Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމީނީ މަގު ތަރައްޤީކުރުން

އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންފުޅުނުވާކަމަށް މުއިއްޒު ވިދާޅުވި: އަކްރަމް

އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް މުއިއްޒުއާ މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 ޖުލައި 2022 | އަންގާރަ 17:52
އަކްރަމް ކަމާލުއްދީން

އަކްރަމް ކަމާލުއްދީން

މާލޭގެ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުން ނުވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށް ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކްރަމް ވިދާޅުވީ، މާލޭގެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 2019 ވަނަ އަހަރު ތައާރަފުކުރި ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓް ތައާރަފުކުރީ މަޖިލީހާއި އޭރުގެ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށާއި، 2020 ވަނަ އަހަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ހެދި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ކުރިއަށްދިޔައީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އައު ކައުންސިލުން ބަދަލުތަކެއް ގެނައިކަމަށާއި، ބޮޑެތި ބަދަލުތަކެއްވެސް ގެންނަން މަސައްކަތްކުރިކަމަށެވެ. އަދި މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަމީނީ މަގު ތަރައްގީކުރަން ބޭނުންފުޅުވެވަޑައިގެން ޕްލޭނިންގ މިނިސްޓްރީން ސިޓީ ކައުންސިލާއި ބައްދަލުކުރި ކަމަށާއި، ކައުންސިލްގެ ވިސްނުމަކީ ވަރަށް އާދައިގެ ގޮތަކަށް މަގު ހެދުން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އާދައިގެ ގޮތަކަށް އަމީނީ މަގު ހަދަން ސަރުކާރުން ބޭނުން ނުވާތީއާއި ސިޓީ ކައުންސިލުން އެ މަގު ނުހަދާނެކަން ޔަގީންވުމުން މިނިސްޓްރީގެ ދަށަށް ޕްރޮޖެކްޓް ބަދަލުކުރީ ކަމަށެވެ.

އަކްރަމް މިފަދައިން ވިދާޅުވީ އާރްޑީސީއާއި ސިޓީ ކައުންސިލާއެކު އަމީނީމަގު ހަދަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ތުހުމަތުތަކެއް ކުރެއްވުމުންނެވެ. ނަަމަވެސް އެފަދަ އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ)ވެސް ވަނީ ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ، މާލޭ މޭޔަރު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީން ސޮއިކޮށްފައި ނުވާނެކަމަށެވެ. އަމީނީ މަގު ހެދުމަށް މިނިސްޓްރީއާއެކު އާރުޑީސީން ސޮއިކޮށްފައިވަނީ މުޅިން އައު ޕްރޮޖެކްޓެއްގައި ކަމަށާއި، އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގްއާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް، ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް ވެވުނު އެއްބަސްވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަކްރަމް ކަމާލުއްދީންޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު