Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުން

ޔޫރަޕްގެ ދެކުނު އިރުމައްޗަށް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތް: މޮއި މަލްދީވީގެ ފުރަތަމަ މެގަޒިން ނެރެފި

1 މާރިޗު 2022 | އަންގާރަ 14:48

މި މެގަޒިން ނެރެދެއްވީ ސްލޮވޭނިޔާގެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2022 | އަންގާރަ 14:48
ޔޫރަޕްގެ ދެކުނު އިރުމައްޗަށް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ނެރުނު ފުރަތަމަ މެގަޒިން

ޔޫރަޕްގެ ދެކުނު އިރުމައްޗަށް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ނެރުނު ފުރަތަމަ މެގަޒިން

ޔޫރަޕްގެ ދެކުނު އިރުމައްޗަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "މޮއި މަލްދީވީ"ގެ ފުރަތަމަ މެގަޒިން ނެރެފިއެވެ.

"މޮއި މަލްދީވީ"ގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ނުޒުހާ ރާއްޖެއެމްވީއަށް ވިދާޅުވީ, ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަކީ އަމާޒެއް ކަމަށާއި، އެ މަސައްކަތަށް އަބަދުވެސް ޝައުގުވެރިވާ ކަމަށެވެ. ސްލޮވޭނިޔާގައި ދިރިއުޅެމުން ގެންދާއިރު، އެސަހައްދުގެ މީހުންނަށް ރާއްޖެއަކީ ކޮންތަނެއްކަން ވެސް ނޭނގޭކަމަށް ނުޒުހާ ވިދާޅުވިއެވެ. އެހެންކަމުން މަސައްކަތް ކުރަމުންދަނީ މުޅި އެ ސަރަހައްދަށް ރާއްޖެ ޕްރޮމޯޓްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މޮއި މަލްދީވީގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހިންގަމުންދާއިރު، ހޯމަ ދުވަހު ވަނީ ފުރަތަމަ މެގަޒިން ނެރެފައެވެ. މި މެގަޒިން ނެރެދެއްވީ ސްލޮވޭނިޔާގެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ޖަނެޒް ޕޮޑޮބްނިކްއެވެ.

މި މެގަޒިންއަށް އިޝާރަތް ކުރައްވައި ނުޒްހާ ވިދާޅުވީ, މި މެގަޒިން އާއްމުކުރީ އެގައުމުގެ ބަހުރުވައިން ކަމަށާއި، ގިނަ ބަޔަކާ ހަމައަށް މެގަޒިން ފޯރާނެކަމަށެވެ. ޑިޖިޓަލް އަދި ޕްރިންޓްކޮށްފައިވާ މެގަޒިން އާއްމުކޮށްފައިވާއިރު، މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނުޒުހާ ވިދާޅުވީ އާއްމުކުރި ފުރަތަމަ މެގަޒިންގައި ހުންނާނީ ރާއްޖެއާ ބެހޭ ގޮތުން ބޭސިކް މައުލޫމާތު ކަމަށެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރެވޭނެ ގޮތާއި، ރާއްޖެއިން ލިބޭ އެކިއެކި ވައްތަރުގެ ފަތުރުވެރިކަމާއި، ބަޖެޓް ޕްލޭން ކުރާނެ ގޮތް މި މެގަޒިނުން ސާފުވާނެ ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެގެން އައިސްފައިވާ ގޮތާއި، މި ދާއިރާގެ އިސްބޭފުޅުންގެ އިންޓަވިއުތައް ހިމަނާފައިވާކަމަށް ނުޒުހާ ވިދާޅުވިއެވެ. އަދި މެގަޒިންއެއްގެ ޒަރިއްޔާއިން މައުލޫމާތު ފޯރުކޮށްދިނުމުން ގިނަ ބައެއްގެ އިތުބާރު ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއީ އިންޓަރނެޓްގެ ޒަރީއާއިން މައުލޫމާތު ހޯދައި، ބައެއް ފަހަރު ނުރަނގަޅު މައުލޫމާތާއެކު ރާއްޖެއަށް ދަތުރުކުރުމަށް ބައެއް ފަތުރުވެރިންނަށް އުދަނގޫތައް ކުރިމަތިވާތީއެވެ.

މީގެ އިތުރުން ނުޒުހާ ވިދާޅުވީ ޔޫރަޕްގެ ދެކުނު އިރުމައްޗަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށްފުޅާ ކުރާނެ ކަމަށެވެ. އެގޮތުން އެކިއެކި ޓްރެވަލް އެޖެންސީތަކާއެކު މާކެޓިންގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި، ވެބްނާތައް އާއްމުކުރަމުންދާނެ ކަމަށް ނުޒްހާ ވިދާޅުވިއެވެ.

މޮއި މަލްދީވީގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ވެބްސައިޓުންނާއި، ސޯޝަލް މީޑިއާ ފްލެޓްފޯމްތައް މެދުވެރިކޮށް ވެސް ރާއްޖެއާ ގުޅުންހުރި ގިނަ މައުލޫމާތުތައް ދަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ނުޒުހާ ފާހަގަކޮށްފައިވެއެވެ.

މުއި މަލްދީވް ރާއްޖޭގެ ފަތުރުވެރިކަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
23 ނޮވެމްބަރު 2024

އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟

23 ނޮވެމްބަރު 2024
އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟
19 ނޮވެމްބަރު 2024

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

19 ނޮވެމްބަރު 2024
ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!
03 ނޮވެމްބަރު 2024

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

03 ނޮވެމްބަރު 2024
ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ
10 އޮކްޓޯބަރު 2024

ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ

10 އޮކްޓޯބަރު 2024
ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ
10 އޮކްޓޯބަރު 2024

އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް

10 އޮކްޓޯބަރު 2024
އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް