއް ނޭނގޭ 711،617 ރުފިޔާ އޭނާއަށް ނަގުދު ފައިސާގެ ގޮތުގައާއި އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކައުންސިލް މެމްބަރު މުހައްމަދު ޝާމުއަށް 447،837 ރުފިޔާ ލިބިފައިވާއިރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދުއަށް 252،048 ރުފިޔާ، ކައުންސިލް މެމްބަރު ޒުހުދާ އާދަމްއަށް 181،666ރުފިޔާ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހުއަށް 165،200.79 ރުފިޔާ، ކައުންސިލް މެމްބަރު އަހުމަދު ސަމޫހުއަށް 128،696.47 ރުފިޔާ، ކައުންސިލް މެމްބަރު އާމިނަތު ސަލާހުއަށް 119،535 ރުފިޔާ ވަނީ ލިބިފައެވެ.

އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވަކި ތަފްސީލެއްނެތި 21،981 ރުފިޔާ ދީފައިވާއިރު، ކޮމިޓީގެ ރައީސް އާމިނަތު އަހުމަދުއަށް 67،820 ރުފިޔާ ވަނީ ލިބިފައެވެ. އަދި ކޮންޓްރެކްޓް މުވައްޒަފެއްކަމަށްވާ އަހުމަދު ޝާމިލުއަށް 6042 ރުފިޔާ ވަނީ ލިބިފައިވާއިރު، މަސައްކަތުމީހެއްގެ ވަޒީފާއަދާކުރާ ލުގުމާން އަބްދުއްރަހުމާނަށާއި ސަޕޯޓް ސްޓާފް އަބްދުﷲ ނާޝިދުއަށާއި ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާއަށްވެސް، ލިޔެކިޔުމުގެ އެއްވެސް ތަފްސީލެއް ނެތްގޮތަށް ވަނީ މަދު އަދަދުން ނަމަވެސް ފައިސާ ލިބިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް