Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖަށް ދާ މީހުން

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެ

ވިއްސާރަވެއްޖެނަމަ ހައްޖުވެރިންނަށް ހިޔާވެވޭނެކަހަލަ ދިމާތަކަށް ބަސްތައް ވަނީ ހަމަޖައްސާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖުލައި 2022 | ހޮނިހިރު 10:41
ހައްޖަށް ދިއުމަށް ބަޔަކު ފުރަނީ

ހައްޖަށް ދިއުމަށް ބަޔަކު ފުރަނީ

1443 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެއެވެ.

ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު ހަމަޖައްސާފައިވާއިރު، ހައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެދިނުމަށް މީހުން ތިބޭނެއެވެ.

Advertisement - newsAdvertisement

މިރޭ ހައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ މަޖީދީމަގު, ފަރީދީމަގު, އޯކިޑުމަގު, އަމީނީމަގު އަދި ބޮޑުތަކުރުފާނު މަގުގައެވެ.

މިރޭ ހައްޖުވެރިން ފުރާއިރު، މޫސުން ގޯސްވުމާގުޅިގެން ބަސް ދަތުރުކުރާ ރޫޓްތަކަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ވިއްސާރަވެއްޖެނަމަ ހައްޖުވެރިންނަށް ހިޔާވެވޭނެކަހަލަ ތަންތަން ވަނީ ހަމަޖައްސާފައެވެ.

ހައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮއިންޓްތަކަކީ، މަޖީޖީމަގު ހިމެނޭ ސަރަހައްދުގައި މާފަންނުން، ސްޓާރ ސިނަމާ ކައިރި، ކްލިކް ކޮމްޕިއުޓަރ، ސަންފްރަންޓް ކައިރި، މައްޗަންގޮޅިން އަގޯރާ ކައިރި، އުރީދޫ މޯލްޑިވްސް، އަދި ހެންވޭރުން އިބްރާހީމީ މިސްކިތް ކައިރި، އަދި ހެންވޭރު ކެލަމް ކައިރިންނެވެ.

އަމީނީ މަގުން އެސްޓީއޯ ސްޓާފް ކުއާރޓަރސް ކައިރި، ޣިޔާސުއްދީން ސްކޫލް ކައިރި، އެމްޑަބްލިއުއެސްސީ ކައިރި އަދި ސްޓެލްކޯ ކައިރިންނެވެ.

މީގެ އިތުރުން ފަރީދީމަގު/އޯކިޑުމަގު ސީ ސްޕޯޓްސް ކައިރި އަދި އެސްޓްރާބަން މޯލްޑިވްސް ކައިރިންނެވެ.

ބޮޑުތަކުރުފާނުމަގުން ޖެޓީ ނަންބަރު 5 ކައިރި އަދި އެމްޓީސީސީ ހެންވޭރު ފެރީޓަރމިނަލް ކައިރީގައި ބަސް އޮންނާނެއެވެ.

ހުޅުމާލެ ފޭސް 1ގެ ރެޑްވޭވް ސިޓީ ސްކޮޔަރ، ހުޅުމާލޭ ހޮސްޕިޓަލް ކައިރި، މެއިން ބަސް ސްޓޮޕް، އަދި N1 ބަސް ސްޓޮޕް ކައިރިއާއި އަމީން އެވެނިއު ކުރިމަތީގައި ހުންނަ ބަސް ސްޓޮޕްގައި ހައްޖުވެރިންނަށް ޚާއްސަ ބަސް އޮންނާނެއެވެ.

ހުޅުމާލެ ފޭސް 2ގެ އެމްޓީސީސީ ބީޗް ސައިޑް ބަސް ސްޓޭޝަންގައި ބަސް އޮންނާނެއެވެ.

ހުރިހާ ބަހެއްގެ ދަތުރުވެސް މިރޭ ފަށާނީ ރޭގަނޑު 7 ޖަހާއިރުއެވެ.

ހައްޖުވެރިންނާއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާނެއެވެ. ހައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިރޭ ހައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 8:30ގައެވެ. ސައޫދީ އެއާލައިންއިން ހައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 115 ހައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފައެވެ. މިރޭ ހައްޖުވެރިން ފުރުވަން ދާ މީހުން އަނބުރާ އައުމަށް ހުޅުލޭ ޕާކިންގ އޭރިއާގައި ރޭގަނޑު 8:00ން 9:30ށް ބަސްދަތުރުތައް އޮންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު