Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެގްރޯނެޓުން ކުރަމުންދާ މަސައްކަތްތައް

އެގްރޯނެޓާއެކު ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާވެއްޖެ

ޝަރުތުހަމަވާ ދަނޑުވެރިންނާއެކު އެއްބަސްވުން އެކުލަވާލައި އަމަލީ މަސައްކަތްތައް ކުންފުނިން ދަނީ ކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 13 ޖުލައި 2021 | އަންގާރަ 13:59
އެގްރޯނެޓުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން

އެގްރޯނެޓުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން

ދިވެހި ދަނޑުވެރިކަން ކުރިއަރުވައި، ފަސޭހަކަމާއެކު ދަނޑުވެރިކަން ކުރެވޭނެ މަގުފަހިކުރުމަށްޓަކައި، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 21ވަނަ ދުވަހު ވުޖޫދަށް ގެނެވުނު އެގްރޯނެޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަލަށް ދަނޑުވެރިކަން ފަށައިގަންނަށް ބޭނުންވާ ފަރާތްތަކަށާއި ދަނޑުވެރިކަން މިހާރު ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެކަމަށް ބޭނުންވާ ސާމާނު އެގްރޯނެޓުން ދަނީ ފޯރުކޮށްދެމުންނެވެ.

އެގްރޯނެޓާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން 1500ށް ވުރެ ގިނަ ދަނޑުވެރިން ފާޅުކޮށްފައިވާއިރު، ކުންފުނިން ދަނީ އެކަމަށް ޝަރުތުހަމަވާ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލައި އަމަލީ މަސައްކަތްތައް ކުރަމުންނެެވެ. މިރޯދަ މަހުވެސް ދަނޑުވެރިންގެ އުފެއްދުންތައް އެގްރޯނެޓުން މާކެޓަށް ނެރެފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތައްވެސް ހިމެނެއެވެ. އެގްރޯނެޓުގެ މިމަސައްކަތްތަކާއެކު ދިވެހި ދަނޑުވެރިންގެ އުންމީދު މިވަނީ އައު ވެފައެވެ.

އެގްރޯނެޓާއެކު މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުވެރިކަން ކުރާ ބިމަކީ އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދަނޑުވެރިކަން ކުރާ ބިމަކަށް ވާންވާނެއެވެ. އެގްރޯނެޓް ކުންފުނިން ދަނޑުވެރިންނާ ގުޅިގެން ހައްދަން ސަރުކާރުން ހަވާލުކޮށްފައިވަނީ 17 ބާވަތެކެވެ. މި 17 ބާވަތުގެ ތެރެއިން ކޮންމެ ދަނޑުވެރިޔަކަށްވެސް ކޮންމެވެސް ދެ ބާވަތެއް ނެގުމުގެ ފުރުސަތު ލިބެއެވެ.  

ދަނޑުވެރިޔާ ޚިޔާރުކުރާ ދެ ބާވަތް ހެއްދުމަށް ބޭނުންވާ މުޑުވައް އެގްރޯނެޓުން ފޯރުކޮށްދޭއިރު، ބާވަތްތައް ހައްދާނެ ގޮތުގެ ޝެޑިއުލެއް އެކުލަވާލައި، އެޝެޑިއުލާ އެއްގޮތަށް ގަސް އިންދައި ހެއްދުމުގެ ކަންތައްތައް ކުރަންޖެހެއެވެ. ބާވާތްތައް އެންމެ ރަނގަޅު ގޮތުގައި ހެއްދުމަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ގަސް ހައްދަން ބޭނުންވާ ގަސްކާނާ ކުންފުނިން ދަނޑުވެރިންނަށް ފޯރުކޮށްދެއެވެ.

އަލަށް ދަނޑުވެރިކަން ކުރަން ފަށަން ބޭނުންވާ މީހުންނަށް އެގްރޯނެޓުން ސްޓާޓަރ ޕެކްތައް ފޯރުކޮށްދެމުން އަންނަ އިރު، މިހާރުވެސް 50ށް ވުރެ ގިނަ ފަރާތަށް މި ޕެކްތައް ވަނީ ފޯރުކޮށްދީފައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، މިދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެގްރޯނެޓުން އޮތީ ތައްޔާރަށެވެ.

އެގްރޯނެޓަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގައި މަގުސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހަމަ އަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި، ސަޕްލައި ޗެއިން ތަރައްގީ ކުރަން މަސައްކަތްކުރުމަކީ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދަނޑުވެރިންނަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ އުފައްދާ ތަކެތި މާކެޓް ނުކުރެވުމާއި މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށް ދަނޑުވެރިން ބުނާއިރު، އެގްރޯނެޓާއެކު އެމައްސަލަތައް މިހާރު މިވަނީ ހައްލުވާން ފަށާފައެވެ.

ދަނޑުވެރިން ހައްދާ ތަކެތިން ބޮޑު މާކެޓެއް އުފައްދައި ދެއަހަރު ތެރޭގައި ރައްޔިތުންނަށް އޭގެ މަންފާ ވަރަށް ބޮޑަށް ލިބިގެންދާނެކަމަށް އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެފައިވާއިރު، ހަމަގައިމުވެސް މިހާރު ދަނޑުވެރިން ގޮތް ހުސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ.

އެގްރޯނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

27 މެއި 2023
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

06 ނޮވެމްބަރު 2022
ކޮންޓްރެކްޓް ފާރމިންގ ތަރައްގީކޮށް، ބަރޯސާވެވޭ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަކީ އަމާޒު: އެގްރޯނެޓް

ކޮންޓްރެކްޓް ފާރމިންގ ތަރައްގީކޮށް، ބަރޯސާވެވޭ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަކީ އަމާޒު: އެގްރޯނެޓް

23 އެޕްރީލު 2022
ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން ވަންނަމުންދާ މިންވަރު ދަނީ އިތުރުވަމުން: އެގްރޯނެޓް

ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން ވަންނަމުންދާ މިންވަރު ދަނީ އިތުރުވަމުން: އެގްރޯނެޓް

11 ފެބުރުއަރީ 2022
ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

03 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު