Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓީޗަރުންގެ މުސާރަ ބޮޑުކުރުން

ޓީޗަރުންގެ އުންމީދުތަކަށް ފޮނި ނިމުމެއް

މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 11:40
ސްކޫލްތައް ހުޅުވި ދުވަސް

ސްކޫލްތައް ހުޅުވި ދުވަސް

ޓީޗަރުންނަކީ ގައުމުގެ ކުރިމަގަށް ޒުވާނުން ބިނާކޮށް ތަމްރީނު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން މަސައްކަތްކުރާ މީހުންނެވެ. ގައުމު އާރާސްތުކުރުމުގައި ޓީޗަރުންގެ ދައުރަށްވުރެ މުހިއްމު އެހެން ދައުރެއް ނުވެސް އޮންނާނެއެވެ. ޓީޗަރުންނަކީ މި ގައުމުގެ ދިރުމެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުގެ ދަށުން, މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ, އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރައީސް މިހެން ވިދާޅުވުމާގުޅިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުންމީދުތައް އާވެ، މި ދާއިރާގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބިގެންދިޔައެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ޓީޗަރުން ބުނީ, ރައީސްގެ ރިޔާސީ ބަޔާނާއެކު ޓީޗަރުންނަށް އިތުރު އުފާވެރިކަމެއް ލިބިގެންދިޔަ ކަމަށެވެ. އަދި މިކަމުގެ މަޝްވަރާތައް ޓީޗަރުން މެދުގައި ކުރެވި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގިނަ ފަހަރަށް މި ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ދަތިވަނީ ވެސް ކުރާ މަސައްކަތާއި އެއްވަރަށް އުޖޫރަ ނުލިބޭތީ ކަމަށް ވަރަށް ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ޓީޗަރުންގެ ގޮތުގައި އެތައް އަހަރެއްވަންދެން މަސައްކަތް ކޮށްފައިވާ މީހުން ވެސް ދާއިރާ ދޫކޮށް, ވަނީ އެހެން ދާއިރާތައް ޚިޔާރުކޮށްފައެވެ. ޓީޗަރުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނުގެ ކުލަ ޖެހި، މި ނިންމުގެ ސަބަބުން އެމީހުންނަށް ވެސް ދާއިރާގައި ހިންދެމިލައިގެން ކުރިއަށް ދިޔުމަށް ލިބިގެން މި ދިޔައީ އިތުރު ހިތްވަރެކެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް މިޒަމާނާ ގުޅޭ އެކަށީގެންވާ ހައްގު އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާާއަކީ ގައުމުގެ ހުރިހާ ކަންކޮޅުތަކުންވެސް އިވެމުންދާ ޝަކުވާއެކެވެ. އެވާހަކަ ދައްކަނީ ހަމައެކަނި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުން އެކަންޏެއް ނޫނެވެ. އެއީ އެހެން ދާއިރާތަކުގެ ވަރަށް ގިނަ ބަޔަކުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.

މި މައްސަލަޔަށް ހައްލެއް ނުލިބި އެތައް އަހަރުތަކެއް ފާއިތުވީފަހުން މި ސަރުކާރުން މި މައްސަލަޔަށް ހައްލު ހޯދައިދިނުމަށް އިސްވުމަކީ, ވައުދުތައް ފުއްދުމުގައި ހާލަތަކަށް ވަގުތަކަށް ނުބަލައި ކަންކަން ކޮށްދިނުމުގެ ރޫހު މިސަރުކާރުގައި ހުރިކަން ހާމަވެގެންދާ ކަމެކެވެ.

ޓީޗަރުންނަށް ހައްގު އުޖޫރައެއް ހަމަޖެހިގެން ދިޔުމަކީ ޓީޗަރުންގެ މަސައްކަތާއި ހިތްވަރަށް ލިބިގެންދިޔަ ދިރުމެކެވެ. އެކަމާ ދޭތެރޭ ބަހުސްކޮށް ޖަދަލު ކުރާކަށް އެއްވެސް ފުރުސަތެއް ނެތެވެ. ޓީޗަރުންނަށް ހެޔޮގޮތް ވުމަކީ ގައުމަށް ހެޔޮގޮތް ވުމެވެ. ރައީސް ސާލިހުގެ ސަރުކާރުން އެ ނިންމި ނިންމުމަކީ މުޅި ގައުމުވެސް މަރުހަބާކިޔާ ނިންމުމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓާޝަރީ 5 ހޮސްޕިޓަލާއެކު ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައި އޮތް ސިއްޙީ ޚިދުމަތް ހޯދުމަށް ނިމުމެއް އަންނާނެ!

ޓާޝަރީ 5 ހޮސްޕިޓަލާއެކު ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައި އޮތް ސިއްޙީ ޚިދުމަތް ހޯދުމަށް ނިމުމެއް އަންނާނެ!

01 އެޕްރީލު 2021
ކެންޕެއިންގައި އެމްޑީޕީން މެކުހަށް، އިދިކޮޅުން ފޮނިބައިސާކެނޑުމުގައި!

ކެންޕެއިންގައި އެމްޑީޕީން މެކުހަށް، އިދިކޮޅުން ފޮނިބައިސާކެނޑުމުގައި!

05 މާރިޗު 2021
ތަކުލީފުތައް މާޒީވެ ދަތުރުފަތުރުގެ ހަގީގީ ފޮނިމީރުކަން ދިވެހިންނަށް

ތަކުލީފުތައް މާޒީވެ ދަތުރުފަތުރުގެ ހަގީގީ ފޮނިމީރުކަން ދިވެހިންނަށް

17 ޖެނުއަރީ 2021
ލަވަކިއުމަކީ ފޮނިކެނޑުމެއް، އެކަމުން ވަރަށް ބޮޑަށް ހިތްނުތަނަވަސް ކުރުވާ: އިޝާން

ލަވަކިއުމަކީ ފޮނިކެނޑުމެއް، އެކަމުން ވަރަށް ބޮޑަށް ހިތްނުތަނަވަސް ކުރުވާ: އިޝާން

05 މެއި 2020
ގާސިމެވެ. މީހުން އާދޭސް ކުރާ ކަމަށް، ތިޔަދައްކަވާ ވާހަކަތަކަށް ނިމުމެއް އަންނާކަށް ނުވޭތޯއެވެ!

ގާސިމެވެ. މީހުން އާދޭސް ކުރާ ކަމަށް، ތިޔަދައްކަވާ ވާހަކަތަކަށް ނިމުމެއް އަންނާކަށް ނުވޭތޯއެވެ!

23 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު