Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުށުގެ ވެށިން ކުދިން ސަލާމަތްކުރުން

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ: އަލީ ނަޒީރު

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ވިސްނުމާއި ބުއްދި ގާނޫނާ އެއްވަރަށް ތަރައްގީވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 މާރިޗު 2022 | ބުރާސްފަތި 13:24
ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރަކަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރަކަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށް މިހާރަށް ވުރެ ބޮޑަށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އަލީ ނަޒީރު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިސްނެންގެވުމުގެ ދަށުން، ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ''ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ'' ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

އަލީ ނަޒީރު ވިދާޅުވީ ދުނިޔޭގެ ފެންވަރަށް ފަރުމާކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ކުރުމަށް އެންމެ މުހިންމުކަމެއް ކަމަށް ދެކިވަޑައިގަންނަވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ހުރިހާ މުވައްސަސާއެއްގެ ފަރާތްތަކުގެ ވިސްނުމާއި ފިކުރު އަދި ބުއްދި ގާނޫނާ އެއްވަރަށް ތަރައްގީކުރުމަށް ކަމަށެވެ.

ކުއްޖަކު ކުށަށް ހުށަހެޅުމުގެ ކުރިން، ގުޅުންހުރި މުވައްސަސާތަކުން އެއްބާރުލުންދީގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެ ކުއްޖާ ކުށުގެ ވެއްޓަށް ވަނުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށާއި އެކަންކަން ކުރެވޭނީ މިހާރަށްވުރެ ބޮޑަށް ގުޅުންހުރި މުއައްސަސާތަކުން އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމުން ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. އަލީ ނަޒީރު ވިދާޅުވީ މިފަދަ ޖޮއިންޓް ތަމްރީން ޕްރޮގްރާމްތައް އިތުރަށް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ނަޒަރިއްޔާތުން އަދުލުގެ ނިޒާމާ ގުޅުންހުރި ކަންތައްތައް ބައިވެރިންނާ ޚިއްސާކުރެވުނު ކަމަށާއި، އަސާސީ ތަމްރީނެއްގެ ގޮތުން މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ފެނިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަޠީފް ވިދާޅުވީ ގާނޫނާ ޚިލާފު އަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި ކުދިންނަކީ މި މުޖްތަމައުގައި ދިރިއުޅެމުންދާ ވަރަށް ނާޒުކު ފައްތަރެއްގައި ތިބި ކުދިންކަމަށާއި އެކުދިންގެ ހަޔާތުގައި ތަހައްމަލް ކުރަންޖެހޭ ހިތްދަތި އަދި އަނިޔާވެރި ތަޖުރިބާތަކުގެ ސަބަބުން އެކުދިންގެ ވިސްނުމާއި އަހުލާގަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އަދި މިފަދަ ކުދިންގެ ތެރެއިން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވަންނަމުންދާ ކުދިން ގިނަ ވަމުންދާ ކަމަށާއި، މި ނިޒާމުގެ ތެރެއިން ދެވޭ އަޅާލުމާއި ހޯދައި ދެވޭ ފުރުސަތުތަކާއި ފޯރުކޮށްދެވޭ އެހީތެރިކަމަކީ އެ ކުދިން ކާމިޔާބުކަމާއެކީގައި މުޖްތަމައުއަށް ބިނާކުރަނިވި ފަރުދުންގެ ގޮތުގައި ނިކުތުމަށް މަގުފަހިކޮށްދެވޭ ކަމެއް ކަމަށެވެ.

20 މާރޗު 2022ން ފެށިގެން ފަސް ދުވަހަށް ހިންގުނު މި ތަމްރީމް ޕްރޮގްރާމް އަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތްކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ޚާއްސަ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށް ހިންގުނު ޕްރޮގްރާމް އެކެވެ. މި ޓްރޭނިންގެ މަގުސަދަކީ ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތައް ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމާއި، އެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބިދޭ ހައްގުތަކާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސްއާއި ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 30 ބައިވެރިން ހިމެނެއެވެ. 

މި ތަމްރީން ޕްރޮގްރާމްގައި މަލްޓި-ސެކްޓޯރިއަލް ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން، ކީ ޕްރިންސިޕަލްސް އޮފް ޖުވެނައިލް ޖަސްޓިސް ސިސްޓަމް، ޑައިވަރޝަން އަދި ރެސްޓޮރޭޓިވް ޖަސްޓިސްއާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު