Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

"ގައުމު ހިންގުމުގައި އަންހެނުންގެ ބަސް އޮތުން މުހިއްމު"

11 އެޕްރީލު 2022 | ހޯމަ 12:03

ގަރާރު ދިރާސާކުރުމުގައި، އަންހެނުންނަށް ކުރިއެރުން ގެނެސްދިނުމުގެ ނަޒަރުންނާއި ލާމަރުކަޒީ ނިޒާމުގެ ނަޒަރުން ބެއްލެވުމަށް އެދިވަޑައިގަންނަވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 އެޕްރީލު 2022 | ހޯމަ 12:03
ގަރާރު ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ގަރާރު ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރުގެ ބަހުސް ފަށައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. އީވާ ވިދާޅުވީ ގަރާރު ހުށައެޅުއްވުމުގެ ބޭނުމަކީ، ގާނޫނުން އަންހެން ކައުންސިލަރުންނާއި ޑަބްލިއުޑީސީއަށް ދީފައިވާ ބާރުތައް ފުރިހަމަ ގޮތުގައި ލިބެމުންދޭތޯ ބެލުމާއި، އަހަރެއް ވެގެންދާއިރު ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި އެކަންކަން ރަނގަޅުކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އީވާ ވިދާޅުވީ، އަންހެނުންނަށް ޚާއްސަކޮށްގެން ކައުންސިލްގެ ވަކި އިންސައްތައެއް އޮންނަން ޖެހޭ ކަމަށް ގާނޫނުގައި ލިޔުނީ، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބަސްބުނެ ކަންކަން ނިންމުމުގައި އަންހެނުންގެ ބަސް އޮންނަން ޖެހޭކަމަށް ގަބޫލްކޮށްގެން ކަމަށެވެ. އަދި ގައުމު ހިންގުމުގައި އަންހެނުންގެ ބަސް އޮތުން މުހިންމު ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކައުންސިލްތަކުގައި ތިބޭ އަންހެން މެމްބަރުންނާއި ޑަބްލިއުޑީސީ މެމްބަރުންނާ ވާހަކަދައްކާލުމުން, މައްސަލަތަކެއް ފާހަގަކުރައްވާ ކަމަށާއި، ބައެއް މެމްބަރުންނަށް މަސައްކަތުގައި އެއްވެސް ދައުރެއް ނޯންނަކަން ވިދާޅުވާކަމަށެވެ.

މުޅި ލާމަރުކަޒީ ނިޒާމު އަދިވެސް އައު ކަމަށެވެ. އެހެންކަމުން ބޭނުކީ މި ކަން ރަނގަޅަށް ދިރާސާކޮށް ބެލުުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ޖާގަދޭންޖެހޭކަމަށާއި، މުޅިގައުމުގެ ތަރައްގީ ފުރިހަމަ ގޮތުގައި އިންސާފުވެރިކަމާއެކު ގެނެވޭނީ ރަށްރަށާއި އަތޮޅުތައް ބާރުވެރިކުރުވައިގެންކަން އެމްޑީޕީން ގަބޫލުކުރާކަމަށް އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ, ގަރާރު ދިރާސާކުރުމުގައި އަންހެނުންނަށް ކުރިއެރުން ގެނެސްދިނުމުގެ ނަޒަރުންނާއި، ލާމަރުކަޒީ ނިޒާމުގެ ނަޒަރުން ބެއްލުވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އިވާ ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން, ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވި އަންހެނުންގެ ބައިވެރިވުމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި, ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން %33, އަންހެނުންނަށް ޚާއްސަކުރެވިގެން ގާނޫނު އިސްލާހު ކޮށްފައިވީއިރު، ގާނޫނުގެ މަގުސަދާ އެއްގޮތަށް އަންހެން ކައުންސިލަރުން ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ގާނޫނު ސިފަކުރިގޮތަށް، އެ ގާނޫނުގެ ރޫހުގައި މަސައްކަތްކުރެވޭތޯ ކަށަވަރުކުރަންޖެހޭކަމަށެވެ.

އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހައްދަވައިދެއްވުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް