Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ޑރ. ނަޝީދާ ސައީދު

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ޑރ. ނަޝީދާ ރަސްމީގޮތުން ވަޒީފާ އަދާކުރައްވަނީ މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުގައި

ރާއްޖެ އެމްވީ | 10 މާރިޗު 2022 | ބުރާސްފަތި 06:44
ޑރ. ނަޝީދާ ސައީދު

ޑރ. ނަޝީދާ ސައީދު

ހުވަދުއަތޮޅު ދެކުނުބުރީ ވާދޫއަކީ ސިއްހީ ޚިދުމަތުގެ ދާއިރާގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްރަށެވެ. އިހުގެ ހަކީމީ ބޭސްވެރިކަމުގެ ޒަމާނުގައެވެ. އަދި މިހާރުގެ ޑޮކްޓަރީ ބޭސްވެރިކަމުގެ ޒަމާނުގައިވެސްމެއެވެ. ވާދޫއަށް ނިސްބަތްވާ ޑޮކްޓަރުންގެ އަދަދު ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގެ އެންމެ އުހުގައިވާ ބައެއް ޑޮކްޓަރުން ހިމެނެއެވެ. އެހެންނަމަވެސް މިހުރިހާ ޑޮކްޓަރުންގެ ތެރެއިން އުފަންވި ރަށާއި އެރަށުގެ ރައްޔިތުންނާއި ޚާއްސަ ގުޅުމެއް ބާއްވާ ޑޮކްޓަރުން ގިނައޭ ނުދެންނެވޭނެއެވެ. ރަށާއި އެންމެ ބޮޑު ގުޅުމެއް ބާއްވަވަނީ ކޮން ޑޮކްޓަރެއްހޭ އަހައިފިއްޔާ ވާދޫގައި ދިރިއުޅޭ އަދި ވާދޫއަށް ނިސްބަތްވާ ހަމަ ކޮންމެ މީހަކުވެސް ބުނާނީ އެއީ ޑރ. ނަޝީދާ ސައީދު ކަމުގައެވެ. އެހެން ބުނަންޖެހޭ ސަބަބުތައް ބައިވަރެވެ.

ޑރ. ނަޝީދާ ސައީދު ތައުލީމަށްޓަކައި ވާދޫން ބޭރުވިތާ ސާޅީސް އަހަރު ވަނީއެވެ. ނުވަތަ ވެއްޖެއެވެ. އެހެންނަމަވެސް ރަށަށް އޮތް ލޯބި އުންޏެއް ނުވެއެވެ. މިކަން ހާމަވަނީ މިދާއިރާއިން މިހާތަނަށް ވާދޫގެ ރައްޔިތުންނަށް ޑރ. ނަޝީދާ ކޮށްދެއްވާފައިވާ ޚިދުމަތްތަކުންނެވެ. ރަށަށް ވަޑައިގެންނެވޭ ފަހަރުފަހަރުގައި ރަށުގެ ހެލްތު ސެންޓަރާއި ގުޅިވަޑައިގެން މުޅިން ހިލޭސާބަހަށް ބަލިމީހުން ބެއްލެވުމާއެކު އެކި ގޮތްގޮތުން ސިއްހީ އެހީތެރިކަން ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވައެވެ. ޑރ. ނަޝީދާ ރަސްމީގޮތުން ވަޒީފާ އަދާކުރައްވަނީ މާލޭގައި ހުންނަ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުގައެވެ. ވާދޫ މީހަކު އޭޑީކޭ ހޮސްޕިޓަލުން ޑރ ނަޝީދާގެ އެޕޮއިންޓްމަންޓަކަށް އެދިއްޖެނަމަ ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ފަސޭހައިން އެކަންކުރެވޭނެ ގޮތް އޭނާ ހަމަޖައްސަވައިދެއްވައެވެ.

ދިވެހި ކޮންމެ ޑޮކްޓަރަކީ ވެސް ކޮންމެވެސް ރަށަކަށް ނިސްބަތްވާ ޑޮކްޓަރެކެވެ. އެހެންނަމަވެސް ހުރިހާ ޑޮކްޓަރުން އެ ޑޮކްޓަރަކު ނިސްބަތްވާ ރަށުގެ އެންމެންނާމެދު މިކަހަލަ ޚާއްސަ ގާތްކަމެއް ނުބާއްވައެވެ. އެހެންވީމާ ޑރ. ނަޝީދާގެ މިކަންކަމަކީ ވާދޫގެ އެންމެންވެސް އުފަލާއެކު ބަލައިގަންނަ ކަންކަމެވެ. މިކަންކަމުން ދޭހަވެގެން ދަނީ ޑރ. ނަޝީދާ ސައީދުގެ ހިތުގައި ވާދޫގެ ރައްޔިތުންނަށް ދެވިފައިވާ ލޯތްބާއި ކުލުނެވެ. ދިރިއުޅުން ކޮންމެތާކު އޮތަސް އަދި ކުޑަކުއްޖެއްގެ ގޮތުގައި ރަށުން ބޭރުވިތާ ސާޅީސް އަހަރުވިޔަސް ވާދޫގެ ރަޖިސްޓްރީން އޭނާ އުންޏެއް ނުވެއެވެ. މިއީވެސް ރަށުން ބޭރުގައި ގިނަ ދުވަސް ހޭދަކުރާ ގިނަ ދިވެހީންގެ އާދަތަކާ ތަފާތު ކަމެކެވެ. އުފަން ރަށް ނޫން އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި ޑޮކްޓަރުންނާއި އެފަންތީގެ ޕްރޮފެޝަނަލް މީހުންގެ އަދަދު ވަރަށްވެސް ގިނައެވެ.

އަޒުމެއް އޮވެގެން މަސައްކަތް ކޮށްފިނަމަ މަގްސަދު ހާސިލްވާނެކަމީ ޔަގީން ކަމެކެވެ. މިކަން އެންމެ ރަނގަޅަށް ސާބިތުކޮށްދެއްވި އެއްބޭފުޅަކީވެސް ޑރ ނަޝީދާ ސައީދު / ގދ.ވާދޫ ޕެރިސް އެވެ. އެންމެ ތުއްޕުޅުއިރުން ފެށިގެންވެސް އުނގެނުމަކީ އޭނާގެ ޚާއްސަ ޝައުގެކެވެ. ތައުލީމް ހާސިލް ކުރެއްވުމަށް އާއިލާއާއެކު މާލެއަށް ދިރިއުޅުން ބަދަލުކުރެއްވީ ބޭނުންވާ ވަރަށް ރަށުން ތައުލީމު ލިބެން ނެތުމުންނެވެ. އެއީ 1980ގެ އަހަރުތަކުގެ ކުރީކޮޅެވެ. ޑރ. ނަޝީދާ ސައީދަކީ ޕްރައިމަރީ އަދި ސެކަންޑަރީގައިވެސް ތަފާތު ހުނަރުވެރިކަމެއް ދެއްކެވި މޮޅު ދަރިވަރެކެވެ. ދަރިވަރުންގެ ތެރޭގައި ލީޑަރޝިޕް ދައުރެއް އަދާކުރެއްވިއެވެ. ގަދަ ހިތްވަރާއެކީގައި ކިޔަވައިވިދާޅުވީ މެޑިކަލް ޑޮކްޓަރަކަށް ވުމުގެ ފޮނި އުއްމީދުގައެވެ.

މަތީތައުލީމު އުނގެނުމަކީ އޭރު ފަސޭހަކަމެއް ނޫނެވެ. އެއީ ދަތިކަމަކަށްވިޔަސް ޑރ. ނަޝީދާ ސައީދު ހިތްވަރު ކުރެއްވީ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށެވެ. އެގޮތުން އޭލެވެލް ނިންމަވައި 1998ގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޑޮކްޓަރުގެ ކައިރީގައި ބަސްދޭހަކޮށްދީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ފެއްޓެވީ ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގައި ކުލަޖެއްސެވުމަށް އޮތް މަގަކީ އެއީކަމަށް ވުމުންނެވެ. މާލޭގައި ކުލި ދައްކަވަމުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ކިޔެވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމަށްވެސް ގިނަގުނަ ދަތިތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެހެންނަމަވެސް އާއިލާގެ ހިތްވަރުން ރަޝިޔާގައި ހައަހަރު ދުވަހުގެ މެޑިސިން ކޯހެއް ފުރިހަމަ ކުރެއްވުމަށްފަހު އެއްއަހަރު ދުވަހުގެ މެޑިސިން އިންޓާރންޝިޕެއް އިންޑިއާގެ މައިސޫރުގައި ފުރިހަމަކުރެއްވިއެވެ.

އިންޓާރންޝިޕަށް ފަހު އައިޖީއެމްއެޗްގައި ހަތަރު އަހަރު ދުވަހު މެޑިކަލް އޮފިސަރެއްގެ ހައިސިއްޔަތުން މެޑިކަލް ވޯޑްގައި މަސައްކަތް ކުރެއްވިއެވެ. އޭރުވެސް ޝައުގަކީ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކަށް ވުމެވެ. އެހެންކަމުން މެލޭޝިޔާގެ ގައުމީ ޔުނިވަރސިޓީ ހޮސްޕިޓަލުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކަށް ވުމަށް ތަމްރީނުވެ ވަޑައިގަތުމަށްފަހު މިހާރު މަސައްކަތް ކުރައްވަނީ އޭޑީކޭ ހޮސްޕިޓަލުގެ އެތެރެހަށީގެ ޑިޕާރޓްމަންޓުގެ އެންމެ އިސް ޑޮކްޓަރުގެ ގޮތުގައެވެ. މިދާއިރާއިން މިހާތަނަށް ޑރ. ނަޝީދާއަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ބަލިމީހުންގެ ލޯތްބާއި އިތުބާރެވެ. މި ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް އާއިލާގެ ފަރާތުންނާއި ވަކީން ޚާއްސަކޮށް މަންމަ އާއި ބައްޕަގެ ފަރާތުން ލިބިވަޑައިގެންނެވި ހިތްވަރު އަގު ނުކުރެވޭނެ ކަމަށް ޑރ. ނަޝީދާ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޝީދާ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

30 މެއި 2022
އައްޑޫ ފޭދޫ ޑޮކްޓަރު ދޮންތުއްތު

އައްޑޫ ފޭދޫ ޑޮކްޓަރު ދޮންތުއްތު

24 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު