Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ފެބްރުއަރީ ހަތާވީހާއި އަޅުގަނޑުމެންގެ ތާރީޚު

ދިވެހީންނަކީ ވަރަށްވެސް ފަޚުރުވެރި ތާރީޚެއް ލިބިގެންވާ ބައެއް

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 18:06
އުތީމް ގަނޑުވަރު

އުތީމް ގަނޑުވަރު

އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ގައުމިއްޔަތަށް ލޯބިކުރުން ނޯންނަ ވާހަކަޔަކީ އެކިއެކި މުނާސަބަތާއި ގުޅުވައިގެން އެކިއެކި ބޭފުޅުން އެކިއެކި ދަރުބާރުތަކުގައި ވަރަށް ގިނައިން ދައްކަވަމުން ގެންދަވާ ވަރަށް ޒަމާންވީ ވާހަކައެކެވެ. ޒުވާނުންނަށް ދިވެހި ތާރީޚު ނޭނގޭ ވާހަކައެވެ. ދިވެހި ވަންތަކަމަށް ލޯބިކުރުން ކުޑަކަމުގެ ވާހަކައެވެ. ދިވެހި ވަންތަކަމުގެ އެންމެ މުހިއްމު ތަނބު ކަމަށްވާ ދިވެހިބަހާ ޒުވާނުން ދުރަށް ޖެހެމުންދާ ވާހަކައެވެ. ތެދެކެވެ. ކަންއޮތީ އެހެންނެވެ. އެހެންވީމާ މިކަމާމެދު އަޅުގަނޑުވެސް އެއްޗެއް ދަންނަވައިލާން ކަމަށެވެ. މިއަދަކީ އެކަމަށް ވަރަށްވެސް މުނާސަބު ދުވަހަކަށްވާތީއެވެ. މިއަދަކީ ގައުމީ ތާރީޚު ދުވަހެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރެވެމުންދަނީ ގައުމީ ތާރީޚު ދުވަހުގެ ގޮތުގައެވެ. ގައުމީ ތާރީޚު ދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 27 ފެބުރުއަރީ 2018 ގައެވެ. ދުވަސް ނިސްބަތްވަނީ އަލްގާޒީ ހަސަން ތާޖުއްދީން އަވަހާރަވި ދުވަހަށެވެ. ތާޖުއްދީނު އަވަހާރަވީ 27 ފެބުރުއަރީ 1727 ގައެވެ. ހަސަން ތާޖުއްދީނަކީ ދިވެހި ތާރީޚު އެންމެ ފުރަތަމަ ލިޔުއްވި މުއައްރިޚެވެ. އެހެންނަމަވެސް އެއީ އެމަނިކުފާނު އަމިއްލަފުޅަށް ފެނިވަޑައިގެން އަމިއްލަފުޅު އިސްނެންގެވުމަކުން ފެއްޓެވި މަސައްކަތްޕުޅެއް ނޫނެވެ. އެކަން ކުރެއްވުމަށް ތާޖުއްދީނަށް އަމުރުކުރެއްވީ ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން ނުވަތަ ދިޔަމިގިލީ ބަންޑާރައިންނެވެ.

ދިވެހި ތާރީޚުގެ ބައްޕައެއްގެ ދަރަޖަ ބޭފުޅަކަށް އަރުވާކަމަށް ވެއްޖެނަމަ އަޅުގަނޑުގެ ނަޒަރުގައި އެބޭފުޅަކީ ދިޔަމިގިލީ ބަންޑާރައިންނެވެ. އެ ބަންޑާރައިން ރަސްކަން ކުރެއްވީ 1704 ވަނަ އަހަރުން ފެށިގެން 1721 ވަނަ އަހަރަށެވެ. ދިވެހިރާއްޖެއަކީ ވަރަށްވެސް ދިގު ވަރަށްވެސް މުއްސަނދި ތާރީޚެއް ލިބިގެންވާ ގައުމެކެވެ. ފާއިތުވި އެއްހާސް އަހަރުގެ ތާރީޚު ލިޔެވި ކަރުދާހުގައި ފެންނާންވެސް އެބައޮތެވެ. އޭގެ ކުރީގެ ތާރީޚު ކަރުދާހުގައި ފެންނާން ނެތަސް އެންމެ އެވޭލާ ޒަމާނުގެ ކާބަފައިންގެ ފަރާތުން ވާރުތަވެގެން އައިސްފައިވާ އާދަކާދަތަކާއި މަސައްކަތްތެރިކަމުގެ ހެކިތައް މިހާރުވެސް ފެންނާން އެބަހުއްޓެވެ. ދޫދޫމަތިން ކިޔެމުން އަންނަ ފޯކްލޯރުތަކުންވެސް އެކި ދުވަސްވަރުގެ މައްޗަށް އަލިއެޅިގެންދެއެވެ. ރާދަވަޅިޔާއި ލޯމާފާނުތަކަކީ ފެންނާންހުރި އެންމެ ދުވަސްވީ ލިޔުންތަކެވެ.

ލޯމާފާނަކީ ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެނޫންވެސް ވިރިކެކޭ މައުދަނަކުން ހަދައިފައި ހުންނަ ހަނި ދިގު ފޮތިތަކެކެވެ. ރާދަވަޅިޔަކީ ރަސްރަސްކަލުންގެ ވަނަވަރާއި އެބޭފުޅުންގެ ތާރީޚެވެ. މި އެންމެހައި ތަކެއްޗާއި މައުލޫމާތު ދިރާސާކޮށް ދިވެހީންގެ ހަޒާރަތުގެ އެކޮޅު މިކޮޅު ދަސްކޮށް އެކަންކަމުގެ މައްޗަށް ވިސްނައި ދިވެހި ތާރީޚަށް އަހުލުވެރިވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމެވެ. ތާރީޚުގެ އެކިއެކި ހާދިސާތަކުން ފިލާވަޅު ލިބިގަތުމާއެކު ތާރީޚާއި ސަގާފަތުގެ މުހިންމުކަން ޒުވާނުންނަށް ބުނެދިނުމަކީވެސް ބޭނުމެކެވެ.

މިއީ ބުނެލަން ނިކަން ފަސޭހަ ވާހަކައެކެވެ. އެކަމަކު ކުރާން ފަސޭހަ ކަމެއް ނޫނެވެ. ދިވެހި ޒުވާނުން ތާރީޚަށް އަހުލުވެރިކުރަން ހަދަންވީ ފަންޑިތައަކީ ކޮބައިބާވައެވެ. އެންމެ ފުރަތަމަވެސް ކުރާންވީ ކަމަކީ ތާރީޚެއް އެބައޮތްކަމާއި އެއީ ފަޚުރުވެރިވުން ހައްގު ތާރީޚެއްކަން ސިކުނޑިތަކަށް ވިސްނައި ދިނުމެވެ. މިކަން ކުރެވޭނީ އަދި ކުރާންވެސް ވާނީ ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިންނެވެ. ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ތާރީޚާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭން އެބަޖެހެއެވެ. ދަރިވަރުންނަށް މިހާރަށްވުރެ ބޮޑަށް ތާރީޚާއި އާދަކާދަޔާއި ސަގާފަތް އުނގަންނައިދޭން އެބަޖެހެއެވެ. އެއީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ވަރަށްވެސް މުހިއްމު މަސައްކަތެކެވެ. ތާރީޚު އޮތީ ހަމައެކަނި ވެރިރަށް މާލެއަކު ނޫނެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް އަދި ކޮންމެ ރަށަކީވެސް މުއްސަނދި ތާރީޚެއް އޮތް ތަނެކެވެ. އެކަން އެނގޭނީ ހޯދައި ބެލީމައެވެ. ދިރާސާކުރީމައެވެ. އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި ރައްކާކޮށް ޒަމާނީ ވަސީލަތްތަކާ ގުޅުވައިލާން ޖެހެއެވެ. އޭރުން ބަލަން ބޭނުންވާ އެންމެނަށްވެސް ފަސޭހައިން އެތަކެތި ފެންނާނެއެވެ. ތާރީޚެއް ނެތޭ، އޮތް އެއްޗަކީ ރަންނަމާރިޔާއި ކޮމަންޑޫ ފަޅައިލި އޮޑީގެ ވާހަކަޔޭ ބުނެފައި ތާރީޚުދެކެ ފޫހިކޮށްލާކަށް އޭރުން ފުރުސަތެއް ނޯންނާނެއެވެ. ދިވެހީންގެ ފަޚުރަކީ ދިވެހި ތާރީޚެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރި ވެވޭނީ ތާރީޚު އެނގިގެންނެވެ. ގައުމުގެ އަގާއި އަބުރާއި އަމިއްލަވަންތަކަން ދެމެހެއްޓޭނީ ތާރީޚު އުގަންނައިދީ ތާރީޚަށް ހޭލުންތެރިކުރެވުނު މިންވަރަކުންނެވެ. މިވަރު ދަންނާން އެބަޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީލާދީ ތާރީޚު، ރާއްޖޭގެ ރަސްމީ ތާރީޚު ކަމުގައިވިތާ 65 އަހަރު!

މީލާދީ ތާރީޚު، ރާއްޖޭގެ ރަސްމީ ތާރީޚު ކަމުގައިވިތާ 65 އަހަރު!

16 ޖެނުއަރީ 2023
ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

02 ޖުލައި 2022
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތާރީޚުގެ އެންމެ ފަޚުރުވެރި ބިނާއަށް 63 އަހަރު!

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތާރީޚުގެ އެންމެ ފަޚުރުވެރި ބިނާއަށް 63 އަހަރު!

26 މެއި 2022
ގައުމިއްޔަތާއި ތާރީޚުގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެންނެވެ.

ގައުމިއްޔަތާއި ތާރީޚުގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެންނެވެ.

06 މާރިޗު 2022
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު