Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޕީއޭއިން އުސޫލުތަކަށް ބަދަލު ގެނައުން

ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހައްދާކަށް ދެން ނުޖެހޭނެ

21 ފެބުރުއަރީ 2022 | ހޯމަ 16:15

މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގައި، 22 ފެބްރުއަރީން ފެށިގެން ޕީސީއާރު ޓެސްޓް ހައްދާކަށް ނުޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ފެބުރުއަރީ 2022 | ހޯމަ 16:15
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން

ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން

މާލެއިން އެހެން ރަށްރަށަށް ދަތުރުކުރާއިރު، ކޮވިޑަށް ޓެސްޓްކުރުމަށް ހައްދާ ޕީސީއާރު ޓެސްޓް ހައްދަންޖެހޭގޮތަށް އޮތް ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ން އުވާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އިއުލާނުގައިވަނީ, މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގައި 22 ފެބްރުއަރީން ފެށިގެން ޕީސީއާރު ޓެސްޓް ހައްދަން ނުޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

މާލެއިން ރަށްރަށަށް ދަތުރުކުރާއިރު، ޕީސީއާރު ހެއްދުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވައިލުމުގެ އިތުރުން ކޮވިޑާގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ އެހެން ދެ ފިޔަވަޅަކަށްވެސް ނިމުމެއް އަންނާނެއެވެ. އެއީ މީހުން އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތަކުގައި އެއްފަހަރާ ބައިވެރިވެވޭނެ މީހުންގެ ލިމިޓް އުވައިލުމާއި ކުޅިވަރު މުބާރާތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން އުވައިލުމެވެ.

ރަށްރަށަށް ފުރުމުގެ ކުރިން ކޮވިޑް ޓެސްޓް ހެދުން އެޗްޕީއޭއިން މިހާތަނަށް ލާޒިމު ކޮށްފައި އޮތްނަމަވެސް، މިފަހަކަށް އައިސް ކޮވިޑްގެ އަދަދުތައް ދަށަށްދާން ފެށުމުން އެކަމަށް މީހުން ސަމާލުކަންދޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން އެހާ ބޮޑަށް ބަލަމުންނެއްވެސް ނުދެއެވެ. އެހެންކަމުން ފާއިތުވި ދުވަސްތަކުގައި ގިނަ ބަޔަކު ވަނީ ޕީސީއާރު ޓެސްޓް ނުހައްދައި ރަށްރަށަށް ދަތުރުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ޖެނުއަރީ މަހު, ދުވާލަކު 2500ން މަތީގައި ހުރުމަށްފަހު ފެބްރުއަރީ މަހު އަންނަނީ ކޭސްތައް ފެންނަ މިންވަރު ދަށްވަމުންނެވެ. އެގޮތުން މިހާރު ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު އުޅެނީ ހާހަކުން ދަށުގައެވެ.

އެޗްޕީއޭ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
03 މެއި 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ

03 މެއި 2024
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
03 މެއި 2024

ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު: އެޗްޕީއޭ

03 މެއި 2024
ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް