Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާ ޝަކޫރުގެ ޝަރީއަތް

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

މަނީ ލޯންޑަރުކުރުމާގުޅޭ ދެ ދައުވާއެއް އާޒިމާގެ މައްޗަށް ވަނީ އުފުލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 11:49
އާޒިމާގެ ޝަރީއަތް- މި އަޑުއެހުމުގައި ވަނީ އިސްތިއުނާފާ ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައި

އާޒިމާގެ ޝަރީއަތް- މި އަޑުއެހުމުގައި ވަނީ އިސްތިއުނާފާ ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑަރުކުރުމާގުޅޭ ދެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ އިސްތިއުނާފު ގަޒިއްޔާތަކުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ވަނީ މި ގަޒިއްޔާތަކުގެ އަޑުއެހުމުގެ އެއްބައި ކުރިއަށް ގެންދަވާފައެވެ. މި އަޑުއެހުމުގައި އާޒިމާގެ ވަކީލުންގެ މަންޒަރާއި އަޑު ޝަރީއަތަށް ލިބުމުގައި ދޭތެރެ ދޭތެރެއިން މައްސަލަތައް ދިމާވުމާއެކު، ޝަރީއަތުން ވަނީ އަޑުއެހުމުގެ ބާކީ ބައި ޝަރީއަތަށް ހާޒިރުވެގެން ކުރިއަށް ގެންދެވުމަށްޓަކައި އަޑުއެހުން މެދުކަނޑާލައްވާފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގެ ބާކީބައި ބުރާސްފަތި ދުވަހުގެ މެންދުރު ވަނީ ކުރިއަށް ގެންދަވާފައެވެ.

މި އަޑުއެހުމުގައި ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން ވަނީ ދައުލަތުގެ އިސްތިއުނާފަކީ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާ އިސްތިއުނާފެއްކަމަށްވާތީ، އާޒިމާގެ ފަރާތުން ވަކީލުންނާ ގުޅިގެން ހުށައެޅުއްވި އިޖުރާއީ ނުކުތާ ބަލައިނުގެންނެވުމަށް ނިންމަވާފައެވެ. އަދި ދައުލަތުގެ އިސްތިއުނާފަށް ޖަވާބު ދެއްވުމަށް ފަނޑިޔާރު ވަނީ ދަންނަވާފައެވެ.

މި އަޑުއެހުމުގައި އާޒިމާގެ ވަކީލު ވިދާޅުވީ، އޭނާގެ ފަރާތުން ޖަވާބު ތައްޔާރު ކުރެއްވީ ދައުލަތުން ހުށައެޅި އިސްތިއުނާފުގެ ގާނޫނީ އިއުތިރާޒެއްގެ ގޮތުގައި ކަމަށެވެ. އޭނާގެ ފަރާތުން ވަނީ ދެވަނަ ނުކުތާއާ ގުޅިގެންވެސް އިއުތިރާޒު ހުށައެޅުއްވުމަށް ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

އެއަށްފަހު އާޒިމާގެ ފަރާތުން ވަނީ ދިފާއީ ވަކީލާ ގުޅޭގޮތުން ދައުލަތުން ހުށައަޅާފައިވާ އިސްތިއުނާފަށް ޖަވާބު ދެއްވާފައެވެ. އަދި ދެވަނަ ނުކުތާއާ ގުޅިގެން އާޒިމާގެ ފަރާތުން ވަނީ އިއުތިރާޒު ހުށައަޅައި، މައުޟޫއީ ގޮތުން އިސްތިއުނާފަށް ޖަވާބުވެސް ދެއްވާފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަން ލިބިވަޑައިގެން ފުރުސަތުގައި އާޒިމާ ކީރިތި ކުރައްވަމުން ވަނީ، މި މައްސަލައިގައި ދައުލަތުން އަމަލު ކުރައްވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ވިދާޅުވެފައެވެ.

އާޒިމާ ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި މުއްތަހަމަށް ލިބިގެންވާ ހައްގުތަކެއްވެސް ވެއެވެ. އިންސާފުން ނޫން ގޮތަކަށް މައްސަލަތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވިގެން ނުވާނެކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.

އާޒިމާ ވަނީ މި މައްސަލަ ދިގުލައިގެން ގޮސްފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ.

އާޒިމާ ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން މައްސަލަ ބައްލަވާ ގާޒީން ބަދަލުވެފައިވާއިރު، މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމާމެދު ގޮތެއް ނިންމައި އެކަމުގެ ލިއުމެއް ލިބިފައިވަނީ މައްސަލައަށް 3 އަހަރު ވޭތުވެދިޔަ ފަހުންނެވެ.

އާޒިމާގެ ވާހަކައަށްފަހު ދެން ކުރިއަށް ދިޔައީ ފަނޑިޔާރުން އިތުރަށް ސާފު ކުރައްވަން ބޭނުންފުޅުވާ ކަންކަން ސާފު ކުރެއްވުމެވެ. އެއަށްފަހު ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ދެފަރާތަށްވެސް ފުރުސަތު ދެއްވުމަށްފަހު ވަނީ މި ގަޒިއްޔާގެ އަޑުއެހުންތައް ނިންމާލާފައެވެ.

މި ގަޒިއްޔާގައި އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތްނަމަ ދެން އޮންނާނީ ހުކުމްކުރެއްވުމެވެ.

ދައުލަތުން ހުށައެޅި އިސްތިއުނާފީ ގަޒިއްޔާ ހުކުމަކާ ހިސާބަށް ގޮސްފައިވާއިރު، ދެން އޮތީ މި މައްސަލައިގައި އާޒިމާގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ގަޒިއްޔާގެ އަޑުއެހުންތައް ފެށުމެވެ.

އާޒިމާ ޝަކޫރުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު