Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންޓެނާ ޓަވަރުތައް

އެންމެ އެންޓެނާ ޓަވަރެއް ގުޑުވާލުމަކީ ވެސް މުޅި މުވާސަލާތީ ޚިދުމަތްތަކަށް ބޮޑު އަސަރެއް ކުރާނެ ކަމެއް – މިނިސްޓަރު ޝައުނާ

އެންޓެނާ ޓަވަރެއް ނަގައިގެން އެހެންތަނަކަށް ގެންދިއުމަކީ ގޮންޖެހުންބޮޑު ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖޫން 2022 | އަންގާރަ 07:28
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

މުވާސަލާތީ ބޮޑެތި އެންޓެނާ ޓަވަރުތަކުގެ ތެރެއިން އެންމެ އެންޓެނާ ޓަވަރެއް ގުޑުވާލުމަކީ ވެސް މުޅި ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކަށް އެކަމުން ވަރަށް ބޮޑު އަސަރުކުރާނެ ކަމެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރަށް ފޮނުއްވި ސުވާލުގެ ޖަވާބުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވިފައިވާ ބޮޑެތި ޓަވަރުތަކަކީ އެ ޓަވަރެއް ގާއިމްކުރެވިފައިވާ ރަށުގެ އިތުރުން، މުޅި ރާއްޖެއަށް މުވާސަލާތީ ހިދުމަތްތައް ދިނުމުގައި ބޭނުންކުރެވޭ އެންޓެނާ ތަކެއް ކަމަށެވެ. އަދި މި އެންޓެނާތައް ގާއިމްކުރިއިރު، އެ މަސައްކަތްކޮށްފައި ވަނީ ކަމާއިބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު، އެކަމަށްޓަކައި ރަށު އޮފީސް ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގައި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގާއިމްކޮށްފައިވާ މުވާސަލާތީ ހިދުމަތުގައި ބޭނުންކުރާ ހުރިހާ ޓަވަރުތަކަކީ ވެސް ރައްކާތެރިކަމުގެ ގޮތުން، ބައިނަލްއަގުވާމީ މިންގަޑުތަކާއި އެއްގޮތަށް ޖަހާފައިވާ ޓަވަރުތަކެއް ކަމަށެވެ. އަދި މުވާސަލާތީ ބޮޑެތި އެންޓެނާ ޓަވަރުތައް ގާއިމް ކުރެވިފައި ވަނީ މުޅި ރާއްޖޭގޭ ޖިއޮގްރަފީއަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ ލޮކޭޝަންތަކެއްގެ މައްޗަށް ޑިޒައިން ކުރެވިގެން ކަމަށެވެ. އަދި މިފަދަ އެންމެ އެންޓެނާ ޓަވަރެއް ގުޑުވާލުމަކީ ވެސް މުޅި ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކަށް އެކަމުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އެންޓެނާ ޓަވަރެއް މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ޖެއްސި ނަމަވެސް، ރާއްޖޭގެ ރަށްތައް ތަރައްގީވަމުންދާގޮތަށް ބަލާއިރު، އެ ސަރަހައްދު ވެސް ކައިރި މުސްތަގުބަލެއްގައި އާބާދުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެންޓެނާ ޓަވަރުތައް އެންމެ ފުރަތަމަ ޖަހާފައިވަނީ ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ނިސްބަތުން ދުރުވާގޮތަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރަށްތަކުގެ އުމްރާނީ ތަރައްގީއާއިއެކު ބައެއް ޓަވަރުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންޓެނާ ޓަވަރުތައް ގާއިމްކުރެވިފައިވަނީ މި ކަންކަމުގެ މައްޗަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެން ކަމުގައި ވީނަމަވެސް، އެންޓެނާ ޓަވަރަކުން ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމަށް ފާހަގަވެއްޖެނަމަ، އެ ޓަވަރެއް ވަގުތުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެނޫން ސަބަބަކާއި ހުރެވެސް އެންޓެނާ ޓަވަރެއް އެހެން ސަރަހައްދަކަށް ކޮންމެހެން ބަދަލުކުރަން ޖެހިއްޖެނަމަ، ކަމާއިބެހޭ ފަރާތްތަކާއިއެކު މަޝްވަރާކޮށް އެކަންކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އައިމިނަތު ޝައުނާމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީދިރާގުއުރީދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު