Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދުވެސް ނޭންގެ، ހައްލު ކުރަން ބޭނުންވަނީ ފުރިހަމަ ވަސީލަތްތައް

މިހާރުވެސް ބަންގްލަދޭޝްގެ އެކަނިވެސް 91،000 މީހުން އެބަތިބި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޖޫން 2022 | ބުދަ 10:11
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި މިހާރު ދިމާވެގެން އުޅެނީ އިދާރާތައް ނުގުޅުމުގެ މައްސަލަ ނޫން ކަމަށާއި، ދިމާވެގެން އުޅޭ ހަގީގީ މައްސަލަ އަކީ ކަމުގެ ބޮޑު ކަމާއި، ވަސީލަތްތައް ނެތުމުގައި ހުރި މައްސަލަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ގެނެވޭނެ ގޮތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ވޮލަންޓިއަރކޮށް ރެގިއުލަރައިޒްކުރަން ހުޅުވާލުމުން ވާނެވަރު މިހާރު ވެފައި ކަމަށާއި، ދެން އިތުރަށް ހައްލު ކުރެވޭނީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހައްޔަރުކޮށްގެން ކަމަށެވެ. އެ ނޫން ގޮތަކަށް މިކަމަށް ހައްލު ގެނެވެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެއް ގައުމަކުން އެއްފަހަރާ އެއްލައްކަ މީހުންނަށްވުރެ އިތުރަށް ނުތިބެވޭނެ ކަމަށް ގާނޫނެއްގައި އޮތް ނަމަވެސް މިހާރުވެސް ބަންގްލަދޭޝްގެ އެކަނިވެސް 91،000 މީހުން އެބަތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއީ ގަވާއިދުން އުޅޭ ލިޔެކިޔުންތައް ހަމަ މީހުން ކަމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ 23،000ހާ މީހުން އުޅޭ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އެއްވެސް މައުލޫމާތެއް ނޭންގޭ މީހުންވެސް އެބަތިބި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން ފާއިތުވި 3 އަހަރު ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝްއިން މީހުން އެތެރެކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޑިމާންޑް އޮންނަނީވެސް ކޮންމެވެސް ސަބަބަކާ ހުރެ ބަންގްލަދޭޝް މީހުންނަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިންވެސް ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށާއި، އެމީހުންނަށް ލިބޭ މުސާރަށްވުރެ ބޮޑު އެއްޗެއް އެކި މީހުންނަށް މަސައްކަތްކޮށްދީގެން ލިބޭ ކަމަށެވެ.

ފިޔަވަޅު އެޅުމަށްޓަކައި، ފުރަތަމަވެސް ފެސިލިޓީއެއް ގާއިމްކުރަން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިވަގުތު ހުރީ 48 މީހުންގެ ފެސިލިޓީއެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުތަކާއި، ގަވާއިދުތަކުގެ ދަށުން މަދަނީ މައްސަލައެއްގައި ނޫނީ އެންމެ ދިގުމުއްދަތަކަށްވެސް ހައްޔަރުކުރެވެނީ 24 ގަޑިއިރަށް ކަމަށްވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ ބާރު އޮންނަ އިމިގްރޭޝަނަށްވެސް އެކަން ކުރެވޭނީ އެ މީހުން ބައިތިއްބާނެ ތަނެއް ހުރެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

ދޮޅުމަސް ތެރޭގައި ހުޅުމާލޭގައި ހަދާ ޑިޓެންޝަން ފެސިލިޓީ ނިމޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އެތަނުގައި 200-300ހާ މީހުން ގެންގުޅެވޭނެ ކަމަށް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، މީހަކު ފޮނުވާލުމަށް އޮންނަ ޕްރޮސެސްއަށް 2-3 މަސް ނަގާއިރު އެތަނުގައި ބައިތިއްބާ މީހުންނަށްވެސް ދައުލަތުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ. ފެސިލިޓީ ހެދި މީހުން ހައްޔަރުކުރަން ފެށުމުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ދިވެހިންނަށް ފިޔަވަޅު އަޅަން ފައްޓަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޒަމާނުއްސުރެ އޮތް މައްސަލައަކަށް ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރުން އެއީ އުސޫލެއް ނޫންކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ގަވާއިދާ ޚިލާފަށް މިހާރު އުޅެނީ ކިތައް މީހުންކަން ދެނެގަނެވޭނެ ނިޒާމެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް މި ކޮމިޓީ ބައްދަލުވުމުގައި އިމިގްރޭޝަނުން ފާހަގަކުރިއެވެ. އަދި ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.

މިއަދުގެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްބިދޭސީންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު