Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުން

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފި

5 ޖުލައި 2022 | އަންގާރަ 14:10

ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށްފައިވަނީ އަންގާރަ ދުވަހުން ފެށިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ޖުލައި 2022 | އަންގާރަ 14:10
ޓެކްސީ

ޓެކްސީ

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުން ދަތުރުތަކަށް ނަގާ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، ޓެކްސީ އަގުތައް ބޮޑުކުރީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީކަމަށެވެ. އެގޮތުން އަންގާރަ ދުވަހުން ފެށިގެން އާ އަގުތަކާ އެއްގޮތަށް ޓެކްސީތަކުން ފައިސާ ނެގޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ މާލޭގެ އެތެރޭގެ ދަތުރުތަކާއި އެއަރޕޯޓަށް ކުރާ ދަތުރުތަކާއި ހުޅުމާލޭގެ ދަތުރުތައްވެސް ބޮޑުކޮށްފައެވެ.

ކުރިން މާލޭގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ ކަނޑައަޅާފައި އޮތްއިރު، މިހާރު ދަތުރަކަށް ނަގާނީ 30 ރުފިޔާއެވެ. މިއީ މާލެއާއި ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އެތެރޭގެ ދަތުރުތަކަށް ނަގާނެ އަދަދެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފައިވާގޮތުގައި، އަންގާރަ ދުވަހުން ފެށިގެން، މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ނަގާނީ 85 ރުފިޔާއެވެ. އަދި މާލެ އާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ދަތުރަކަށް ނަގާނީ 100 ރުފިޔާއެވެ. ކުރިން މާލެއިން ހުޅުމާލެއަށް 75 ރުފިޔާއަށް ދެވޭއިރު ދެވަނަ ފިޔަވައްސަށް ދަތުރަކަށް ނަގަމުން އައީ 90 ރުފިޔާއެވެ.

މި ބަދަލާއެކު މާލެއިން ހުޅުލެއަށް ނަގަމުން އައި އަގު ވަނީ 70 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ހުޅުލެއާ ދެމެދު ދަތުރަކަށް ނަގާ އަގު 80 ރުފިޔާއަށް ބޮޑު ކޮށްފައިވާއިރު ދެވަނަ ފިޔަވައްސާ ހުޅުލެއާ ދެމެދު ނަގާ އަގު ވަނީ 85 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދެމެދު އަންގާރަ ދުވަހުން ފެށިގެން ޓެކްސީގައި ދަތުރު ކުރެވޭނީ 40 ރުފިޔާއަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ސަބަބުން ޚަރަދުތައް އިތުރުވެފައިވާ ކަމަށްބުނެ ޓެކްސީތަކުން ވަނީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް މިނިސްޓްރީގައި އެދިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމުގެ ކުރިންވެސް ބައެއް ޓެކްސީތަކުން ދަތުރުތަކަށް ނަގަމުން އައީ ބޮޑު އަގުތަކެކެވެ.

ޓެކްސީ ޚިދުމަތްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް