Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގޯތީގެ ވާހަކަ ދައްކަވައިގެން މުއިއްޒު އުޅުއްވަނީ މެޑަލް ޖައްސަވަން

ސަރުކާރުން ހިލޭ މާލެ ރައްޔިތުންނަށް ގޯތި ދޭ ވާހަކަ ފެށުނު ހިސާބުން ހުއްޓާ ނުލައްވާ އެވާހަކަ މުއިއްޒު ދައްކަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މާރިޗު 2022 | ހުކުރު 14:17
މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލެގެ ރައްޔިތުން އާދޭސް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަން ހައްލު ކުރުމަށް އެ ރައްޔިތުން އެދެމުންދަނީ ރާއްޖޭގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ގޯތި ދީގެންނެވެ. ހަގީގަތުގައި ވެސް ރަށްރަށުގައި ބޯހިޔާވަހިކަމަށް ގޯތި ދޭ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް އެއް ހަމައެއްގައި އެކަން ކޮށްދޭން ޖެހެއެވެ.

އެންމެ ފަހުން މާލެއިން ގޯތި ދިން ހަނދާނެއް ވެސް މީހަކު ނެތެވެ. މާލޭގެ އާބާދީ އިތުރުވެ ލިބިފައިވާ ބިންކޮޅު މަތިމައްޗަށް އިމާރާތް ނަގައިގެން އަދި އެތަންތަން ފޮތިކޮށްގެން ޑިއުޓީ ބަހާ އުސޫލުން ދިރިއުޅުމުގެ ކަންކަން ކުރަން މިއަދު ޖެހިފައި އޮތުމަކީ އައު ވާހަކައެއް ނޫނެވެ. އެކަން ހައްލު ކުރަން ބޭނުންވި ވެރިއަކު ވެސް ނެތެވެ. އެތައް ވެރިއަކަށް އެ ފުރުސަތު ފުޅާކޮންނާއި ހަނިކޮށް ވެސް ލިބިއްޖެއެވެ. ކޮންމެ މީހަކު ވެސް ބެލީ އުސް އިމާރާތެއް ނަގައި ތަރައްގީގެ ނަމުގައި ބޮޑެތި މަސައްކަތްތަކެއް ކުރެވޭތޯއެވެ. ނަމަވެސް މާލޭގެ ރައްޔިތުންގެ އެދުން އޮތީ ގަނޑެއްގައި ލިޔެވި ކިއުގައި ޖެހިފައެވެ.

މިހެން ކަންކަން ދަނިކޮށް އެންމެ ފަހުން މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ. މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް މި އަހަރު ޖޫންމަހު ފައްޓަވާނެ ކަމަށާއި، އޭގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2000 ގޯތި، މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށެވެ. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށް ގޮސް ގުޅުވައިލެވޭ ތަނަކަށްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ މި ދައުރު ނިންމަވާ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދެއްވުމަށް ފަހުގައި ކަމަށެވެ. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި، ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުމަށް ކަމަށެވެ.

ރައީސްގެ މުޅި ރިޔާސީ ބަޔާން ނިންމަވާލެއްވި އިރު ވެސް އެއްވެސް ވަރަކަށް މި ފާހަގަކުރި ގޯތި ވިއްކަވާނެ ވާހަކައެއް ވިދާޅެއް ނުވެއެވެ. ވިދާޅުވީ ދެއްވާނީ ކަމަށެވެ. އާންމު ގޮތެއްގައި ގައުމުގެ ވެރިޔަކު އިއްވަވާ ރިޔާސީ ބަޔާނަކީ ދެކޮޅަސް އެއްކޮޅަސް ގިނަ މީހުން އެ ބަލާ އެ ވާހަކަ ދައްކާ އުޅޭ ކަމެކެވެ. ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދެކެވެއެވެ. ނޫސްތަކުގައި ވެސް އެ ވާހަކަ ލިޔެވެއެވެ. ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދެއްވާނެ ވާހަކަ ލިޔެވިފައި އޮތެވެ.

ނަމަވެސް މާލޭގެ ރައްޔިތުންގެ ބެލެނިވެރި ފަރާތް މާލޭގެ ރައްޔިތުންނަށް ގައުމުގެ ވެރިޔާ ކޮށްދެއްވަނީ ކޮން ކަމެއް ކަމެއް ބައްލަވާކަން މާ ޝައުގުވެރިކަމެއް ނުދެއްވިއެވެ. ހީކުރެއްވީ މާ ބޮޑު އެއްޗެކޭ ވިދާޅު ނުވާނެ ކަމަށެވެ. އެންމެ ފަހުން މި ވާހަކަ ނޫސްތަކަށް އެކޮ ގޮތްގޮތަށް އަރައި އޭގެ އެންމެ ފަހުގެ ވާހަކަ ދެކެވެން ވެސް ފަށައިފިއެވެ. އެހިސާބުން ލަގޮނޑިއަށް އަސަރު ނިކަން ގަދަޔަށް ކޮށްލިއެވެ. ކުނޭ މިރުހެއް ކެވުނު ހެން ކުޅިވެގެން ތެޅިފޮޅެން ފެއްޓެވިއެވެ. މި ދައްކަވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ވާހަކައެވެ.

އިހައްދުވަހަކު މުއިއްޒު ރައީސް ސޯލިހަށް ސިޓީފުޅެއް ފޮނުއްވި ކަމަށްވެއެވެ. މާބޮޑު ތަފްސީލެއް ސިޓީ ކައުންސިލުން ހާމަ ނުކުރި ނަމަވެސް، އޭގައި ބުނެފައިވަނީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 1000 ގޯތީގެ މައުލޫމާތު ލިބިވަޑައިގަތީ މީޑިޔާއިން ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ހުޅުމާލެއިން ގޯތި ދޫކުރާ ވާހަކައަކީ ހަޤީޤަތެއް ކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހިލޭ ގޯތި ދޭ ފަދައިން، ހުޅުމާލެއިން ދޭ ގޯތިތައް މާލޭގެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރާ އުސޫލުން މާލެ ރައްޔިތުންނަށްވެސް ހިލޭ ގޯތި ސަރުކާރުން ދޫކުރަންޖެހޭ ކަމަށް ޑރ.މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި މާލެ ސަރަޙައްދުގައި ބިން ހިއްކުމަށްފަހު ހިލޭ ގޯތި ނުދެއްވުމަކީ ހަމަހަމަކަން ނެތުން ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުން މި ސަރުކާރުން ފުއްދަވާނެކަމަށް މުއިއްޒަށް ގަބޫލު ކުރެއްވިއްޖެއެވެ. އަދި އެކަން ވެއްޖެނަމަ ލިބިވަޑައިގަންނަވާނެ ހުތުރު ނަމަކާއި، މޭޔަރަށް މިނިސްޓަރުކަމުގައި ހުންނަވައިގެން ވެސް އެ ކަން ނުކޮށްދެވުނު ވާހަކަ ރައްޔިތުން ދައްކާނެތީ ދެފައި އެއްތާކު ނުޖެހި ހަމަ މަރަށް ތެޅޭ މަހެއްހެން ތެޅިފޮޅިވަޑައިގަންނަވަނީއެވެ.

ރައީސް ސޯލިހަށް ސިޓީފުޅެއް ފޮނުއްވި އިރު، މުއިއްޒަށް ފަހުމު ނުވާ އެއްކަމެއް އެބައޮތެވެ. ރައީސް ވިދާޅުވީ ގޯތި ދެއްވާ ވާހަކައެވެ. ހިއްކަވާފަ ވިއްކަވާ ވާހަކައެއް ނޫނެވެ. މުއިއްޒުގެ ސިޔާސަތެއް އެއްވެސް ގޮތަކަށް ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅެއް ނުވެއެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ކްރެޑިޓް ނަންގަވަން ބޭނުންފުޅުވެގެން އެކަމާއިވެސް އުޅުއްވާތަން ފެނެއެވެ.

މާލޭ ރައްޔިތުންގެ ބެލެނިވެރި ފަރާތުން މިކަމާއި ފަހުން ނަމަވެސް އުޅުއްވާތީ އެއީ އުފާވެރި ކަމެކެވެ. ރައްޔިތުންނަށްޓަކައި ކޮންމެވެސް ކަމެއް ކުރައްވާކަން އަދު ހާމަވެއެވެ. ވަކިން ހާއްސަކޮށް 7 އަހަރު ހައުސިންގ ނުވަތަ ބޯހިޔާވަހިކަމާއި ބެހޭ މިނިސްޓަރު ކަމުގައި ހުންނަވައިގެން ނުކުރެއްވުނު ކަމެއް މިހާރު ކުރައްވާތީ ތައުރީފް ހައްގެވެ.

ނަމަވެސް މިހާރު ތިއުޅުއްވަނީ އެހެން ކަމެއްގައެވެ. މެޑަލް ޖައްސަވާށެވެ. އެހެން ބަޔަކު ކުރައްވާ ކަންކަމުގެ ކްރެޑިޓް ނަންގަވާށެވެ. ދެފަހަރު އެއްކެއްޗެއް ނުކިއްޔުވޭ އެއް ބޭފުޅަކީ ތިއެވެ. އެއީ ވަރަށްވެސް މުޑުދާރު އަމަލެކެވެ.

ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލްހުޅުމާލެރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރިޔާސީ ބަޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު