Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޯވަ އާލާކޮށް އޭގެ ވިޔަފާރި ކުރުން

ބޯވަ އާލާކޮށްގެން އޭގެ ވިޔަފާރި ކުރުމަށް އުފައްދާ ފުރަތަމަ ފާމް އަންނަ އަހަރު ހުޅުވަނީ

ފާއިތުވި 10 އަހަރުތެރޭގައި ބޯވައިގެ އަގު ވަނީ މަތިވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 މާރިޗު 2022 | ބުރާސްފަތި 14:04
ބޯވަ ފާމް އުފެއްދުން

ބޯވަ ފާމް އުފެއްދުން

ވިޔަފާރި އުސޫލުން ބޯވަ އާލާކޮށް އޭގެ ވިޔަފާރި ކުރުމަށް ދުނިޔޭގައި އުފައްދާ ފުރަތަމަ ވިޔަފާރި އަންނަ އަހަރު ހުޅުވަން ނިންމައިފިއެވެ.

ސީފުޑަށް އޮތް ޑިމާންޑު އިތުރުވަމުންދާ މި ދަނޑިވަޅުގައި ބޯވަ އާލާކޮށް އޭގެ ވިޔަފާރި ކުރުމަށް ނިންމާފައިވަނީ ސްޕެއިންގެ ކުންފުންޏަކުންނެވެ. މި ވިޔަފާރި ފެށުމަށް އިންވެސްޓުކުރަމުންދަނީ ސްޕެއިންގެ ބޮޑު ކުންފުންޏެއް ކަމަށްވާ ނުއޭވާ ޕެސްކަނޯވާއިންނެވެ. އެކުންފުނިން މިހާތަނަށް ވަނީ މި ވިޔަފާރި ފެށުމަށް 74 މިލިއަން ޑޮލަރު އިންވެސްޓުކޮށްފައެވެ. އެކުންފުނީގެ އެގްރިކަލްޗަރ ޑައިރެކްޓަރ ވިދާޅުވެފައިވަނީ މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ލަނޑުދަނޑިއެއް ކަމަށެވެ. އެހެންނަމަވެސް އެ ކުންފުނި އުފެއްދުމަށް އަދިވެސް އެންވަޔަރަންމެންޓަލް އެޕްރޫވަލް ލިބިފައެއް ނުވެއެވެ.

ސްޕެއިންގެ ހުޅަނގުއުތުރު ގައި ގާއިމްކޮށްފައިވާ އެކުންފުނީގެ ރިސަރޗް ސެންޓަރުގައި މިކަމާ ގުޅޭ އެކި ދިރާސާތައް ހަދަމުންދާއިރު، އެތައް އަހަރެއްގެ އެކެޑަމިކް ދިރާސާއަށްފަހު ނުއޭވާ ޕެސްކަނޯވާއިން ވަނީ ގިނަ އަދަދަކަށް ބޯވަ އާލާކުރުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަކޮށްފައެވެ. އަދި އެކުންފުނީގެ ވާދަވެރި ކުންފުނިތަކަށްވުރެ ވަނީ ކުރިހޯދާފައެވެ.

އެކުންފުނިން 2026 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 3،000 ޓަނުގެ ބޯވަ އުފައްދާ، ބައިނަލްއަގުވާމީ އެތައް ކުންފުންޏަކަށް އެތަކެތި ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މި ވިޔަފާރީގެ ސަބަބުން ސްޕެއިންގެ ގްރޭން ކެނޭރިއާގައި އެތައް ވަޒީފާއެއް އުފެދިގެންދާނެއެވެ. 2010 ވަނަ އަހަރުން 2019 ވަނަ އަހަރާ ދެމެދު ބޯވައިގެ ވިޔަފާރި ވަނީ 1.30 ބިލިއަން ޑޮލަރުން 2.72 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

އެހެންނަމަވެސް މިފަދަ ވިޔަފާރިއެއް ފަށައިފިނަމަ އެތަކެތީގެ ދިރިހުރުމަށް ނޭދެވޭ އަސަރު ކޮށްފާނެކަމީ މިކަން ދިރާސާކުރާ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. މިގޮތުން މީގެ ކުރިން މިފަދައިން ބޯވަ އާލާކޮށްގެން އޭގެ ވިޔަފާރި ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން އެތަކެތި ކުއްލިއަކަށް މަރުވުމާއި، ރުޅިގަދަވުމާއި، އެހެން ކުދި ބޯވަތައް ކެއުމާއި، އެތަކެތީގެ އަމިއްލަ ނަފްސަށް އަނިޔާކުރުން ފަދަ ކަންކަން ފާހަގަކުރެވިފައިވެއެވެ. މި ބޯވަ ފާމް އުފެއްދުމަށް ރިސަރޗް ހަދަމުންދާ ސެންޓަރުގެ ޑައިރެކްޓަރ ޑޭވިޑް ވިދާޅުވެފައިވާގޮތުގައި މި ދިރާސާގެ ތެރެއިން އެއްވެސް އެފަދަ ކަމެއް ފާހަގަކުރެވިފަ އެއްނުވެއެެވެ.

އެހެންނަމަވެސް މިކަމާ ދެބަސްވާ މީހުން އަދިވެސް އެބަތިއްބެވެ. މިގޮތުން ބޯވަ ޓޭންކެއްގައި ބަންދުކޮށްގެން ގެންގުޅުމުން އެތަކެތީގެ އުޅުމަށް ނޭދެވޭ ބަދަލުތަކެއް އަންނަ ކަމަށް ސައިންޓިފިކް ދިރާސާތަކުންވެސް ވަނީ ދައްކާފައެވެ. އެހެންކަމުން ވިޔަފާރީގެ އުސޫލުން ބޯވަ އާލާކޮށްގެން އޭގެ ވިޔަފާރި ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

ދުނިޔޭގެ ފުރަތަމަ ބޯވާ ފާމް

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2020

ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟

24 ޖެނުއަރީ 2020
ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟
18 ޖެނުއަރީ 2020

ރިހާނާއާއި ސައުދި ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވީތަ؟

18 ޖެނުއަރީ 2020
ރިހާނާއާއި ސައުދި ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވީތަ؟
26 މާރިޗު 2019

ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟

26 މާރިޗު 2019
ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟
19 ޖުލައި 2018

ބައްޕަ މަރުވެއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މޭގަން: އެއްބަފާ ދައްތަ

19 ޖުލައި 2018
ބައްޕަ މަރުވެއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މޭގަން: އެއްބަފާ ދައްތަ
19 އެޕްރީލު 2018

ސްޓްރީމިން ހިދުމަތް ފުޅާވުމުން ފިލްމު އުފައްދާ މީހުންނަށް ގެއްލުންވޭ:  ހެލެން މިރެން

19 އެޕްރީލު 2018
ސްޓްރީމިން ހިދުމަތް ފުޅާވުމުން ފިލްމު އުފައްދާ މީހުންނަށް ގެއްލުންވޭ:  ހެލެން މިރެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު