Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް ދެއްކުން

ފުރަތަމަ 11 ދުވަހު މާލެއިން ޒަކާތުގެ ގޮތުގައި 8 ލައްކަ ރުފިޔާ

ޖުމްލަ 19523 މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އެޕްރީލު 2022 | ބުރާސްފަތި 06:30
ފިތުރު ޒަކާތް ދެއްކުމަށް މީހަކު އިސްލާމިކް މިނިސްޓްރީގައި

ފިތުރު ޒަކާތް ދެއްކުމަށް މީހަކު އިސްލާމިކް މިނިސްޓްރީގައި

1443ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 878،646.00 (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހައެއް) ރުފިޔާ މިނިސްޓްރީއަށް ލިބިއްޖެއެވެ.

ޖުމްލަ 19523 މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުންނެވެ.

ފާއިތުވި ރަމަޟާން މަހު، މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 899،031.00 (އަށްލައްކަ ނުވަދިހަ ނުވަހާސް ތިރީސް އެއް ރުފިޔާ) ލިބިފައިވާއިރު 1441 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1،942،201.00 (އެއްމިލިޔަން ނުވަސަތޭކަ ސާޅީސް ދެހާސް ދުއިސައްތަ އެކެއް) ރުފިޔާއެވެ.

މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 20،863 މީހުން ޒަކާތް ދައްކާފައިވާއިރު މީގެ ތެރެއިން 17،858 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށެވެ. މި މުއްދަތުގައި 3005 މީހުން ޒަކާތްދައްކާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ބަހައްޓާފައިވާ ކައުންޓަރުތަކަށެވެ.

ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.

މިނިސްޓްރީން ޒަކާތް ބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އާއި ހަމައަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ 28ވަނަ ދުވަސް (29 އެޕްރީލް) އާއި ހަމަޔަށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުން ރަމަޟާން މަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

ފިޠުރު ޒަކާތް ބަހާނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާން މަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓުގެ ޒަކާތް ދެއްކުން ކެޓަގަރީ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ޕޯޓަލްތަކަށް ވަދެވަޑައިގެންނެވޭނެއެވެ. ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

ފިތުރު ޒަކާތްމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްރަމަޟާން 1443

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
28 ފެބުރުއަރީ 2025

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

28 ފެބުރުއަރީ 2025
ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި
23 ޑިސެމްބަރު 2024

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

23 ޑިސެމްބަރު 2024
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި
10 އޮކްޓޯބަރު 2024

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ
18 ސެޕްޓެމްބަރު 2024

އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ

18 ސެޕްޓެމްބަރު 2024
އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ
09 އެޕްރީލު 2024

އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ

09 އެޕްރީލު 2024
އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ
09 އެޕްރީލު 2024

ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

09 އެޕްރީލު 2024
ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު