Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީހުގެ އަހަރީ ރިޕޯޓް

މިދިޔަ އަހަރު ނިންމި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ ހުރިހާ ދައުވާއެއް ދައުލަތަށް ސާބިތުކޮށްދެވުނު

10 މާރިޗު 2022 | ބުރާސްފަތި 08:22

2021 ވަނަ އަހަރު 110 މީހެއްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ ދައުވާތައް ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2022 | ބުރާސްފަތި 08:22
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ވަށާޖެހޭ ނިޒާމެއް ޤާއިމުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ޝަމީމް ވަނީ ވިދާޅުވެފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ވަށާޖެހޭ ނިޒާމެއް ޤާއިމުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ޝަމީމް ވަނީ ވިދާޅުވެފައި

މިދިޔަ އަހަރު ނިންމި, ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ ހުރިހާ ދައުވާއެއް ދައުލަތަށް ސާބިތުކޮށްދެވުނުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައިވާއިރު، 2021 ވަނަ އަހަރު 110 މީހެއްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ ދައުވާތައް ކުރެވިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ އަހަރު އެބާވަތުގެ 10 މައްސަލައެއް ކޯޓު މަރުޙަލާއިން ނިމިފައިވާއިރު، އެ ހުރިހާ މައްސަލައެއްގައިވެސް ވަނީ ކުށް ސާބިތު ކޮށްދެވިފައެވެ.

Advertisement - newsAdvertisement

އަހަރީ ރިޕޯޓުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. ވަކިން ޚާއްޞަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤުތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ، އެމަސައްކަތް ކުރުންކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، އެމަސައްކަތުގައި ވޭތުވެދިޔަ ދެ އަހަރު ބޮޑެތި ކާމިޔާބީތަކެއް ޙާސިލު ކުރެވިފައިވާކަމަށެވެ. އެގޮތުން، 2019 ވަނަ އަހަރު އެބާވަތުގެ މައްސަލަތަކުގައި ދައުވާ ކުރެވިފައި އޮތީ 53 މީހެއްގެ މައްޗަށް ކަމަށް އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، 2020 ވަނަ އަހަރު އެ ޢަދަދު 164 އަށް އިތުރު ކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެވްރެޖްކޮށް މަހަކު 19 މައްސަލަ ކޯޓަށް އެ އަހަރު ހުށަހެޅިފައިވެއެވެ. އެއީ އޭގެކުރީ އަހަރު ކަމަށްވާ 2019 ވަނަ އަހަރާއި އަޅާބަލާއިރު، އެވްރެޖްކޮށް ކޮންމެ މަހަކު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށްވުރެ 6 މައްސަލަ އިތުރުވުމެކެވެ.

ޕީޖީ ޝަމީމު ވިދާޅުވެފައިވާގޮތުގައި، 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދަޢުވާ ކުރެވުނު މީހުންގެ ޢަދަދު 65 ޕަސެންޓު އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު މިނިޒާމަށް އިތުރުވުމެވެ. މިފަދަ މައްސަލަތައް ރިޕޯޓު ކުރަން މީހުން ޖެހިލުން ނުވާކަމުގެ ހެއްކެއް ކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގައި ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެކަމުގެ ޔަޤީންކަމެއް ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ތަޙްޤީޤުތައް ވެސް ރަނގަޅު ކުރެވިފައިވާ ކަމަށާއި ދަޢުވާ ކުރެވޭ ވަރަށް ހެކިވެސް ހޯދެމުންދާކަމަށް ވެސް ޕީޖީ ޝަމީމު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ ބާވަތުގެ ގިނަ މައްސަލަތަކެއް އަދިވެސް ކޯޓުގައި ނުނިމި އޮތުމުން، ވަށާޖެހޭ ނިޒާމެއް ޤާއިމުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޕީޖީ އޮފީސްޖިންސީ ގޯނާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
22 ޑިސެމްބަރު 2024

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

22 ޑިސެމްބަރު 2024
ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި
24 އޮކްޓޯބަރު 2024

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް