Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މީހުން ޖަލަށްލުން

ރައީސް ޔާމީންގެ އަމުރަށް، ބާރާއި ނުފޫޒު ބޭނުންކޮށްގެން ސިޔާސީ ވެރިން ހައްޔަރުކުރި - އަބްދުﷲ ރިޔާޒް

ރައީސް ޔާމީންވަނީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިންޒާރުވެސް ދެއްވާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 މެއި 2022 | އަންގާރަ 16:45
އަބްދުﷲ ރިޔާޒު - ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ

އަބްދުﷲ ރިޔާޒު - ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ

ރައީސް ޔާމީންގެ އަމުރަށް، ބާރާއި ނުފޫޒު ބޭނުން ކޮށްގެން ސިޔާސީ ވެރިން ހައްޔަރުކުރި ކަމަށް ތިމަރަފުށީ ދާއިރާ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ހުސްވެފައިވާ ގޮނޑީގެ ބައިއިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އައިމިނަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ. ރިޔާޒު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ސިޔާސީ މީހުން ޖަލަށްލާފައި ވަނީ، އެމަނިކުފާނުގެ އަމުރަށް ގާނޫނީ ހަމަތަކުގެބޭރުން ބާރާއިނުފޫޒު ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕޮލިސް ކޮމިޝަނަރގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ރިޔާޒު ވިދާޅުވީ، އެގޮތަށް ހިންގާފައިހުރި ކަންކަން ބެލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތައް ތަންފީޒުނުވުމަކީ މުއައްސަސާތަކުގެވެސް އިހުމާލެއްކަމަށެވެ.

ރައީސް ޔާމީން އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޗީފް އޮފް ޑިފެންސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލާމެދު ތަހުގީގު ހިންގައި، އަޅަންޖެހޭ ފިޔަވަޅު މުސްތަގުބަލުގައި އަޅުއްވާނެކަމަށެވެ. ޖެނެރަލް ޝަމާލަކީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށްވާތީ، އޭނާއާމެދު ފިޔަވަޅުއެޅުއްވުމުން ގާތް މީހަކާމެދު ފިޔަވަޅުއަޅުއްވައިގެން އެމަނިކުފާނު ވަރުގެ ނުބައި މީހަކު ނެތްކަމަށް ވާހަކަދެކެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންވަނީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިންޒާރުވެސް ދެއްވާފައެވެ. ވިދާޅުވީ، ސީޕީ ހަމީދު ދިގު މުއްދަތެއް ވަންދެން ޖަލުގައި އޮންނަވަންޖެހޭނެ ކަމަށެވެ. ރައީސް ސާލިހު ނެރުއްވާފައިވާ ގަރާރާ އެއްގޮތަށް ސިފައިން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، ފުލުހުންނަށް ރައީސް ޔާމީން ފާޑުވިދާޅުވިއެވެ. ހާލަތު ބަދަލުވާނެ ކަމަށާއި، ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށް ވަޑައިގަންނަވަން، ނުވަތަ ދިގު މުއްދަތުގައި ޖަލުގައި އޮންނަވަންކަމަށް ވިދާޅުވިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ނިމިގެން ދިޔަ ވެރިކަމުގައި, ކުއްލި ހާލަތެއް މެދުވެރި ނުވިނަމަވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެތައް ބަޔަކު ތަހުގީގުކުރުމުގެ ނަމުގައި ބަންދުކުރިއެވެ. މީގެ ތެރޭގައި ގިނައީ ސަރުކާރު ޒިންމާދާރުކުރުމަށް އޭރުގެ އިދިކޮޅުން ބޭއްވި އެއްވުންތަކުގައި ހައްޔަރުކުރި މީހުންނެވެ.

މެންބަރު އަބްދުﷲ ރިޔާޒްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު