Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާކިންގ މައްސަލަ

އިސްލާމިކް މިނިސްޓްރީން އެދޭގޮތަށް ކަން ކުރެވޭނީ ސޯމިލް ހުސްކުރުމުން: މޭޔަރ މުއިއްޒު

8 އެޕްރީލު 2022 | ހުކުރު 12:17

އެތަން ހުސްކޮށްދިނުމަށް ސަރުކާރުގައި އެދެމުންދާތާ 4 މަސްވެއްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އެޕްރީލު 2022 | ހުކުރު 12:17
މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

އިސްލާމިކް މިނިސްޓްރީން އެދޭގޮތަށް ކަންކުރެވޭނީ ސޯމިލް ހުސްކުރުމުން ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތުގެ ވަށައިގެން އޮތް ޕާކިންގ ޒޯންތައް ހުސްކޮށް ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ މާލެސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. މިކަމާގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ, ސޯމިލްގައި ހުރި އެކޮމަންޑޭޝަން ބްލޮކާއި ޕަބްލިކް ވޯރކްސްގެ ވެހިކަލްތައް ހުސްކުރުމުން ސަލްމާން މިސްކިތުގެ ވަށައިގެން އޮތް ޕާކިންގ ޒޯންތަކުގައި ހުރި ވެހިކަލްތަކަށް އެތަނުން ޖާގަ ދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެތަން ހުސްކޮށްދިނުމަށް ސަރުކާރުގައި އެދެމުންދާތާ 4 މަސްވެއްޖެ ކަމަށާއި, އެތަނަކީ 500 ސައިކަލު ޕާކް ކުރެވޭނެ ޖާގަ އޮތް ތަނެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ސޯމިލް ހުސްކުރުމުން އެތަނުގައި ކުރަން ހުރި މަސައްކަތްތައް ވެސް ކައުންސިލްގެ މުވައްޒަފުން ކުރާނެ ކަމަށާއި, އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީއަށް މިގޮތަށް ޖަވާބުދެއްވަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވުމުން މިކަމަށް ރައްދު ދެއްވައި ރާއްޖެއެމްވީއަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ, އެހެންތަނެއް ނުލިބުން އެއީ ސަލްމާން މިސްކިތް ވަށައިގެން އޮތް ޕާކިންގ ޒޯންތައް ހުސްކޮށްދޭންނުޖެހޭ ސަބަބެއް ނޫންކަމަށެވެ.

ރަމަޟާން މަހުގެ ކުރިން އައި ހުކުރު ދުވަހު ސަލްމާން މިސްކިތުގެ ނަމާދު ކުރާ ބައި ހުޅުވައި ނަމާދު ކުރަން ފަށާފައިވާއިރު، އެ ސަރަހައްދުގައި ޕާކް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން މިސްކިތަށް އަރާ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސަލްމާން މިސްކިތުގެ ދެ ފަރާތުގައި ދެ ޕާކިންގ ޒޯން ގާއިމްކޮށްފައިވީނަމަވެސް, ދާއިމީކޮށް ކާރުޕާކު ކުރުމަށް އެ ދެ ޕާކިންގ ޒޯނުން ވެސް ގިނަ ސްލޮޓުތަކެއް މާލެ ސިޓީ ކައުންސިލުން ވަނީ ކުއްޔަށް ދޫކޮށްފައެވެ. އެހެން ކަމުން ސައިކަލް ޕާކް ކުރާނެ ޖާގަ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިސްކިތް ކައިރީގައި ޕާކުކުރާނެ ޖާގަ ނެތުމުން މިސްކިތަށް އަރާ މީހުންނަށް ވަރަށް ދަތިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ދެ ޕާކިންގ ޒޯނަކީ މީގެ ކުރިންވެސް ސަލްމާން މިސްކިތަށް އަރާ މީހުން ޕާކު ކުރުމަށް ހަަޖައްސާފައިވާ ތަން ކަމަށެވެ. އެތަނުގައި ކާރު ޕާކުކުރުމަށް 6 މަސް ދުވަހަށް ކުއްޔަށް ދިނީ މީގެ ކުރީ ސިޓީ ކައުންސިލުން ކަމަށާއި، މިހާރު އޮތް ކައުންސިލުން އެ މުއްދަތު އިތުރުކޮށްދިނީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ޕާކިން ޒޯންތައް ހުސްކުރެވުމުން ޕާކިންގ މައްސަލައަށް ހައްލެއް އައިސް, މިސްކިތަށް އަރާ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް