Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނު ރަޝީދުގެ މަރު

ޔާމީންގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް އަނިޔާކުރާކަމަށް ކުރި ތުޙުމަތު ފުލުހުން ދޮގުކޮށްފި

4 ޖޫން 2017 | އާދީއްތަ 17:46

ޤައިދީން ބައިތިއްބާފައި ތިބީ ޤަވާއިދާ ޚިލާފު ތަނެއްގައި ކަމަށް ވަނީ ތުޙުމަތު ކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 ޖޫން 2017 | އާދީއްތަ 17:46
ޔާމިންއަށް ހަމަލާ ދިންކަމަށް ޤަބޫލުކުރެވޭ ދެމީހުން. މި ދެމީހުން ހައްޔަރުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ފުލުހުން ބުނޭ

ޔާމިންއަށް ހަމަލާ ދިންކަމަށް ޤަބޫލުކުރެވޭ ދެމީހުން. މި ދެމީހުން ހައްޔަރުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ފުލުހުން ބުނޭ

ނިމިގެންދިޔަ އޭޕްރީލް މަހު އަނިޔާވެރި ގޮތަކަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން، ޤަވާއިދާއި ޚިލާފަށް ސިއްރު ތަނެއްގައި ބައިތިއްބައި، އެކި ޙައްޤުތަކުން މަހުރޫމް ކޮށްފައިވާކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމްޑީއެން) އިން ކުރި ތުޙުމަތު ފުލުހުން ދޮގުކޮށްފިއެވެ.

އެމްޑީއެންއިން އާދީއްތަ ދުވަހު ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ، ޔާމީންގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ބައިތިއްބާފައި ތިބީ ޤަވާއިދާއި ޚިލާފު ތަނެއްގައި ކަމާއި، އެމީހުންނަށް ވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު ދީފައި ނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހަމައެއާއިއެކު، އެމީހުންނަށް އަނިޔާކޮށް، އެމީހުންނާއި މެދު ލާއިންސާނީ އަމަލު ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްޑީއެންއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ ޖަމިއްޔާއިން ބުނީ، މިފަދައިން ކަން ހިނގުމަކީ، އިންސާފު ލިބުމާއި، އިތުބާރު ހުރި ހެކި ހުށަހެޅުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

އެމްޑީއެންގެ ވާހަކަތަކަށް ރައްދުދެއްވާ ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން، ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ވަނީ އެމްޑީއެންއިން ކޮށްފައިވާ ތުޙުމަތުތައް ދޮގު ކުރައްވާފައެވެ.

ޝިފާން ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް އެއްވެސް ޤައިދީއަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާ، ޔާމީންގެ މައްސަލައިގައިވެސް ކަން އޮތީ އެހެން ކަމަށެވެ. ޝިފާން އިތުރަށް ވިދާޅުވީ، ވަކި މައްސަލައެއް ތަފާތު ކުރުމެއް ނެތި، ހުރިހާ މައްސަލައެއްގައި ބަންދުކުރެވިފައިވާ މީހުންނާއި މެދުވެސް އަމަލުކުރެވެމުންދަނީ، ޤައިދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި އެއްވެސް ޤައިދީއަށް އަނިޔާ ނުކުރާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޔާމީންގެ މައްސަލައިގައި މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު، ފުލުހުންގެ ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 6 މީހުންނެވެ. މި މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުންނަށް ޤާނޫނީ ލަފާދެނިކޮށް، ތަހުގީގަށް ހުރަސްއަޅާކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޤާނޫނީ ވަކީލު މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް