Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީގެ މަގުތައް ރީތިކުރުން

މާލެ ސިޓީ މަގުމަތި ރީތިކަން ދެމެހެއްޓުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ މަސައްކަތްތައް ފުޅާކޮށްފި

25 ފެބުރުއަރީ 2022 | ހުކުރު 06:22

އެކި ސަރަހައްދުތަކުގައި ލެޑް ބޯޑާއި، ސައިން ބޯޑު ބަހައްޓަން ނިންމާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2022 | ހުކުރު 06:22
މާލެ ސިޓީ މަގުމަތި ރީތިކަން ދެމެހެއްޓުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ މަސައްކަތްތައް ފުޅާކޮށްފި

މާލެ ސިޓީ މަގުމަތި ރީތިކަން ދެމެހެއްޓުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ މަސައްކަތްތައް ފުޅާކޮށްފި

މާލެ ސިޓީ މަގުމަތި ރީތިކަން ދެމެހެއްޓުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ މަސައްކަތްތައް ފުޅާކޮށް، އެކި ސަރަހައްދުތަކުގައި ލެޑް ބޯޑާއި، ސައިން ބޯޑު ބަހައްޓަން ނިންމައި މަގުތަކުގެ ނަން ސާފުކޮށް އެނގޭނެ ގޮތް ހެދުމަށް ނިންމައިފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ 3.8 ގައި ހިމެނިފައިވާ ''މާލޭގެ އެކި ސަރަޙައްދުތަކުގައި ލެޑް ބިލްބޯޑް/ސައިން ބޯޑު ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، ބަހައްޓައި ހިންގުމުގެ'' ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމެކެވެ. އަދި މަގުތަކަށް ކިޔާނަން ސާފުކޮށް އެނގޭނެހެން މަގުތަކުގައި ނަން ޖެހުމަށް ނިންމާފައިވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ 3.14 ގައިވާ ''މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އެނގޭނެހެން މަގުތަކުގައި ނަން ޖެހުން'' މި ޕްލޭންއަށް އަމަލީ ސިފަ ގެނައުމުގެ ގޮތުންނެވެ. މި ނިންމުންތައް ނިންމާފައިވަނީ ކައުންސިލުގެ 4 ވަނަ ދައުރުގެ 41 ވަނަ ޖަލްސާގައެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކައުންސިލަށް ވީހާވެސް ޚަރަދު ކުޑަވާނެ ނިޒާމެއްގެ ތެރެއިންކަން ފާހަގަކޮށް ކައުންސިލުން ބުނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ސައިން ބޯޑް އަދި ލެޑް ބޯޑް ބަހައްޓާއިރު މީހުންނަށް އުނދަގޫ ނުވާ ގޮތަށް ބަހައްޓައި، ބޯޑުތަކުގެ ލައިޓާއި ސައުންޑް ބެލުމާއި، ވިޔަފާރި އުސޫލުން އަމިއްލައަށް ބޭނުންކުރާ ލެޑް ބޯޑުތައް އުސލެއްގެ ތެރެއިން ތަރުތީބުވެގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިކަމަށް އެކަށީގެންވާ ސަރަހައްދުތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ފަންނީ މީހުންގެ އިރުޝާދާއި ލަފާގެ މަތިން ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކެކޭ އެއްފަދައިން ކުރިއަށް އޮތް ތަނުގައި މި ސައިން ބޯޑުތައް މެދުވެރިކޮށް ޓްރެފިކް ލައިވް އަޕްޑޭޓް ދެނެގަތުމާއި މަގުބަންދާ ބެހޭ ލައިވް އަޕްޑޭޓް ފަދަ ޚާއްސަ މެސެޖުތައް ދެވޭނެ ނިޒާމް ޓްރެފިކް ޕޮލިހާއި ކަމާ ގުޅޭ އެހެން ފަރާތްތަކާއި ގުޅިގެން ގާއިމްކުރުމެވެ. މާލެ ސިޓީގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ އެކި އުމުރުފުރާގެ މީހުންނާ ގުޅުން ހުރި އިރުޝާދުތައް ހިމެނޭ ގޮތަށް ބޯޑުތަކެއް ބެހެއްޓުމަށް ވެސް ސިޓީ ކައުންސިލުގެ މި ޖަލްސާގައި ވަނީ ނިންމާފައެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.7 ގައިވާ ކަމެކެވެ.

ކައުންސިލުން ބުނީ މި މަސައްކަތް ކުރާއިރު ރަގަޅު ސަރވޭއެއް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ރިވެތި އިރުޝާދު ދޭ ބޯޑު ހަރުކުރުމަށް ލިސްޓް ތައްޔާރު ކުރާއިރު އަންހެނުންނާއި ފިރިހެނުންނާއި އަދި އިސްރަށްވެހިންނާއި ކުޑަކުދިން ހިމެނޭނެހެން އެކި އުމުރު ފުރާތަކަށް ޚާއްސަ މެސެޖުތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސިޓީގެ މަގުމަތީގެ ރީތިކަން ދެމެހެއްޓުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ ދަށުން މަގުތަކަށް ކިޔާ ނަންތައް ޖަހާނެ ގޮތް ފަރުމާކުރުމަށް ރާވާފައިވަނީ މިކަމާއި ގުޅޭ ފަންނީ މީހުން މެދުވެރިކޮށް އެމީހުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށް ކައުންސިލުން ބުނެއެވެ.

ރިވެތި އިރުޝާދު ދޭ ބޯޑުތައް މާލެ ސިޓީގެ މަގުތަކުގައި ހަރުކުރުމަށް ކައުންސިލުން ނިންމާފައިވަނީ މުޖްތަމައުގައި ނެތެމުންދާ ރިވެތި އާދަތައް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމުގެ ގޮތުންނާއި، މާލެ ސިޓީގެ މަގުމަތީގެ ރީތިކަމަށް ސަމާލުކަންދީ ތަރުތީބު ކުރުމުގެ ގޮތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް