Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯ

މަސް ކިރާ އަދަދު އިތުރުވެ، ދޯންޏަކުން ފަސް ޓަނު މަސް ގަންނަން މިފްކޯއިން ނިންމައިފި

7 އެޕްރީލު 2022 | ބުރާސްފަތި 07:09

މިގޮތަށް ނިންމީ ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަނެ، ބަހައްޓަން ބޭނުންވާތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އެޕްރީލު 2022 | ބުރާސްފަތި 07:09
ޅ. ފެލިވަރު މަސް ކާރުޚާނާ

ޅ. ފެލިވަރު މަސް ކާރުޚާނާ

މަސް ކިރާ އަދަދު އިތުރުވެ، ދޯންޏަކުން ފަސް ޓަނު މަސް ގަންނަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އިން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ، އެއްފަހަރާ ގިނަ ދޯނިފަހަރުތަކެއް ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 4 އޭޕްރީލް 2022 ގައި 770 ޓަނު މަސް އަދި 5 އޭޕްރީލް 2022 ގައި 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށާއި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 60 ޓަނާއި 25 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނަ ކަމަށެވެ.

4 އެޕްރީލްގައި ކިޔުއަށް އަރާފައިވާ ހުރިހާ ދޯންޏެއްގެ މަސް 5 އޭޕްރިލުގެ ނިޔަލަށް ކިރައި ނިންމާފައިވާކަން ފާހަގަކޮށް މިފްކޯ އިން ބުނީ އޭޕްރީލް 6 ވަނަ ދުވަސް ފެށުނުއިރު ކިއުގައި 510 ޓަނު މަސް އެބަހުރި ކަމަށެވެ. މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓީ އަކީ ދުވާލަކު 420 ޓަނަށްވާއިރު ދެކުނުގެ މަސްގަންނަ ފްލީޓާއި ގުޅުމަށް ދުވާލަކު 100 ޓަނުގެ މަސްގަނެވޭ، ޖަޒީރާ-102 ދެކުނުން ގަނެގެން ގެންދިޔަ މަސް ފެލިވަރަށް ހުސްކުރުމަށްފަހު ފުރައިގެން 7 އޭޕްރީލް 2022 ގެ ހެނދުނު ކޫއްޑޫ ބަނދަރަށް ގޮސްފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ މިހާލަތުގައި ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަނެ، ބަހައްޓަން ބޭނުންވާތީ، 5 އޭޕްރީލްގައި ކިޔުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް ކިރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 6 އެޕްރީލް 2022 އިން ފެށިގެން ކިޔުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖް ކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މިހާރު ކިޔު ނަމްބަރު ދެވިފައި ހުރި ދޯނިފަހަރު މަސް ކިރައި ނިމެންދެން ކޮންޓްރޯލް ނެތި ކުރިޔަށް ގެންދެވޭނެ ކަމަށާއި އަދި ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ކެރިއަރ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި މިފްކޯއިން ބުނެއެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް