Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާޓީތަކުގެ ދަފްތަރު

މެމްބަރު ޒިޔާދަށް ނޭނގި 6 މަސް ވަންދެން އެމްއެންޕީގެ ދަފްތަރުގައި ނަން އޮތް މައްސަލަ: ޕާޓީ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ދަނީ ކުރިއަށް

ޖަވާބުދާރީ ކުރުވުން ލަސްވަނީ ޕާޓީގެ ބައެއް އިސްފަރާތްތައް ރާއްޖެއިން ބޭރުގައި ތިއްބެވުމާއި ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ޖޫން 2022 | ހޯމަ 06:32
އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން އޭނާއަށް ނޭނގި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ދަފްތަރުގައި 6 މަސް ދުވަސްވަންދެން އޮތް މަައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށާފައިވާއިރު އެ ޕާޓީ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ އެމްއެންޕީގެ ބައެއް އިސްފަރާތްތައް ރާއްޖެއިން ބޭރުގައި ތިއްބެވުމާއި ގުޅިގެން ލަސްވި ނަމަވެސް އެކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު ޕާޓީ ޖަވާބުދާރީ ކުރުވާނެކަމަށާއި އަދި ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ވަނީ ނިންމާފައެވެ. މެމްބަރު ޒިޔާދުއަށް އޭނާ ޕާޓީ ބަދަލުކޮށްފައިވާކަން އެނގިވަޑައިގެންނެވީ މިދިޔަ މަހުގެ 29 ގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އީސީއަށް މެސެޖް ކުރުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޖޫން މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މައްސަލައަށް ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، އޭނާ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވީވެސް އަދި މިހާތަނަށް ދެމިހުންނެވީވެސް އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ނޭނގި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ހުންނަވާތާ މިހާރު 6 މަސްވެފައިވާ ކަމަށެވެ. އަދި މަޖިލިސް މެމްބަރެއް ޕާޓީ ބަދަލުކުރަންޖެހޭ އުސޫލްތައް އޮންނައިރު، އީސީގައި އެމްއެންޕީ މެންބަރުންގެ ދަފްތަރުގައި އޮންނަތާ 6 މަސްވެފައިވާ ކަމަށެވެ. ޒިޔާދު ވިދާޅުވީ ހެދިފައިވާ އުސޫލުތަކުގެ ގޮތުން އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގެ މަގުފަހިވަނީ ކަމަށް ގަބޫލުނުކުރެވެނީ، އޭނާއާމެދު ކަންހިގާފައިވާ ގޮތުން ކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވަމުން ޒިޔާދު ވިދާޅުވީ، އެމްއެންޕީއަށް ސޮއިކުރެއްވިކަމަށް ބުނާ ފޯމުގައި އޭނާގެ ސޮއި އަދި ފިންގަރ ޕްރިންޓްވެސް އެބައޮތް ކަމަށެވެ. އަދި ހެކިވެރިންނާއި އެމްއެންޕީގެ ރަޖިސްޓްރާވެސް ސޮއިކޮށްފައިވާކަމަށެވެ. މިއީ ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަން ޖެހޭނީ ޕާޓީތަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީވެސް ޕާޓީތަކަށް ކަމަށެވެ.

މެމްމަރު ޝަފީޤު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ބަދަލުކުރުމުގައި އެމީހުންގެ ބައިވެރިވުމެއް ނެތި އަމަލުކުރަމުން ދާކަމަށެވެ. އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކުގެ ހަރަކާތުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށެވެ.

އެފަދަ މީހުންގެ އަމަލުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް އެ ހައްގު ގެއްލިފައިވާ ކަމަށް ޝަފީގް ހުށައެޅުއްވި މިމައްސަލައިގައި ބުނެފައިވެއެވެ. އަދި އެ މީހުންގެ ހައްގު ނަގާލައި، ނުހައްގު މާލީ މަންފާއާ ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށެވެ. މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގޮތުން އިތުރު މައްސަލަތައް ކުރިމަތިވަމުން ދިޔުމާއި، ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުންދާތީ، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށްވެސް މިމައްސަލައިގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ނުގަވާއިދުން ޕާޓީއަށް މީހުން ވެއްދުމަށް ހުށަހަޅާ ކޮންމެ ފޯމެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ނިންމާފައެވެ.  

އިލެކްޝަންސް ކޮމިޝަންއެމްއެންޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު