Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަނޑިޔާރުންނަށް އިންޒާރު ދިނުން

ފަނޑިޔާރުން ކުރައްވާ ޙުކުމްތަކާއި ގުޅިގެން އިންޒާރު ދިނުން ކުށްވެރި ކުރަން: މައުމޫން ޙަމީދު

ފަނޑިޔާރުންނަށް އިންޒާރު ދިނުން ފަދަ ކަންކަން ހިނގާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 12:57
ބާ ކައުންސިލުގެ ރައީސް މައުމޫނު ޙަމީދު

ބާ ކައުންސިލުގެ ރައީސް މައުމޫނު ޙަމީދު

ފަނޑިޔާރުން ކުރައްވާ ޙުކުމްތަކާއި ގުޅިގެން އިންޒާރު ދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ބާ ކައުންސިލުގެ ރައީސް މައުމޫނު ޙަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މައުމޫން ޙަމީދު ވިދާޅުވީ، ޝަރުއީ ދާއިރާއާ ގުޅޭ މައްސަލައެއް އޮތްކަމުގައިވާނަމަ، އެ މައްސަލައެއް ބެލޭނެ ތަފާތު އެކި ނިޒާމުތައް ޤާއިމުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އެ ނިޒާމުގެ ބޭރުން ބައެއް ކަންކަން މި ފަހަކަށްއައިސް ހިނގަމުންދާކަމަށް މައުމޫން ވިދާޅުވިއެވެ. އެގޮތަށް ކަންކަން ކުރައްވަނީ ވަކި މަޤްސަދެއް ޙާސިލު ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މައުމޫން އިތުރަށް ވިދާޅުވީ، ވަކިން ޚާއްސަކޮށް ބައެއް ފަނޑިޔާރުން ކުރައްވާ ޙުކުމްތަކާއި ގުޅިގެންވެސް އެ ފަނޑިޔާރުންނަށް އިންޒާރު ދިނުން ފަދަ ކަންކަން ހިނގާ ކަމަށެވެ. އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ފާޑު ކިއުމާއި އިންޒާރު ދިނުމަކީ ވަކި ދެ ކަމެއް ކަމަށެވެ.

މައުމޫނު ޙަމީދު އެހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.

މި މައްސަލައަކީ 10 މެއިގައި ޕީޕީއެމްއިން ބޭއްވި ކެމްޕޭން ޙަރަކާތެއްގައި ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ޖޭއެއްސީން ފުލުހުންނަށް ހުށައެޅި މައްސަލައެކެވެ. އެގޮތުން އެ ދުވަހު ރައީސް ޔާމީނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ފަނޑިޔާރު އަލީ ރަޝީދު ހުސައިންއަށް ލިބިވަޑައިގަތީ ރައީސް ޔާމީނުގެ މައްޗަށް ޙުކުމް ކުރައްވަން ކެރިވަޑައިގަތުމުން ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަފުޅުތައް ދައްކަވަމުން ރައީސް ޔާމީނު ވަނީ ރާއްޖޭގެ ޖަލުތައް ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމެއްގައި ބައެއް ފަރާތްތައް ޖަލަށް ލައްވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ފަނޑިޔާރުންބާ ކައުންސިލްޖުޑީޝަލް ސަރވިސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު