Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދު ޝައުނާއަށް ފާޑުވިދާޅުވުން

ޝައުނާގެ ތާއީދު ފައްޔާޒަށް - ނަޝީދު ވިދާޅުވީ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކުރައްވާ އެމްޑީޕީއަކީ ކޮބައިކަން ބަޔާން ނުކުރެއްވުމަށް

5 މެއި 2022 | ބުރާސްފަތި 04:14

2023 ވަނަ އަހަރު އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކާމިޔާބުކުރަން އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މެއި 2022 | ބުރާސްފަތި 04:14
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ (ކ)

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ (ކ)

މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި، އެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް، މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ތާއިދުކުރައްވާކަން ހާމަކުރެއްވުމުން، ރައީސް ނަޝީދު ނުރުހުންވެ ވަޑައިގެން ޝައުނާއަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒަށް ތާއިދުކުރައްވާކަން ހާމަކުރައްވާ މިނިސްޓަރު ޝައުނާގެ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީ ކަމަށާއި އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ވެސް ބަދަލުކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

Advertisement - newsAdvertisement

މިވީޑިއޯ މެސެޖެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި މުހިންމު ކަންތައްތަކެއް ހާސިލްކުރެވުނު ކަމަށެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމަކީ، ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖެހުން ނިމުމަކަށް ގެނެސްދެވުނު ކަމަށާއި، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމުކަމެއްކަމުގައި ހަދާ، އެ ފަހުން އައި ކޮންމެ ސަރުކާރަކުން އެއީ ކުރަންޖެހޭނެކަމެއް ކަމުގައި ވެގެން ދިޔުން ކަމަށެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ އެމްޑީޕީގެ އެއިރުގެ ސަރުކާރުގައި ހާސިލްކުރެވުނު އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ޓެކްސްގެ ނިޒާމެއް ޤާއިމުކުރެވުން ކަމަށެވެ. އަދި 2018 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީ ސަރުކާރާއެކީގައިވެސް، ހަމަ އެޒާތުގެ ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދާ ކަމަށެވެ.

މިހާތަނަށް އެމްޑީޕީއަށް ތަންފީޒު ކުރެވުނު އެންމެ މުހިންމު ސިޔާސަތުތަކަށް ބަލާއިރު، ރާއްޖޭގައި މިހާރު ވެސް 10،000 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، އެތައްހާސް ރިސޯޓް މުވައްޒަފުންނަށް އެމްޑީޕީން މިނިމަމް ވޭޖް ތައާރަފްކޮށް، އާމްދަނީގެ ވަސީލަތްތައް އިތުރުކޮށްދެވިފައިވާ ކަމަށެވެ.

ޝައުނާގެ މެސެޖުގައި ވިދާޅުވީ އެމްޑީޕީން ވައުދުވެ ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށާއި، 2023 ވަނަ އަހަރު އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކާމިޔާބުކުރަން އެބަހުރި ކަމަށެވެ.

އަދި މި މަސައްކަތްތައް ކުރަން ޖެހޭނީ ޕާޓީއާއި އެކީގައި ކަމަށާއި، އެހެންކަމުން، ޖުމްލަކޮށް ބަލާއިރު، ޗެއަރޕާސަންކަމަށް އިންތިޚާބުކުރުމަށް އެންމެ މުހިންމީ، އަދި މިކަން ކުރެވޭނެ ބޭފުޅަކީ، ޤަބޫލުކުރައްވާ ގޮތުގައި ފައްޔާޒު ކަމަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒާއި އެކީގައި އެއްބަސްވެވަޑައިގަންނަވާ ކަންކަން ވަރަށް މަދުވާނެ ކަމަށާއި، ގިނަވާނީ ދެބަސްވެވަޑައިގަންނަވާ ކަންކަން ކަމަށެވެ. އެހެންނަމަވެސް ދެބަސްވެ، ޒުވާބުކޮށް ވާހަކަ ބަދަލުކޮށް ކަންކަން ނިންމަވާ ދެއްވާ ބޭފުޅެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވޭ ކަމަށާއި، ކަންކަން ކޮޅެއްގައި ޖައްސަވާ ބޭފުޅެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވޭ ކަމަށެވެ.

ޝައުނާގެ މި މެސެޖް އާންމު ކުރުމާއެކު، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރު ޝައުނާގެ އަމިއްލަފުޅު ވަޒީފާގެ އެދުމަށް ފަހިކުރައްވާ، އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްމިނިސްޓަރ އައިމިނަތު ޝައުނާމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް