Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީސީން އޭޖީ އޮފީހަށް ހުށަހެޅި މައްސަލަތައް

އިންތިޚާބުތަކާއި، ޕާޓީތަކާއި ގުޅުންހުރި 3 ކަމަކަށް ބަދަލު ގެންނަން އޭޖީ އޮފީހަށް ފޮނުވައިފި

ސިޔާސީ ޕާޓީތަކަށް ފައިސާ ބަހަމުންދާ ގޮތަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ފެބުރުއަރީ 2022 | އަންގާރަ 07:47
އިންތިޚާބެއްގެ ވޯޓުލުން

އިންތިޚާބެއްގެ ވޯޓުލުން

ޕާޓީތަކާއި އިންތިޚާބާއި ގުޅުންހުރި ބައެއް ކަންކަމަށް ބަދަލުގެނައުމަށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އިންތިޚާބުތަކާއި ގުޅުންހުރި މައިގަނޑު ތިން ކަމެއް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

މިގޮތުން އެއް ކަމެއްގެ ގޮތުގައި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދެމުންދާ ފައިސާ ބަހަމުންގެންދާ ގޮތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. މިހާރު ފައިސާ ދެމުންދަނީ 10،000 މެމްބަރުންނަށްވުރެ ގިނައިން މެމްބަރުން ތިބި ޕާޓީތަކަށް އެކަނި ކަމަށް ފުއާދު ވިދާޅުވިއެވެ. މި އަދަދު ހަމަނުވާ އެއްވެސް ޕާޓީއަކަށް ފައިސާ ނުލިބޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ޕާޓީއަކާ އެކު މަޝްވަރާކުރުމަށްފަހު ހުށަހަޅާފައިވާނީ މެމްބަރުން ތިބޭ އަދަދަށް ބަލާ ވަކި ޕަސެންޓޭޖެއް ކޮންމެ ޕާޓީއަކަށްވެސް ދިނުމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ މިހާރުވެސް ހުރިހާ ޕާޓީތަކެއްގެ އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާކަމަށެވެ. މި އޮޑިޓްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ކޮންމެ ޕާޓީއެއްގެވެސް އިތުރު އޮޑިޓެއް ހެދުމަށް އެޓަރނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. މިއީ ސިޔާސީ ޕާޓީތަކުގެ މަަސައްކަތްތައް ގާތުން ބެލުމުގެ ގޮތުން ކުރަން ހުށަހަޅާފައިވާ މަސައްކަތެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވޯޓު ގުނުމާއި، ނަތީޖާ އިއުލާނުކުރުމާއި، ކެންޑިޑެސީ ގަބޫލުކުރުން ފަދަ ކަންކަމަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. ތަފާތު ތިން އިންތިޚާބެއް ކުރިއަށްދާއިރު، މި ތިން އިންތިޚާބުގައި ހުންނަ ބުރަދަނާ މަސައްކަތްވެސް ތަފާތުކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެއިތުރުން ފުއާދު ވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރުން ފެށިގެން ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ސޮފްޓްވެއަރތައް އަޕްގްރޭޑް ކުރުމާއި، އަދިވެސް ހޯދަންޖެހޭ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ތައުފީގުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު