Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހާއްސަ ސްކޮލަރޝިޕްގެ ފުރުސަތު

ތަޢުލީމީ ހުނަރުވެރި ޖީލެއް ބިނާކުރުމަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް

20 ޖުލައި 2022 | ބުދަ 02:09

ރައީސް ވިދާޅުވީ ސިޔާސަތަށް ގެނެވުނު ބަދަލާ އެއްގޮތަށް ކުރެވޭ މަސައްކަތާއި ހޭދައިގެ ނަތީޖާ ފެންނަނީ އުޖާލާކޮށް ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ޖުލައި 2022 | ބުދަ 02:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ތަޢުލީމީ އަދި ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ވާހަކަފުޅުގައި ރައީސް ވަނީ މަތީ ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތައުލީމީ ދަރިން ކަމަށާއި މައިންބަފައިންނަކީ އިލްމުވެރިން ނޫން ކަމުގައިވިޔަސް ދަރިން އިލްމުވެރިވެ މޮޅުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް އެދޭނީ އެމީހެއްގެ ދަރިން މަތީ ދަރަޖައަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދިއުން ކަމަށާއި ސަރުކާރުތަކުން ޤައުމުގެ ސިޔާސަތު ބިނާ ކުރަން ޖެހޭނީ އެކަން ދެނެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކު އުޅޭ ރަށަކުން އިބްތިދާއީ ތައުލީމް ހާސިލް ކުރެވޭނެ މަގު ފަހިކޮށްދެވިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސާނަވީ މަރުހަލާ ތަނަވަސްކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އުގަންނައިދިނުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ މުދައްރިސުންނާއި ޕްރިންސިޕަލުން ކަމަށްވާއިރު އެ ފަރާތްތަކުގެ ނެތް ގާބިލުކަމަކާއި ހުނަރެއް ދަރިވަރުންނަށް ހޯދައި ނުދެވޭނެ ކަމަށެވެ. އެހެންކަމުން، އެކަމަށް ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި ސިޔާސަތަށް ގެނެވުނު ބަދަލާއެއްގޮތަށް ކުރެވޭ މަސައްކަތާއި ހޭދައިގެ ނަތީޖާ ވަރަށް އުޖާލާކޮށް ފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ވަނީ ލިބިފައެވެ. އަދި ހައި އެޗވަރސް ސްކޮލަރޝިޕް 79 ދަރިވަރަކަށް ވަނީ ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕަކީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް ދެމުން އަންނަ ސްކޮލަރޝިޕްތަކެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2018

މިރާއްޖެ ސަލާމަތް ކުރަން ބޭނުން ނަމަ މިވަގުތު އެންމެ މުހިއްމު ކަމަކީ ރީ ރަޖިސްޓަރ ކުރުން: މާރިޔާ

24 ޖުލައި 2018
މިރާއްޖެ ސަލާމަތް ކުރަން ބޭނުން ނަމަ މިވަގުތު އެންމެ މުހިއްމު ކަމަކީ ރީ ރަޖިސްޓަރ ކުރުން: މާރިޔާ
27 މެއި 2018

މިވަގުތު ރާއްޖެއަކީ ބޮޑު ގޮންޖެހުމެއް: އިންޑިއާގެ ނޭވީ ޗީފް

27 މެއި 2018
މިވަގުތު ރާއްޖެއަކީ ބޮޑު ގޮންޖެހުމެއް: އިންޑިއާގެ ނޭވީ ޗީފް
02 ފެބުރުއަރީ 2018

މިވަގުތު އެންމެ ރަގަޅީ އަނިލް މަގާމުން އިސްތިއުފާ ދެއްވުން: ރައީސް ނަޝީދު

02 ފެބުރުއަރީ 2018
މިވަގުތު އެންމެ ރަގަޅީ އަނިލް މަގާމުން އިސްތިއުފާ ދެއްވުން: ރައީސް ނަޝީދު
17 ޖެނުއަރީ 2018

ދަރިވަރަކަށް ހަމަލާދިން މައްސަލާގައި މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް: ފުލުހުން

17 ޖެނުއަރީ 2018
ދަރިވަރަކަށް ހަމަލާދިން މައްސަލާގައި މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް: ފުލުހުން
18 ޑިސެމްބަރު 2017

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ، މިވަގުތު އެލަރޓެއް ނެތް

18 ޑިސެމްބަރު 2017
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ، މިވަގުތު އެލަރޓެއް ނެތް
04 ޑިސެމްބަރު 2017

ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި މިވަގުތު ހާމަކުރާނެ އެއްޗެއް ނެތް: ފުލުހުން

04 ޑިސެމްބަރު 2017
ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި މިވަގުތު ހާމަކުރާނެ އެއްޗެއް ނެތް: ފުލުހުން
12 އޮކްޓޯބަރު 2017

ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް

12 އޮކްޓޯބަރު 2017
ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް
05 އޮކްޓޯބަރު 2017

ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު

05 އޮކްޓޯބަރު 2017
ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު
05 އޮކްޓޯބަރު 2017

މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ

05 އޮކްޓޯބަރު 2017
މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް