Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްސީއެސްގެ މަސައްކަތް

އެމްސީއެސްގެ ބެލުމުގެ ދަށުގައި ކުޑަކުދިން އެބަތިބި، ދާދި އަވަހަށް ލޯންގްޓަރމް ސެކިއަރ ފެސިލިޓީ ގާއިމްކުރާނެ: ކޮމިޝަނަރ އޮފް ޕްރިޒަންސް

24 މާރިޗު 2022 | ބުރާސްފަތި 13:05

ބޮޑެތިމީހުންނަށް ކަންކުރާ އުސޫލުން ކަންތައްކުރުމުން ކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 މާރިޗު 2022 | ބުރާސްފަތި 13:05
ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވާހަކަދައްކަވަނީ

ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވާހަކަދައްކަވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ކުޑަކުދިން އެބަތިބި ކަމަށާއި، ދާދި އަވަހަށް ލޯންގްޓަރމް ސެކިއަރ ފެސިލިޓީ ގާއިމްކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިސްނެންގެވުމުގެ ދަށުން، ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ބޭއްވި ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ, ކުރިއަށް ގެންދެވުނު ޖުވެނައިލް ޖަސްޓިސް ޓްރޭނިންގއިން ބައިވެރިންނަށް ލިބެންޖެހޭ, ގާނޫނުން ތަސައްވަރުކުރާ މިންވަރަށް މުހިއްމު މައުލޫމާތައް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ވިސްނާއިރު، ބޮޑެތި މީހުންނަށް ކަންކުރާ އުސޫލުން ކަންތައް ކުރުމުން ކުޑަކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށް ފާހަގަ ކުރެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުދިން އަލުން އަނބުރާ މުޖުތަމައަށް ގެނައުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ, ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުކުރެވުނުއިރު މިކަންކަމަށް ރިޔާއަތްކުރެވިފައިވާކަމަށާއި, މިއީ ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރެވި، ކުޑަކުދިންނަކީ އެކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ކުދިންތަކެއް ކަމަށް ދެކިގެން ތައްޔާރުކުރެވިފައިވާ ގާނޫނެއް ކަމަށެވެ. އަދި މިގާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ ޒިންމާތަކަކީ މުޖްތަމައުގައި ކޮންމެހެން ނުގެންގުޅެވިދާނެ ހާލަތަކަށް ކުއްޖާ ދާހިނދު، އެންމެ ފަހު މަރުހަލާއަކަށް ގެންދަންޖެހޭ ތަނަކީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގްޓަރމް ސެކިއަރ ފެސިލިޓީއަށް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިވަގުތު ލޯންގްޓަރމް ސެކިއަރ ފެސިލިޓީ ގާއިމުކުރެވިފައިނުވާ ކަމަށާއި، ނަމަވެސް ދާދި އަވަހަށް މި ފެސިލިޓީ ގާއިމުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނަރ ވިދާޅުވީ ގާނޫނު ލާޒިމްކުރާ ބައެއް ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރުވެސް އެމްސީއެސްގެ ބެލުމުގެ ދަށުގައި ކުޑަކުދިން އެބަ ތިބި ކަމަށެވެ. އަދި މަސައްކަތްތައް ބެކްލޮގްއަކުން ފަށައިގަންނަންޖެހޭއިރު، އެމްސީއެސްގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ޒިންމާތަކަށް ބިނާކޮށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ތައްޔާރުކޮށް، މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ. އަދި ކުދިން ތަރުބިއްޔަތުކުރުމުގައާއި ރިހެބިލިޓޭޓްކުރުމުގައި އެންމެ މުހިންމު ސިފައަކީ ރަނގަޅު އާދަކާދައާއި އިސްލާމީ ރިވެތި އަޚުލާގަށް އަހުލުވެރިވެ ރީތި ނަމޫނާއެއް ދެއްކުންކަމަށާއި, އޭގެ ސަބަބުން މި ކުރާ މަސައްކަތަށް އިތުރު ކާމިޔާބީ ލިބޭނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް