Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަންއިން ޓިކެޓް އަގުބޮޑުކޮށްފި

މޯލްޑިވިއަންއިން ޓިކެޓް އަގުބޮޑުކޮށްފި

1 މެއި 2022 | އާދީއްތަ 07:14

އެތެރޭގެ އުދުހުންތަކުން 180ރ. ވަނީ ބޮޑުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 މެއި 2022 | އާދީއްތަ 07:14
މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް

މޯލްޑިވިއަން އެއަރލައިންގެ މަތިންދާ ބޯޓެއް

އީދު ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް މޯލްޑިވިއަން އެއާލައިނުން ދަތުރުތަކުގެ އަގު ބޮޑުކޮށްފިއެވެ.

އެ އެއާލައިނުން ގެނައި ބަދަލާއެކު މިހާރު ރާއްޖޭގެ އެތެރޭގެ މަންޒިލްތަކުން 180 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. އެ ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.

މޯލްޑިވިއަން އޮޕަރޭތް ކުރަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓިކެޓުތަކުގެ އަގު ބޮޑުކުރުމާ އީދާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށާއި އެގޮތުން، މިދިޔަ މާޗު މަސް ނިމުނުއިރު އެ ކުންފުންޏަށް ޖެޓު ފިޔުލް ލިބެމުން އައި އަގު 40 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވަނީ ރަޝިއާ އާއި ޔޫކްރޭނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެންނެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތެލުގެ ވިޔަފާރިއަށެވެ.

މާޗު މަހުން ފެށިގެން ޖެޓް ފިޔުލްގެ އަގު ބޮޑުވި ނަމަވެސް ޓިކެޓް އަގު ބޮޑު ނުކޮށް ވޭތޯ ބަލާފައިވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން ޓިކެޓުގައި ހިމެނޭ ފިޔުލް ސަބްޗާޖުގެ ތެރެއަށް އިތުރު އަގެއް ލާން ޖެހުނީ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ އެއާލައިނުގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނުން ދައްކާ ގޮތުގައި މިދިޔަ ހަފުތާ ނިމުނުއިރު 1،333 ރުފިޔާއަށް ހުރި ޓިކެޓުގެ އަގު މިއަދު ހުރީ 1،513 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި 1،222 ރުފިޔާ އަށް ހުރި ޓިކެޓުތަކުގެ އަގުތައް 1402 ރުފިޔާއަށް، 1113 ރުފިޔާއަށް ހުރި ޓިކެޓުތަކުގެ އަގު 1294 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

އެތެރޭގެ ދަތުރުތަކުގެ އަގު ބޮޑުކޮށްފައިވާއިރު ބައިނަލްއަގުވާމީ ދަތުރުތައް ވެސް އަގުބޮޑުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ނަމަވެސް އެ ޓިކެޓުތަކުން ބޮޑުކޮށްފައިވާ އަދަދެއް ހާމައެއް ނުކުރެއެވެ.

ކުއްލިއަކަށް މޯލްޑިވިއަނުން ޓިކެޓް އަގުބޮޑުކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ އެއާލައިނަށް ފާޑު ކިޔަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2019

މާލެއިން މާފަރަށް އެއްކޮޅު ޓިކެޓްގެ އަގު މޯލްޑިވިއަން އިން ކަނޑައަޅައިފި

30 ނޮވެމްބަރު 2019
މާލެއިން މާފަރަށް އެއްކޮޅު ޓިކެޓްގެ އަގު މޯލްޑިވިއަން އިން ކަނޑައަޅައިފި
07 ސެޕްޓެމްބަރު 2019

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވައިފި

07 ސެޕްޓެމްބަރު 2019
މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވައިފި
06 ފެބުރުއަރީ 2019

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

06 ފެބުރުއަރީ 2019
މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
14 ޖެނުއަރީ 2018

ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން

14 ޖެނުއަރީ 2018
ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން
09 ޖެނުއަރީ 2018

ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

09 ޖެނުއަރީ 2018
ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި
12 ނޮވެމްބަރު 2017

މޯލްޑިވިއަންއިން ޑޭޝް 8ގެ މަތިންދާ ބޯޓެއް ގެންނަނީ

12 ނޮވެމްބަރު 2017
މޯލްޑިވިއަންއިން ޑޭޝް 8ގެ މަތިންދާ ބޯޓެއް ގެންނަނީ
21 ސެޕްޓެމްބަރު 2017

ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި

21 ސެޕްޓެމްބަރު 2017
ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި
13 ޖުލައި 2017

މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި

13 ޖުލައި 2017
މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި
11 ޖޫން 2017

ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް

11 ޖޫން 2017
ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް