Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފެމެލީ ރޫމް

ފެމެލީ ރޫމާ އެކު އުފާވެރިކަން

ދަރިންނަށް ވަގުތު ދިނުމުގައި މުވައްޒަފުންނަށް ދިމާވާ އުނދަގޫތައް ހައްލުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މާރިޗު 2022 | ބުރާސްފަތި 12:52
ކުޑަކުއްޖަކު ފޮތުގައި ކުރަހަނީ

ކުޑަކުއްޖަކު ފޮތުގައި ކުރަހަނީ

ކޮންމެ އާއިލާއަކަށް ބަލާލިކަމުގައިވިއަސް މިހާރު ފެނިގެންދާ މަންޒަރަކީ ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ދެމަފިރިން އެކުގައި ވަޒީފާ އަދާ ކުރާ މަންޒަރެވެ. އަވަދިނެތި ދިރިއުޅުމައިގެން ކުރިއަށްދާއިރު ކައިވެނީގެ ގުލުމަށް މާގިނަ އަހަރުތަކެއް ހޭދަނުވެ އަނބިމީހާ ބަލިވެ އިނދެއެވެ.

ދަރިފުޅު ވިހައިގެން ވަޒީފާގައި ދެމިހުރުމަށްޓަކައި އަންހެން މީހާއަށް ގޮންޖެހުންތަކާއި ކުރިމަތިވެގެންދެއެވެ. ސަބަބަކީ ދަރިފުޅު ވިހައިގެން މާގިނަ ދުވަސްތަކެއް ނުވެ އެނބުރި ވަޒީފާއަށް ނިކުންނަން ޖެހުމުންނެވެ. އެއްވެސް މަޔެއްގެ ހިތަކަށް ދަރިފުޅާ ދުރުގައި އެންމެ މިނެޓަކަށް ވެސް ހުންނާކަށް ކެތެއް ނުވާނެއެވެ. ދަރިފުޅަށް ބުއްދޭން ޖެހިއްޖެނަމަ ވަޒީފާގައި ހުރެފައި އެކަމަށް ގެއަށް ދާން ޖެހެއެވެ. ކަންމިހެން ހުރިއިރު ދަރިއަކު ލިބުމަށްފަހު ޚާއްސަކޮށް އަންހެން މީހާއަށް ވަޒީފާ އަދާކުރުން ގިނަފަހަރަށް އޮންނަނީ އުނދަގޫކަމަށް ވެފައެވެ. ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ވަޒީފާ އަދާކުރުން މަޖުބޫރެވެ. ފިރިމީހާ ކުރާމަސައްކަތުން ތިބޭތަނުގެ ރެންޓް ދައްކާއިރު ދެމަފިރިންނާ ކުދިންގެ ޚަރަދުތަކަށް ދޭނެ ފައިސާއެއް ލިބޭނީ އަބިމީހާވެސް މަސައްކަތް ކޮށްގެންނެވެ.

ވަޒީފާއަށް ނިކުމެ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި ދަރިފުޅާ ދުރުގައި އެހާ ގިނައިރު ހުންނަން ޖެހުމަކީ ވަރަށް އުދަގޫ ކަމެކެވެ.

މިދަތިތައް ހުރިއިރު އެފަދަ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ވަޒީފާ އަދާކުރާ ބައެއް ތަންތަނުން މުވައްޒަފުންނާއި ދޭތެރޭގައި ވިސްނާތަން ވެސް ފެނިގެން އެބަދެއެވެ. އެގޮތުން އެ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ފެމެލީ ރޫމްތައް ޤާއިމުކޮށްދޭތަން އެބަ ފެނެއެވެ. މިކަމުގެ ސަބަބުން މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު ކުދިންނަށް ވަގުތު ދިނުމުގައި މުވައްޒަފުންނަށް ދިމާވާ އުނދަގޫތައް ވީހާވެސް ކުޑަކުރެވި، ކުދިންނަށް އިތުރު ވަގުތު ދިނުމަށް ފަސޭހަ ވެގެންދާނެއެވެ.

މީގެ އިތުރުން އެކަނިވެރި މައިންނަށް ވެސް މިކަމުގެ ސަބަބުން އިންތިހާއަށް ފަސޭހަވެގެންދާނެއެވެ. ގިނަ އެކަނިވެރި މައިންނަކީ ދަރިން ގޭގައި އެކަނި ބައިތިއްބަން ޖެހޭތީ ވަޒީފާއަކަށް ނުދެވި ތިބޭ މީހުންނެވެ. ދަރިފުޅު ބަލާނެ މީހަކު ނުހުންނާތީއެވެ. އެހެންނަމަވެސް މިފަދަ ފެމެލީ ރޫމަކާއެކު އެ ކުދިން އެތަނުގައި ބޭތިއްބުމަށްފަހު ވެސް މަންމައަށް މަސައްކަތައިގެން ކުރިއަށް ދެވޭނެއެވެ.

މިއީ އެ ކުދިންނާއި މަންމައިންގެ ގުޅުންވެސް އިތުރަށް ބަދަހިކުރަން ލިބޭ ފުރުސަތެކެވެ. އަދި ވަޒީފާގެ މާހައުލުގައި މަންމަ ނުވަތަ ބައްޕަ ކުރާ މަސައްކަތް ގާތުން ބަލާލުމަށް އެ ކުދިންނަށް ވެސް ލިބިގެންދާނެ ފުރުސަތެކެވެ.

މިކަމުގެ ސަބަބުން ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ވެސް ގާތުން މައިންބަފައިންނަށް ބަލާލެވޭނެއެވެ. ވީޑިއޯ ގޭމެއް ދިނުމަށްފަހު އެތައް ގަޑީއިރަކު ކުއްޖާ ގޭގައި އެކަނި ބެހެއްޓުމަށްވުރެ އެ މަންމަ ނުވަތަ ބައްޕަގެ ލޯ ކުރިމަތީގައި ފެންނަ ހިސާބުގައި އެ ދަރިފުޅު ހުރުމުން ހިތަށް ލިބޭ ހިތްހަމަޖެހުންވެސް މާބޮޑުވާނެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކުގައި ވެސް މުވައްޒަފުންނާއި އެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު އަހަންމިއްޔަތުކަމެއް ދޭއިރު މިކަމުގެ އަސަރު އެމީހެއްގެ މަސައްކަތުން ފެނިގެންދެއެވެ. ރާއްޖެއަށް ވެސް ބޭނުންވަނީ މިފަދައިން ވިސްނާ، މުވައްޒަފުންނަކީ ވެސް "އާއިލާގެ މެމްބަރުންނޭ" ނަމަކަށް ބުނާ މެނޭޖްމަންޓް ތަކެއް ނޫނެވެ. ހަޤީޤީ މާނާގައި މުވައްޒަފުންނާއި މެދު ވިސްނާ އެ މުވައްޒަފުން ދެކެ ލޯބިވާ މެނޭޖްމަންޓް ތަކެކެވެ.

ހައެއާއެކު ފެމިލީ ރޫމްތައް ތައާރަފް ވެގެން ދާއިރު މިކަން ކާމިޔާބް ކަމާއެކު ކުރިޔަށް ގެން ދިއުމުގައި ހުރިހާއެންމެންގެ އެއްބާރުލުމާ ސަޕޯޓް ބޭނުންވާނެކަން ހަނދާން ކުރަން ޖެހެއެވެ. އެތާ ތިބޭ ކުދިން ބެލެހެއްޓުމުގެ ހަމަޖެހޭ، ދެމެހެއްޓެނިވި ނިޒާމެއްވެސް ގާއިމް ކުރަން ޖެހެވެ.

އާއިލާ

އިތުރަށް ކިޔާލަން

17 ޖުލައި 2025

އަބްދުއްރަހުމާންގެ މަރު: އާއިލާ އާއި ގާތްގުޅުން އޮންނަ ފަރާތްތަކުގެ އެހީގައި ހަގީގަތް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން

17 ޖުލައި 2025
އަބްދުއްރަހުމާންގެ މަރު: އާއިލާ އާއި ގާތްގުޅުން އޮންނަ ފަރާތްތަކުގެ އެހީގައި ހަގީގަތް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން
07 މާރިޗު 2022

ފެބްރުއަރީ މަހު 181 ވަރި، 253 ކައިވެނި

07 މާރިޗު 2022
ފެބްރުއަރީ މަހު 181 ވަރި، 253 ކައިވެނި
20 ޖުލައި 2017

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ
15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
03 ޖޫން 2017

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު