Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފޮތް ކިޔުން

ފޮތް ނުކިޔަނީ ކީއްވެ؟

16 މާރިޗު 2022 | ބުދަ 10:03

ފޮތް ކިޔުމަކީ މީހާގެ ވިސްނުން ތޫނުކޮށްދީ ސިކުނޑި ތަނަވަސް ކޮށްދޭ ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މާރިޗު 2022 | ބުދަ 10:03
ކުޑަކުއްޖެއް، ޒުވާނެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ކަމުގައި ވިޔަސް ފޮތް ކިޔުމުން އެމީހަކު އިލްމީ ގޮތުން މުއްސަނދިވޭ

ކުޑަކުއްޖެއް، ޒުވާނެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ކަމުގައި ވިޔަސް ފޮތް ކިޔުމުން އެމީހަކު އިލްމީ ގޮތުން މުއްސަނދިވޭ

ތަރައްގީއަކީ ހަމައެކަނި އުމްރާނީ ގޮތުން ކުރިއަރައި ދިއުމެއް ނޫނެވެ. އެއީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެކެވެ. މައުލޫމާތު މުއްސަނދިވި ވަރަކަށް އިންސާނާގެ ލޯ ދުނިޔެއަށް ހުޅުވި މީހާ ތަރައްގީވެ ކުރިއަރައިދެއެވެ. މީހާ ތަރައްގީވެ ކުރިއަރައިފިނަމަ އެމީހަކު އުޅޭ މާހައުލެއްވެސް ކުރިއަރައިގެން ދެއެވެ. މީހަކު ކިތަންމެ މަސައްކަތެއް ކޮށްދިނަސް އިންސާނާ ވިސްނައި ދެނެގަންނަން ބޭނުންވާ މައުލޫމާތެއް މެނުވީ އޭނާގެ ސިކުނޑިއަކަށް ނުވިސްނޭނެއެވެ. މިއީ އިންސާނުންގެ ތަބީއަތެވެ. ކޮންމެއަކަސް މި އިލްމާއި މައުލޫމާތު ހޯދުމުގައި އިންސާނާއަށް އެންމެ އެހީތެރިވާ ވަސީލަތަކީ ލިޔެފައިވާ ލިޔުންތަކާއި ފޮތްތަކެވެ.

ތަންކޮޅެއް ކުރީގެ ހަނދާންތަކަށް ޖެހިލާއިރު އޭރު ސްކޫލަށް ދާއިރު ގިނަ ކުދިން އަތުގައި ވާހަކަ ފޮތްތައް އޮންނާނެއެވެ. ލިބޭ ހުސްވަގުތުގައި އެ ކުދިން އިނގިރޭސި ނޫނީ ދިވެހި ވާހަކައެއް ކިޔައިން ތިބޭ މަންޒަރު ފެނިގެންދެއެވެ. އެހެންނަމަވެސް މިހާރު ހާލަތު ތަފާތެވެ. މަންޒަރު ވެސް ތަފާތެވެ.

ޒަމާންތަރައްޤީވެސް ޓެކްނޮލޮޖީގެ ގޮތުން މުޅި ދުނިޔެ ކުރިއަރާފައިވާއިރު މިހާރު ވާހަކަ ފޮތްތައް ވެސް އޮންލައިންކޮށް ކިޔާލެވެއެވެ. އަތުގައި އޮންނަ ފޯނުގެ ޒަރިއްޔާއިން މިހާރު ނުކުރެވެނީ މަދު ކަމެކެވެ. ކަން މިހެން ހުރުމާއެކު މިހާރު ލައިބްރަރީތަކަށް ގޮސްގެން ފޮތް ކިޔާ ކުދިން ނުވަތަ މީހުންގެ ނިސްބަތް މިވަނީ މަދުވެފައެވެ. ބުކް ފެއަރތަކަށް އޮންނަ ޑިމާންޑް ވެސް މިވަނީ ކުޑަވެފައެވެ.

ސްކޫލުތަކާއި ބައެއް ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ލައިބްރަރީގައި މަސައްކަތް ކުރާ މީހުންނާއި ވާހަކަ ދައްކާލުމުން އެމީހުން ބުނަނީ ލައިބްރަރީއަށް އަންނަ ކުދިންގެ އަދަދުތައް ވަރަށް ވެސް މަދުވެފައިވާ ކަމަށެވެ. އަދި ބައެއް ފަހަރު ކޮލެޖުގައި އެ ދަރިވަރު ހޭދަކުރާ ހަޔާތް ނިމޭއިރު ވެސް އެ ލައިބްރަރީތައް ލޮލުން ދެކެފައިނުވާ ކުދިންގެ އަދަދު ގިނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމީހުން އެ ބުނި ފަދައިން މިހާރު ވާހަކަ ފޮތެއް ނުވަތަ މައުލޫމާތު ލިއްބައިދޭ ކޮންމެވެސް ފޮތެއް ހިފައިންގެ ކިޔަން ތިބޭ މަދު ކުއްޖެކެވެ. އަބަދުވެސް މީހުން ބުނާ ވާހަކައެއް އޮވެއެވެ. ފޮތް ކިޔަންވާނެއެވެ. ފޮތް ކިޔުމުން މީހާގެ މައުލޫމާތު މުއްސަނދުވެ، ސިކުނޑި އިތުރަށް ހުޅުވިގެންދާނެއެވެ. ފިލާވަޅުތައް ހެދުމަށާއި ކޮލެޖުން ދީފައި ހުންނަ އެސައިންމަންޓްތައް ހެދުމަށް ފޮތް ކިޔުމުން ފަސޭހަވެގެންދެއެވެ.

އޮންލައިންކޮށް ފޮތްކިޔާ މީހުންގެ ނިސްބަތްވެސް އެހާ ގިނައެއް ނޫނެވެ. ފޮތް ކިޔުމުގެ އާދަ އަނެއްކާވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި އެބަ އަށަގަންނުވަން ޖެހެއެވެ. އިނގިރޭސި ބަސް ކުދިންނަށް ދަސްކޮށްދޭން ބާރު އަޅާފަދައިން އެ ކުދިންނަށް ފޮތް ކިޔުމަށް ބާރު އަޅަން ޖެހެއެވެ. ޚާއްސަކޮށް ދިވެހި ބަހާއި ބެހޭ ފޮތްތަކާއި އިސްލާމްދީނުގެ މައުލޫމާތު ހިމެނޭ ފޮތްތައް ކިޔުމަށެވެ.

ފޮތް ކިޔުމަކީ މީހާގެ ވިސްނުން ތޫނުކޮށްދީ ސިކުނޑި ތަނަވަސް ކޮށްދޭ ކަމެކެވެ. ކުޑަކުއްޖެއް، ޒުވާނެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ކަމުގައި ވިޔަސް ފޮތް ކިޔުމުން އެމީހަކު އިލްމީ ގޮތުން މުއްސަނދި ކޮށްދެއެވެ. ވިސްނުންތެރިކަމަށް ދަތުރުކުރެވެއެވެ. ވިސްނުންތެރި ކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ހުރަސްތަކާއި ކުރިމަތިލުމަށް ނަފުސަށް ހިތްވަރު ދެއެވެ. އަދި ކަންކަމުގައި ރަނގަޅު ގޮތާއި މަގު އިޚުތިޔާރުކުރުމަށް ވެސް ފަސޭހަވެއެވެ.

ފޮތް ކިޔުމުގެ ސަބަބުން މުއްސަނދި ބަސްކޮށާރެއް ލިބުމަށް އެހީވެދެއެވެ. މުއްސަނދި ބަސްކޮށާރެއް ލިބުމަކީ އެހެން މީހުންނާއި ގިނައިން މުއާމަލާތްކޮށް ރަނގަޅު މައުލޫމާތުތައް ލިބޭނެ ކަމެކެވެ. ފޮތެއް ކިޔައިލީމާ ކުރިން ނޭނގޭ އައު ބަސްބަސް ދަސްވެއެވެ. އެބަސްތައް ބޭނުން ކުރެވޭނެ ގޮތާއި ވަގުތާއި ހާލަތު އެނގިދެއެވެ. އަދި އެއް މާނައެއްގައި ބޭނުން ކުރެވޭ ގިނަ ބަސްތައް ދެނެގަނެވި މީހުންނާއި މުއާމަލާތު ކުރަން ފަސޭހަވެ، ވާހަކަދެއްކުންތެރި ކަމުގެ ރޮނގުންވެސް ކުރިއަރަން މަގުފަހިވެއެވެ.

އިންސާނަކު ކުރި އަރައި ދިއުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެމީހެއްގެ ހަނދާން ވަރުގަދަ ކުރުމެވެ. ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ގިނައިން ފޮތް ނުވަތަ މައުލޫމާތު ލިބޭ ވަސީލަތެއް ކިޔާ ސިކުނޑިއަކަށް އެ މައުލޫމާތުތައް ފޯރު ކޮށްދޭނަމަ ހަނދާން ވަރުގަދަވެގެންދެއެވެ. އަދި ގިނައިރު ގިނަ ތަކެތި ހަނދާނުގައި ބެހެއްޓުމަށް އެހީވެއެވެ.

ފޮތް ކިޔުމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަަށް ވެސް އޭގެ ހެޔޮ އަސަރު ކުރާ ކަމެކެވެ. ގިނަގިނައިން ފޮތް ކިޔުމުން ބޭކާރު ވިސްނުންތަކާ ޚިޔާލުތަކާ ދުރުވުމަށް އެހީވެދެއެވެ. އަދި އެހެން ދިމާލަކަށް ވިސްނުން އަނބުރާލައެވެ. ހާސްވެ ކަންބޮޑުވާ ވަގުތުގައި ފޮތެއް ނޫހެއް ނުވަތަ މިނޫންވެސް މިފަދަ އެހެން ވަސީލަތެއް ކިޔާލާށެވެ. ހަމަގައިމުވެސް ކަންބޮޑުވުމާ ދުރުވެވޭނެއެވެ. ހަމަޖެހިލުމަށް މަގުފަހި ވެގެންދާނެއެވެ. މީހަކު ކުރިއަރައިގެން ދިޔުމަށްޓަކައިވެސް އެންމެ މުހިއްމު ކަމަކީ ހަމަޖެހިގެން ހުރުމެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމެވެ.

މިހުރިހާ ކަމަކުންވެސް ހާމަވަނީ އެއްކަމެކެވެ. އެއީ ފޮތް ކިޔައި އުޅޭ މީހަކީ ހުރިހާ ގޮތުންވެސް ގާބިލް ކުރިއަރައިފަވާ މީހަކަށް ވެގެން ދާކަމެވެ. މިފަދަ މީހަކީ ވިސްނުން ތޫނު، ނަފްސާނީ ގޮތުން ދުޅަހެޔޮ، ބަސްކޮށާރު މުއްސަނދި، މުހިއްމު ކަންކަމަށް ސަމާލުކަން ދޭން އެނގޭ މީހެއް ކަމެވެ. މިއީ ގިނަ އިލްމީ މާހިރުން އަދި ސައިންސްވެރިން ވެސް އެއްބަސްވާ ގޮތުގައި ކާމިޔާބު މީހަކަށް ވުމަށް މުހިއްމު ސިފަތަކެކެވެ. ވުމާއެކު ކޮންމެ މީހަކީވެސް ފޮތް ކިޔާ މީހަކަށް ވުމަށް އާދަކުރަމާ ތޯއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."
15 އޯގަސްޓު 2017

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟
10 އޯގަސްޓު 2017

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
03 އޯގަސްޓު 2017

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
12 ޖުލައި 2017

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
09 މެއި 2017

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް