Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަމުގެ ތަމްރީނުތައް

ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރެވޭނެ: މިނިސްޓަރު މައުސޫމް

ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކުރުމަކީ ރައީސް ގެންގުޅުއްވާ ވިޝަންއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 04:05
ރިސޯޓު މުވައްޒަފުންތަކެއް

ރިސޯޓު މުވައްޒަފުންތަކެއް

ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރަށް ފަތުރުވެރިކަމުގެ ތަމްރީނުދޭ މަރުކަޒެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވިޝަންއެއް ކަމަށެވެ. އިރާދަކުރެއްވިއްޔާ އެކަންތައް ފުރިހަމަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލަށް ވާއިރު މިއީ ފަތުރުވެރިކަން ކިޔަވަން ރާއްޖެއަށް އަންނަންވީ ޒަމާން ކަމަށެވެ. މި އިންޑަސްޓްރީގައި ރާއްޖެއާ ވާދަކުރެވޭ ވަރުގެ ފެސިލިޓީތައް އެހެން ޤައުމުތަކުގައެއް ނެތް ކަމަށާއި، ރާއްޖޭގައި މި އޮންނަ މެހެމާންދާރީއަކީ ފާހަގަކޮށްލެވޭ ޚާއްސަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ވަޒީފާތަކަށް ބޭނުންވާވަރަށް ދިވެހިންގެ އާބާދީ މަދު ކަމަށެވެ. އެހެންވީމަ ބިދޭސީން ގެންނަންޖެހޭ ކަމަށާއި، އެހެންނަމަވެސް މިކަން ވާން އޮތީ ދިވެހިންގެ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ. އެމީހުންނަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި، އެމީހުންނަކީ ދިވެހިންގެ ވަޒީފާ އަތުލަން އަންނަ ބައެއްގެ ގޮތުގައި ދެކުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން ލިބުން މަދުކަން ފާހަގަކުރެވޭ ކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިނިސްޓަރު ވިދާޅުވީ، ސްކޫލް ނިންމާ ދަރިވަރުންގެ އާބާދީ 6000ށްވެސް ނާރާކަމަށާއި، ނަމަވެސް ފަތުރުވެރިކަން ފުޅާވަމުން އަންނަ ހަލުވިމިނަށް ބަލައި، އަހަރަކު 10،000 މުވައްޒަފުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާނެ ކަމަށެވެ. އަދި ސްކޫލް ނިންމާ އާބާދީގެ ތެރެއިން ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ޚިޔާރުކުރާނީ މަދު އިންސައްތައެއް ކަމަށާއި، އެހެންކަމަށްވާނަމަ ދާއިރާ ހިންގުމަށް ބިދޭސީންގެ އަދަދު އިތުރު ކުރުމަށް ވިންސަންޖެހޭކަމަށެވެ.

ދިވެހިން ނުލިބޭނަމަ ބިދޭސީންގެ އަދަދު އިތުރުކުރުމަށް ވިސްނަން ޖެހޭކަމަށް ވިދާޅުވިނަމަވެސް، އެގޮތަށް އަމަލުކުރާނީ ދިވެހިންނަށް ހުރި ފުރުސަތުތައް ހަނިނުވާގޮތަށް ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އެގޮތުން، މަތީ މަގާމުތަކާއި ދިވެހިން ގިނައިން ޝައުގުވެރިކަން ހުންނަ މަޤާމުތައް ދިވެހިންނަށް ޚާއްސަކުރަންޖެހޭ ކަމަށާއި، ދިވެހިންނަކީ ދާއިރާގައި ހުނަރު ހުރި ބައެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު