Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެމިލީ ކޯޓުގެ މަސައްކަތްތައް

ފެބްރުއަރީ މަހު 181 ވަރި، 253 ކައިވެނި

ފެބްރުއަރީ މަހު ކުޑަކުދިންނާ ގުޅުންހުރި 7 މައްސަލައެއްވެސް ފެމިލީ ކޯޓުން ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2022 | ހޯމަ 06:05
ފެމިލީ ކޯޓް

ފެމިލީ ކޯޓް

ފެބްރުއަރީ މަހު ފެމިލީ ކޯޓުން 181 ވަރިއާއި، 253 ކައިވެނި ކޮށްދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ފެބްރުއަރީ މަހު ފެމިލީ ކޯޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު ހިއްސާ ކޮށްފައެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހު 253 ކައިވެނިކޮށް 181 ވަރި ކޮށްދީފައިވާއިރު، ވަރިއާއި ގުޅޭ ޖުމުލަ 229 މައްސަލައެއް ނިންމާފައިވެސް ވެއެވެ. އޭގެ ތެރޭގައި ވަރިވުމަށް އެދި ހުށައަޅާފައިވާ މައްސަލަތަކާއި، ވަރި ކުރުމަށް ހުށައަޅާފައިވާ މައްސަލަތަކުގެ އިތުރުން، ވަރި ސާބިތު ކުރުމާގުޅޭ މައްސަލަތަކާއި، ވަރިއާއި މެދު ޝައްކު ކުރެވިގެން ހުށައަޅާފައިވާ މައްސަލަތަކެއްވެސް ހިމެނެއެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމާފައިވާއިރު, ކޯޓުން ބުނެފައިވަނީ، ކޯޓާއި ކޯޓުން ބޭރުގައިވެސް މިއަހަރުގެ ކޮންމެ ދުވަހަކުވެސް ކައިވެނިކޮށްދޭނެ ކަމަށެވެ.

ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00އިން ފެށިގެން މެންދުރު 11:30އަށެވެ. އަދި މެންދުރު 1:00އިން 2:00އަށެވެ. ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:30އާ ހަމައަށް ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. ކޯޓުން ބުނެފައިވަނީ، ރަމަޟާން މަހު ކައިވެނިކޮށް ދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މީގެކުރިން ބައެއް ބަންދު ދުވަސްތަކުގައި ކައިވެނި ކޮށެއް ނުދެއެވެ. އަދި އަހަރުގެ ބައެއް ރީތި ތާރީޚުތަކުގައި ވެސް ކައިވެނިކޮށެއް ނުދެއެވެ. އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސީ މި އަހަރުން ފެށިގެންނެވެ.

އޭގެ އިތުރުން، ފެބްރުއަރީ މަހު ކުޑަކުދިންނާ ގުޅުންހުރި 7 މައްސަލައެއްވެސް ފެމިލީ ކޯޓުން ނިންމާފައިވެއެވެ. އޭގެ ތެރޭގައި ހަޟާނާތާއި ގުޅޭ މައްސަލަތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ އަމުރުތަކާއި ގުޅޭ މައްސަލަތައްވެސް ހިމެނެއެވެ.

ފެމިލީ ކޯޓުން ފެބްރުއަރީ މަހު ވަނީ ޚަރަދުތަކާއި ގުޅޭ 12 މައްސަލައެއްވެސް ނިންމާފައެވެ. އޭގެ ތެރޭގައި ދަރިންނަށް ޚަރަދު ދިނުމާއި ގުޅޭ މައްސަލަތަކާއި އަނބިމީހާއަށް ޚަރަދު ކުރުމާގުޅޭ މައްސަލަތަކެއްވެސް ހިމެނެއެވެ.

ހަމައެއާއެކު، އާއިލީ އެހެނިހެން މައްސަލަތަކުގެ ގޮތުގައިވެސް 45 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވަލީ ހޯދުމާއި ގުޅޭ މައްސަލަތަކާއި، މަރު ސާބިތު ކުރުމާ ގުޅޭ މައްސަލަތަކާއި، ޙުކުމް ތަންފީޒު ކުރުމާގުޅޭ މައްސަލަތައްވެސް ހިމެނެއެވެ.

އާއިލާފެމިލީ ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
އަބްދުއްރަހުމާންގެ މަރު: އާއިލާ އާއި ގާތްގުޅުން އޮންނަ ފަރާތްތަކުގެ އެހީގައި ހަގީގަތް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން

އަބްދުއްރަހުމާންގެ މަރު: އާއިލާ އާއި ގާތްގުޅުން އޮންނަ ފަރާތްތަކުގެ އެހީގައި ހަގީގަތް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން

17 ޖުލައި 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު