Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ޤަވާއިދަށް ފައްތާ ބިދޭސީންވެސް ފިލާތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި 42،000 ބިދޭސީން ރަޖިސްޓަރ ވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2022 | ބުދަ 07:34
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ޤަވާއިދަށް ފައްތާ ބިދޭސީންވެސް ބައެއް ފަހަރު ފިލާތީ އެމީހުން ގެންނަ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެއް އޮންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބުދަ ދުވަހު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ، ޚާއްސަ ހުއްދައެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި 42،000 ބިދޭސީން ރަޖިސްޓަރު ވެފައިވާ ކަމަށެވެ. އެމީހުން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ދަނިކޮށް، ކޮވިޑުގެ ޙާލަތާއި ގުޅިގެން އެކަމަށް މަޑުޖެހުމެއް އައިކަން އޭނާ ފާހަގަކުރެއްވިއެވެ. ސަބަބަކީ އެމީހުންގެ ފިންގަރ ޕްރިންޓް ވެރިފިކޭޝަނަށް އެމީހުން ހާޒިރުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ޖެހުމެވެ.

ނާޒިމާ ވިދާޅުވީ، މި އަހަރު އަނެއްކާވެސް ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށްދާ ކަމަށެވެ. އެގޮތުން 42،000 މީހުންގެ ތެރެއިން 10،000 މީހުން ޤަވާއިދުގެ ތެރެއަށް ގެނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި 9000 މީހުން އަނބުރާ ފޮނުވާލެވިފައިވާއިރު، މިހާރުވެސް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި 6000 ހުށައެޅުން ލިބިފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އަތޮޅު ތެރޭގައިވެސް ގޮންޖެހުންތަކާއެކު މި މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޤަވާއިދަށް ފައްތާ ފަހުންވެސް މީހުން ފިލައިގެން ދިއުމުގެ މައްސަލަތައް ފެންމަތިވާތީ، ބިދޭސީން ގެންނަ މީހުންގެވެސް ކަންބޮޑުވުންތައް ފާހަގަވެފައިވާކަމަށް ވިދާޅުވިއެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅެއެވެ. މިހާރުވެސް ރާއްޖޭގައި ވާރކް ޕާމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހާ މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ތިންހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މިނިސްޓްރީގެ ޓީމުތައް އަތޮޅު ތެރޭގައި ޙަރަކާތްތެރިވާއިރު، މިމަސައްކަތް ނިޒާމެއްގެ ތެރެއިން ކުރެވޭނެ ގޮތް ހެދުމަށް ކައުންސިލުތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މިނިސްޓްރީގެ ވިސްނުމަކީވެސް ވީހާވެސް ކައުންސިލުތަކުގެ ބައިވެރިވުން އިތުރުކޮށްގެން މި ޕޮރޮގްރާމްތައް ހިންގުންކަމަށްވެސް ވިދާޅުވިއެވެ.

ބިދޭސީންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު