Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީސް

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ވެބްސައިޓް އިފްތިތާހުކޮށްފި

މި ވެބްސައިޓް ބޭނުންކޮށްގެން ކޮންސިއުމަރުންގެ ހައްގުތައް ބަލާލެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 ޖޫން 2022 | ބުރާސްފަތި 17:25
ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ވެބްސައިޓް ތައާރަފުކުރުން

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ވެބްސައިޓް ތައާރަފުކުރުން

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ވެބްސައިޓް އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ. ކޮންސިއުމަރ އޮމްބަޑްސްމަން އޮފީސް އެކުލަވާލައިފައި ވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ.

Advertisement - newsAdvertisement

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ހޯދާ މީހުންގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުތެއް ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކުރުމެވެ. މި ގާނޫނު ތަސްދީގުކޮށް، އަމަލުކުރަންފަށާފައިވަނީ، 31 އޮގަސްޓް 2020ގައެވެ.

އެ ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ 31 އޯގަސްޓް 2021ގައެވެ. އެގޮތުން މި މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ މއ. ޕެރިސްގެ އަލްއުސްތާޒާ މަރްޔަމް ޝަމްއާ އިސްމާއީލްއެވެ.

ކޮންސިއުމަރ އޮމްބަޑްސްމަންގެ ވާޖިބަކީ، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ނިގުޅައިގެންފައިވާ ހާލަތެއްގައި އެ މައްސަލަތައް ބަލައި ޝަކުވާތައް ތަހުގީގުކުރުމާއި، އެފަދަ ހާލަތުގައި ބަދަލު ނަގައިދިނުމާއި، ގާނޫނާ ޚިލާފުވެފައިވާ ފަރާތަކާމެދު ފިޔަވަޅުއެޅުމެވެ. އަދި ގާނޫނުގެ ދަށުން ކުރާ، ގާނޫނާ ޚިލާފު އަމަލުތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ހުށަހެޅޭ ޝަކުވާތަކުގެ ތަހުގީގު ރިޕޯޓު އާންމުކުރުމަކީވެސް އޮމްބަޑްސްމަންގެ ޒިންމާއެކެވެ.

ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި، އެ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތެއްގެ މައްޗަށް، ނުވަތަ އެ ގާނޫނާ ޚިލާފުވެފައިވާ ފަރާތެއްގެ މައްޗަށް، 250,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިޚުތިޔާރުވެސް ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.

އިކޮނޮމިމް މިނިސްޓްރީން ބުނީ، ބުރާސްފަތި ދުވަހު ތައާރަފުކުރި ވެބްސައިޓުގެ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާގުޅޭ މައުލޫމާތު ފޯރުކޮށްދީ، މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ކަމަށެވެ. އަދި މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ވެބްސައިޓް މެދުވެރިކޮށް ކޮންސިއުމަރ އޮމްބަޑްސްމަންއަށް ހުށަހަޅާ މައްސަލަތަތަކާއި އެ މައްސަލަތަކުގެ ސްޓޭޓަސް، ކޮންމެ ވަގުތެއްގައިވެސް އާންމުންނަށް ބެލޭނެގޮތަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

26 މެއި 2023
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

23 މެއި 2023
އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

21 މެއި 2023
އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

09 މެއި 2023
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

05 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު