Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާ ކަހަނބު ހިމާޔަތް ކުރުން

ވެލާ ކަހަނބު ހިމާޔަތް ކުރަން އީޕީއޭއިން ގިނަ މަސައްކަތްތަކެއް

18 މެއި 2022 | ބުދަ 08:24

މިހާރު އީޕީއޭއިން ކުރިއަށްގެންދަނީ ވެލާ މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 މެއި 2022 | ބުދަ 08:24
ކުދި ވެލާތަކެއް

ކުދި ވެލާތަކެއް

ރާއްޖޭގައި ވެލާ ކަހަނބު ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސީނިއަރ އެންވަޔަރަމަންޓް އެނަލިސްޓް އީނާސް މުޙައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ވެލާގެ ދުވަހާ ގުޅޭ ގޮތުންނާއި ރާއްޖޭގެ ދިރުންތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްވަަމުންނެވެ. އޭނާ ވިދާޅުވީ ވެލާ އަކީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދިރުމަކަށްވާއިރު ވެލާ ކަހަނބު ފަދަ ތަކެތި ދިރުވައި އާލާ ކުރަން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުންނާއި އެ ތަކެއްޗަށް ރައްކާތެރި މާހައުލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު ވެލާތަކުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް އީނާސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވެލާ މެނޭޖްމަންޓް ޕްލޭނުގެ ދަށުން ބަލިވެފައި އޮތް ވެލައެއް ފެނިއްޖެ ނަމަ ނުވަތަ ބިސް އަޅާ ވެލައެއް ފެނިއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ކުދި ވެލާތައް ފެނިއްޖެ ނަމަ އަމަލު ކުރަންވީ ގޮތް އެނގޭނެ ކަމަށް އީނާސް ވިދާޅުވިއެވެ. އަދި ވެލާ ކަހަނބާ ގުޅޭ ދިރާސާއެއް ހަދާނަމަ ކަންތައްތައް ކުރަން ޖެހޭ އުސޫލުތަކާއި ޑޭޓާ ހޯދުމުގައި ކަންކަން ކުރަން ޖެހޭ އުސޫލުތައްވެސް މި ޕްލޭނުގެ ދަށުން އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާ މެނޭޖްމަންޓް ޕްލޭނުގެ އިތުރުން ވެލާ ބިސް އަޅާ ހުރިހާ ސަރަހައްދެއް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެލާތަކުގެ ޖެނެޓިކް ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އީނާސް ވިދާޅުވިއެވެ. މި ދިރާސާއިން ރާއްޖޭގެ ވެލާގެ އާބާދީ ކައިރި ޤައުމުތަކުގެ ވެލާގެ އާބާދީ ގުޅިފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީނާސް ވިދާޅުވިގޮތުގައި ވެލާ ކަހަނބު ރައްކާތެރިކުރަން މަޖުބޫރު ވަނީ އެ ނެތިއްޖެނަމަ މާހައުލަށް ބޮޑެތި އަސަރުތަކެއް ކުރާނެ ދިރުމަކަށްވާތީ ކަމަށެވެ. މިކަމުގައި އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ވެލާ މަސް އަދި ބިސް ކައި ހެދިއެވެ. ނަމަވެސް 1970ގެ އަހަރުތަކުގައި ރާއްޖެއިން ވެލާގެ އާބާދީ މަދުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި ނަމަވެސް މިހާރުވެސް އެފަދަ ކަންކަން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އީނާސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް