Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަވާނާގެ ހޮޓެލެއްގައި އެއްޗެއް ގޮވުން

ހަވާނާގެ ހޮޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި

ހާދިސާއާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 17:05
ހަވާނާގެ ސަރަޓޯގާ ހެޓެލްގައި ބާރުގަދަ ގޮވުމެއް ގޮވައި ބައެއް ފަންގިފިލާތައް ހަލާކުވެފައި

ހަވާނާގެ ސަރަޓޯގާ ހެޓެލްގައި ބާރުގަދަ ގޮވުމެއް ގޮވައި ބައެއް ފަންގިފިލާތައް ހަލާކުވެފައި

ހަވާނާގެ ހޮޓަލެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، އެތަނުގެ ބޮޑު ބައެއް މުޅިން ހަލާކުވެއްޖެއެވެ.

އެއްޗެއް ގޮވާފައިވަނީ ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ މަޝްހޫރު ހޮޓެލް، ސަރަޓޯގާގައެވެ. ބާރުގަދަ ގޮވުމުގެ ސަބަބުން ހޮޓަލުގެ ބައެއް ފަންގިފިލާތައް ވަނީ މުޅިން ހަލާކުވެ ބިމާ ހަމަވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ބައެއް ފަތުރުވެރިން ވަނީ ތާށިވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަޔަރ އެން ރެސްކިއު ސަރވިސްއިން ވަނީ ފަށާފައެވެ. ހާދިސާގައި އަނިޔާވި މީހުން އިމާރާތުގެ ބޭރުގައި ތިބިއިރު، ރިޕޯޓުތައް ބުނާގޮތުން މީހުން ސަލާމަތް ކުރުމުގައި އާންމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެތަނުގައި ހަރަކާތްރިވާ އާންމުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އެވަގުތު އިވުނީ ބޮމެއް ގޮވާއިރު އިވޭފަދަ ބާދުގަދަ އަޑެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިގޮވުމުގެ ސަބަބަުން ހޮޓެލް އެއްކޮށްހެން ވަނީ ހަލާކުވެފައެވެ. އަދި މިކަމުގެ އަސަރު ކައިރީގައި ހުރި ބައެއް އިމާރާތްތަކަށްވެސް ވަނީ ކޮށްފައެވެ. މިއާއެކު ގިނަ އަދަދެއްގެ އާންމުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެެ.

ހާދިސާއާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެސަރަހއްދުގައި އިމަރޖެންސީ ސަރވިސް އަދި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކިއުބާގެ ރައީސް މިގޭލް ޑިއޭޒް ކެނޭލް ވިދާޅުވީ ހޮޓަލުގައި ގޮވާފައި ވަނީ ބޮމެއް ނޫން ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާ ކަަމަށެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ހާދިސާ ހިނގާފައިވަނީ ގޭސް ލީކެއްގެ ސަބަބުން ކަމަށް ކިއުބާގެ ރައީސްގެ އޮފީހުން ބުނެެއެވެ.

މި ހާދިސާގައި 4 މީހުން މަރުވެފައިވާ ކަމަށް ރޮއިޓާރސް ގެ ފަހުގެ ޚަބަރުތައް ބުނެއެވެ.

ކިއުބާ

އިތުރަށް ކިޔާލަން

07 ޖޫން 2024

ރަޝިއާގެ ހަނގުރާމަ މަތީ މަނަވަރުތައް ކިއުބާއަށް ދަތުރު ކުރަނީ

07 ޖޫން 2024
ރަޝިއާގެ ހަނގުރާމަ މަތީ މަނަވަރުތައް ކިއުބާއަށް ދަތުރު ކުރަނީ
30 ނޮވެމްބަރު 2023

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

30 ނޮވެމްބަރު 2023
ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!
18 އޮކްޓޯބަރު 2017

ސްވީޑެންގެ ޕޮލިސް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމުއް ގޮވައިފި

18 އޮކްޓޯބަރު 2017
ސްވީޑެންގެ ޕޮލިސް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމުއް ގޮވައިފި
16 އޮކްޓޯބަރު 2017

އިންޑިއާއަކީ ބާރުގަދަ ޤައުމެއްކަމަށް ޗައިނާއިން ޤަބޫލުކޮށްފި: ރަޖްނާތު ސިންހު

16 އޮކްޓޯބަރު 2017
އިންޑިއާއަކީ ބާރުގަދަ ޤައުމެއްކަމަށް ޗައިނާއިން ޤަބޫލުކޮށްފި: ރަޖްނާތު ސިންހު
20 ސެޕްޓެމްބަރު 2017

ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި

20 ސެޕްޓެމްބަރު 2017
ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އައިސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު