Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތައުލީމީ ދާއިރާ ހަރުދަނާކުރުން

މުދައްރިސުންނަށް ލައިސެންސް ދީ، ކިޔަވާދޭ ތަންތަން ރެޖިސްޓަރ ކުރުން ލާޒިމްކުރަނީ!

ދިރާސީ އާ އަހަރު ފެށީ 92000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2022 | އާދީއްތަ 08:22
ތައުލީމީ ވަޒީރު ޑރ.އައިޝަތު އަލީ ދެއްވި ހިތާބުގެ ތެރެއިން

ތައުލީމީ ވަޒީރު ޑރ.އައިޝަތު އަލީ ދެއްވި ހިތާބުގެ ތެރެއިން

މުދައްރިސުންނަށް ލައިސަންސް ދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށް ތައުލީމީ ވަޒީރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރާއި ގުޅިގެން ދެއްވި ހިތާބުގައި ވާހަކަދައްކަވަމުން ޑރ.އައިޝަތު ވިދާޅުވީ މުދައްރިސުންނަށް ލައިސަންސެއް ދޫކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މުދައްރިސުންނަށް ލައިސެންސް ދޫކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަަމަށެވެ. ތައުލީމީ އާ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ހާ ދުވަސް ވެފައި ވާއިރު، އެ ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދާ ނިމިފައިވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ އެ ޤާނޫނުގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މުދައްރިސުންނަށް ލައިސަންސް ދިނުމުގެ އިތުރުން، ކިޔަވާދޭ ތަންތަން ރެޖިސްޓްރީކުރުން ލާޒިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ ހިތާބުގައި މިނިސްޓަރ ވިދާޅުވީ އާ ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅުތަކަކަކީ ތައުލީމުގެ ފެންވަރު މަތިކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

މިހާރު އޮންނަ ގަވާއިދުގެ ދަށުން ވަކި ވަކި މުދައްރިސުންނަށް ލައިސެންސް ދޫކުރާކަށް ނުޖެހެއެެވެ. މިހާރު މުދައްރިސުން ރެޖިސްޓަރ ކުރަނީ ތައުލީމީ ވުޒާރާގައެވެ. ބުރާސްފަތި ދުވަހު ދެއްވި ހިތާބުގައި މިނިސްޓަރ ވަނީ ދަރިވަރުންނާއި ބައްދަލުވާ އެންމެންނަކީ ވެސް ދަރިވަރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން ސްކޫލާއި ސްކޫލުން ބޭރު މާހައުލުގައި ދަރިވަރުންނާއި ބައްދަލުވަނީ ކޮން ބަޔަކާތޯ ބަލާ ދަރިވަރުންގެ ރައްކާތެރިކަން ކަށަަވަރުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަރިވަރުންނަށް ނިސްބަތްކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ދަރިވަރުންނަކީ އުނގެނޭ، ދިރިއުޅުމުގެ ހުނަރުތައް ދަސްކުރާބަޔަކަށް ވުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި މުޖުތަމައު އަށް ފައިދާ ހުރި ބަޔަކަށް ވުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ.

މި ފަަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 92000 އަށް ވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.

އައިޝަތު އަލީމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

10 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު