Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޤުރުއާނުގައިވާ ރިވެތި ވާހަކަތައް

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަކީ ދަރިންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ބައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2022 | ހޯމަ 06:19
ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކުޑަކުދިންނަށް ކިޔައިދިނުމަކީ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ

ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކުޑަކުދިންނަށް ކިޔައިދިނުމަކީ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައިދިނުމަކީ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ކުޑަކުދިން ނިންދަވާއިރު ބިރުގަންނަ ޒާތުގެ ވާހަކަތައް ކިޔައިދިނުމަކީ އެކުދިންގެ ތަރުބިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އަދި މިއީ ނަފްސާނީ ގޮތުން ވެސް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އޭގެ ބަދަލުގައި އެކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަކީ ދަރިންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ބައެކެވެ.

އެންމެ ރިވެތި ވާހަކަތައް ބަޔާންވެގެންވަނީ ކީރިތި ޤުރުއާނުގައެވެ. ޤުރުއާނުގައި ޙަކީމުންނާއި، ރަސްރަސްކަލުންގެ ވާހަކައާއި އަންހެން ބޭފުޅުންގެ ތެރެއިން މަރްޔަމްގެފާނާއި އާސިޔަތުގެފާނުގެ ވާހަކައާއި އަނިޔާވެރިވި މީހުންނާއި، ނަބީބޭކަލުންގެ ވާހަކަތައް ހިމެނެއެވެ. އޭގެ ތެރެއިން 6 ނަބީބޭކަލެއްގެ ނަންފުޅުން ނަން ދެވިފައިވާ ސޫރަތްތައްވާއިރު މީގެ ތެރެއިންވެސް އެންމެ ރިވެތި ވާހަކަ ހިމެނެނީ ޔޫސުފް ސޫރަތުގައެވެ. އަދި ސަމާވީ އެއްވެސް ފޮތެއްގައިވެސް އައިސްފައިނުވާފަދަ ފުރިހަމައަށް ތަފްސީލުކޮށް ޔޫސުފްގެފާނުގެ ވާހަކަ ޔޫސުފް ސޫރަތުގައިވެއެވެ.

މި ސޫރަތުގައި ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލުކުރާ މީހުންނަށް ހެކިތަކެއްވާކަމަށާއި މި ސޫރަތުގައި އެއްހާހަށްވުރެ ގިނަ ޢިބްރަތާއި ފައިދާ އެކުލެވިގެންވެއެވެ. އަދި މިއީ އިހުޒަމާނާއި މިޒަމާނުގައިވެސް ޢިލްމުގެ އަހުލުވެރިން އެ ސޫރަތަކަށް ޚާއްސަ އިނާޔަތެއް ދެއްވާފައިވާ ސޫރަތެކެވެ. މި ސޫރަތަކީ އެއިން އެތައް ޢިބުރަތްތަކެއް ލިބޭ، ދިރިއުޅުމުގެ މައިދާނުގައިއާއި ދަރިން ތަރުބިއްޔަތުކުރުމުގައި މުޙިންމު މެސެޖްތަކެއް ލިބިގެންދާ ސޫރަތެކެވެ. އެގޮތުން ސޫރަތް ފެށިގެންދާއިރު ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު ފެނިވަޑައިގެންނެވުމުން ވަޑައިގެންނެވީ ބައްޕާފުޅުގެ އަރިހަށެވެ. އަދި އެ ކަމުން ބައްޕައަކާއި ދަރިފުޅެއްގެ އޮތް ގާތްކަން ހާމަވެގެންދެއެވެ.

ހުވަފެން 3 ބަޔަކަށް ބެހިގެންވާއިރު ޔޫސުފްގެފާނުގެ ހުވަފެންފުޅާމެދު އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވަނީ އެ ވާހަކަތައް ޔޫސުފްގެފާނުގެ ބޭބެމެންނާއި ހިއްސާނުކުރަން ކަމަށާއި އެއީ އިސްލާމްދީނުގައި ހުވަފެނެއް ފެނިއްޖެނަމަ ކަންކުރަން އޮންނަ އުސޫލުން ދެއްވި ނަސޭޙަތްފުޅެކެވެ. އެގޮތުން ދީނުގައި އަންގަވާފައިވަނީ ނުބައި ހުވަފެނެއް ފެނިއްޖެނަމަ އެއްވެސް ގޮތަކަށް އެވާހަކަ ނުދެއްކުމަށެވެ. ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ އެންމެ ހެޔޮއެދޭ މީހެއްކައިރީގައި ނޫނީ އެވާހަކަ ނުދެއްކުމަށެވެ. އަދި ޔޫސުފްގެފާނުގެ ބޭބެއިންނާމެދު ނުބައިކޮށް ބަހެއް ބުނުމުގެ ބަދަލުގައި، ޝައިޠާނާއަކީ ބަޔާންވެ ފާޅުވެގެންވާ ޢަދާވާތްތެރިއެއްކަން ކިޔައިދެއްވިއެވެ.

ޙަސަދަވެރިކަން ކިތަންމެ ބޮޑު ނުބައިކަމަކަށްވެސް ދޮރު ހުޅުވާލަދޭކަން ޔޫސުފްގެފާނު ވާހަކައިން އެނގިގެންދެއެވެ. އަދި ކިތަންމެ ލޯބިވާ ދަރިއެއް ހުރިނަމަވެސް އާއިލާގެތެރޭގައި ހަމަހަމަކަމާއި ޢަދުލުވެރިކަން އިސްކުރެއްވިކަން ޔޫސުފްގެފާނުގެ ވާހަކައިން އެނގިގެންދެއެވެ. މީގެ އިތުރުން ޔޫސުފްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާއި ވަކިކޮށްލުމަށް އެ ބޭބެއިން ރާވައިގެން ގޮސް ދެންނެވި ވާހަކަވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެކަލޭގެފާނު އެމީހުންނާއިއެކު ކުޅެން ފޮނުވައިދެއްވުމަށް އެދުނު ވާހަކައިގެ އިތުރުން، ދޮގުލެއާއިއެކު އެކަލޭގެފާނުގެ ބޭބެއިން ބައްޕާފުޅުގެ އަރިހަށް އައުމުންވެސް ފެނިގެންދިޔައީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ކަމުގައި މި ސޫރަތުން އެނގިގެންދެއެވެ. އަދި އެންމެ ލޯބިވާ ދަރިފުޅުގެ ޙައްޤުގައި ފަރުވާކުޑަކޮށްފައިވާ ދަރިންނާމެދު މުޢާމަލާތުކުރެއްވި ރިވެތި އުޞޫލާއި ދަރިން ޒިންމާދާރުކުރުމަށް އަދި މާތްﷲއަށް ބަރޯސާވުމަށް ބައްޕައަކު ކުރެއްވި މަސައްކަތް އެނގިގެންދެއެވެ.

އޭގެފަހުން ޔޫސުފްގެފާނުގެ ހަޔާތްޕުޅުގައި ދިމާވި އެކި ޙާދިސާތަކުގައިވެސް، އެކި އިމްތިޙާންތަކުގައިވެސް އެކަލޭގެފާނު މާތްﷲއަށްޓަކައި ނުބައިކަންތައް ދޫކުރައްވާ ދެއްކެވި ކެތްތެރިކަން ފާހަގަކުރައްވާ މާތްﷲއަށްޓަކައި ގޯސްކަމެއް، ނުބައިކަމެއް ދޫކޮށްލުމުން އެކަމުގެ ބަދަލު ހެޔޮގޮތުގައި މާތްﷲ ދެއްވާނެކަން ފާހަގަކުރައްވާ މިކަން ޔޫސުފްގެފާނުގެ ޙަޔާތްޕުޅުން ފެނިގެން ގޮސްފައިވެއެވެ. ޔޫސުފްގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކަށް ބައްލަވާ އިރު، އެކަލޭގެފާނު ޖަލުގައި ހުންނެވި ދުވަސްތަކާއި، މުޖުތަމައުން ފެންނަކަންތައްތަކަށް ބަލާއިރު މީހަކަށް ދެރަކަމެއް ދިމާވެއްޖެނަމަ އެމީހެއްގެ ގާތުގައި ތިބޭ ނޫނީ ވަށައިގެންވާ މީހުންނަށް އޭގެ އަސަރުކުރުވާކަމަށާއި އެހެންނަމަވެސް ޔޫސުފްގެފާނު ޖަލުގައި ހުންނެވިއިރުވެސް މަސައްކަތްޕުޅުކުރެއްވީ އެހެންމީހުންނަށް މަންފާކުރާނެ ފަދައަކުންނެވެ.

އަދި ޔޫސުފް ސޫރަތުގައި ދަރިން ޒިންމާދާރުކުރުމަށް މާތްﷲއަށް ބަރޯސާވާންވެސް މެސެޖްދެއްވާފައިވެއެވެ. ގަދަކަމާއި ސާބިތުކަމަކީ އިމްތިޙާނާއި ކެތްތެރިކަމަށްފަހު ލިބޭކަމެއްކަން މި ސޫރަތުން އެނގިގެންދެއެވެ. ޔޫސުފްގެފާނުގެ ވާހަކައިން ލިބޭ މެސެޖްތަކުން، މާތްﷲގެ ރަޙްމަތުން އުންމީދު ކަނޑައިގެން ނުވާނެކަން މިއީވެސް ލިބިގެންދާ ވަރަށް މުހިންމު މެސެޖެކެވެ. ކިތަންމެ ހިތާމަވެރި ނުވަތަ ކިތަންމެ އުފާވެރި ދިރިއުޅުމެއްގައި އުޅުނަސް އަބަދުވެސް ހެޔޮ ނިމުމަށް އެދުމުގެ މުހިންމުކަން މި ސޫރަތުން ފާހަގަވެގެންދެއެވެ.

ޤުރުއާންއިސްލާމް ދީން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު