Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިންނަވަރު ބަނދަރުގެ މަސައްކަތް

ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އޮކްޓޯބަރު މަހަށް ނިންމާލެވޭނެ: އެމްޓީސީސީ

16 ފެބުރުއަރީ 2022 | ބުދަ 17:32

ޑިޒައިނަށް ބަދަލެއް ގެނައުމަށް ރައްޔިތުން އެދިފައިވާތީ، ސަރުކާރާ ކައުންސިލާ ދެމެދު މަޝްވަރާތައް ދަނީ ކުރިއަށް

އަމްނާ އިމާދު
އަމްނާ އިމާދު | 16 ފެބުރުއަރީ 2022 | ބުދަ 17:32
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުން

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުން

ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އޮކްޓޫބަރު މަހަށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ, ހިންނަވަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާއިރު، ބަނދަރުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު އެންވަރަޔަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އީއައިއޭގެ މަސައްކަތްތަކަށް އިޝާރަތް ކުރައްވައި އާޒިމް ވިދާޅުވީ, މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރާއި، އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެންމެ ރަނގަޅު ގޮތް އަބަދުވެސް ބަލާ ކަމަށެވެ. އަދި މިއީ ވަރަށް ވަގުތު ނަގާ މަސައްކަތެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

Advertisement - newsAdvertisement

ހިންނަވަރުގެ ބަނދަރުގެ މަސައްކަތްތަކާބެހޭގޮތުން އާޒިމް ވިދާޅުވީ, ޑިޒައިނަށް ބަދަލެއް ގެނައުމަށް ރައްޔިތުން އެދިފައިވާތީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އެ މަޝްވަރާތައް ކުރިއަށްދާތީ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވޭކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަ ސްޓޭޖްގައި ބަނދަރު ޑިޒައިންކުރާއިރު، ބޭނުންވާ ހުރިހާ ކަމެއް ހުށަހެޅުމަށް ކައުންސިލްތަކަށް އާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ. އާޒިމް ވިދާޅުވީ މިއަދު އެމްޓީސީސީން ތަރައްގީގެ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށާއި، އެރަށަކަށް މަސައްކަތް ކުރުމަށް ޓީމް ދަނީ މަސައްކަތް ކުރެވޭ ގޮތަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

މިހާރު މަސައްކަތްތައް ކުރިއަށްދާ ސްޕީޑަށް ބަލައި އާޒިމް ވިދާޅުވީ އޮކްޓޯބަރު މަހަށް ހިންނަވަރުގެ ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްފާއިވާ މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި މަޝްރޫއަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ހިންނަވަރަކީ 4873 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ, މަސްވެރި ރަށެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

07 މެއި 2017

އަހަރުތަކަކަށް ފަހު ހިންނަވަރުގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމް ކުރި ހޯދައިފި

07 މެއި 2017
އަހަރުތަކަކަށް ފަހު ހިންނަވަރުގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމް ކުރި ހޯދައިފި
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް