Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމަށް އައްޑޫން ދޫކޮށްފައިވާ ބިންތައް

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫސިޓީ އިން ކުއްޔަށް ދޫކޮށްފައިވާ 31 ބިމެއް ކައުންސިލަށް ބަދަލުކޮށްފި

ކުރިން 31 ބިމެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ބިން ލިބުނު ފަރާތްތަކާ ދެމެދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ފެބުރުއަރީ 2022 | ހުކުރު 02:05
އައްޑޫ ސިޓީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ

އައްޑޫ ސިޓީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫސިޓީ އިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް ކައުންސިލްގެ ނަމަށް ބަދަލުކޮށްފިއެވެ.

އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުނީ ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީ އިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ ނަމަށް އެއްބަސްވުންތައް ބަދަލުކޮށް ކައުންސިލާ ހަވާލުކޮށްފައިވާކަމަށެވެ. މީގެ ކުރިން އައްޑޫ ސިޓީ އިން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ކުލީ ބިންތަކުގެ ތެރެއިން 31 ބިމެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ބިން ލިބުނު ފަރާތްތަކާ ދެމެދުގައެވެ.

މި ބިންތަކުގެ ބިޑު ކާމިޔާބުކުރި ފަރާތްތަކާ ބިންތައް ހަވާލުކޮށްފައިވަނީ 2021، މާޗް 18 ގައި އައްޑޫސިޓީ ގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އެވެ. އައްޑޫސިޓީ ކައުންސިލްގެ ނަމަށް އެއްބަސްވުން ބަދަލުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ޓޫރިޒަމް ޒޯންގެ 7 ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން 1 ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫ އިން 9 ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން 2 ބިމެކެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި އޮތް އެއްބަސްވުންތައް ބަދަލުކުރުމުގެ ހަފުލާގައި، އެއްބަސްވުންތަކުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ޢަލީ ނިޒާރު އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝަބާއު އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ ފާތިމަތު ނިންފާއެވެ.

އައްޑޫ ސިޓީ ކައުންސިލްޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު