Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގަތުން

565 މިލިއަން ރުފިޔާގެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވުމަށް ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންފި

26 މާރިޗު 2022 | ހޮނިހިރު 13:34

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2022 | ހޮނިހިރު 13:34
ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި

ރައީސް ސާލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައި

މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ 565 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގައުމީ ދިދައާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ އަދަދެއްގެ މީހުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސްފައިވެއެވެ.

Advertisement - newsAdvertisement

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ހުޅުމީދޫ އަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ގާއިމްކުރި ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވައިދެއްވައި، އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ. މި މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި ހިލޭ އެހީއާއެކު ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޑޮމެސްޓިކް ބަޖެޓުން މިއަހަރު 9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ އިރު، އައްޑޫ ސިޓީގެ 4 ރަށެއްގެ މަގުތައް ހެދުމަށް ޑޮމެސްޓިކް ބަޖެޓުން 11.2 މިލިއަން ރުފިޔާ އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހަރަދުކުރުމަށް ވަނީ މި މަސައްކަތުގެ ތެރޭގައި ހިމަނާފައެވެ. އަދި އައްޑޫ ސިޓީގެ ހުޅުމީދޫގެ މަގު ހެދުމަށް 2.25 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފޭސް މިހާރު އޮތީ ޕްރީ ޓެންޑަރިންގެ މަރުހަލާގައެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ސޮއެކުރެވިގެންދާ އިރު، އެކަމަށް ޑޮމެސްޓިކް ބަޖެޓުން 6.69 މިލިއަން ރުފިޔާ އަދި އިންޑިއާ އެޒްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދު ކުރުމަށް ވަނީ ހިމަނާފައެވެ.

އައްޑޫ ސިޓީގެ ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، މަރަދޫ އަދި މަރަދޫ ފޭދޫ އިން 74 ހެކްޓަރުގެ ބިމާއި، ހުޅުމީދޫން 38 ހެކްޓަރު އަދި ޓުއަރިޒަމަށް ހާއްސަކޮށްގެން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީއަށް މިއަހަރުގެ ބަޖެޓުގައި އެކަނި ވެސް 284 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އައްޑޫ ސިޓީ ކައުންސިލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް