Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރުން

މަސް ގަންނަ އަގު ބޮޑުކުރުމާއެކު ހެޔޮ ބަދަލެއް އަންނާނެ: މިފްކޯ

މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2022 | އާދީއްތަ 08:03
ޅ. ފެލިވަރު މަސް ކާރުޚާނާ

ޅ. ފެލިވަރު މަސް ކާރުޚާނާ

އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާގައި މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރެވުމުން މަސްވެރިންނަށް ލިބޭ އާމްދަނީއަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވަނީ މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރެވޭނެކަން އިއުލާނުކުރައްވާފައެވެ. ދެން މިފްކޯއިން މަސް ގަންނާނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ބޮޑުއަގު ލިބޭނަމަ، މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ ފައުޒީ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް އަގުތައް ކަނޑައެޅުމުން މިހާރު މިފްކޯއަށް މަސް ގަންނަ އަގަށްވުރެ މި އަގުތައް ބޮޑުވާނެ ކަމަށެވެ. އެގޮތުން މިހާރު މިފްކޯއަށް ގަންނަނީ ފިނިކުރި މަހުގެ ކިލޯއެއް 16 ރުފިޔާއަށް ކަމަށާއި، ފިނި ނުކުރާ މަސް ނަމަ ކިލޯއެއް 14 ރުފިޔާއަށްކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ރައީސް ސާލިހުގެ ވިސްނުންފުޅަކީ މަސްވެރިންނަށް ދެން އޮތް އެންމެ ރަނގަޅު އަގެއް ދިނުން ކަމަށެވެ. އެހެންކަމުން މަސް ގަންނަ އަގު ބޮޑުކުރުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީ އާއި މަޝްވަރާކޮށްގެން މިހާރު ކުރިއަށް ގެންދަމުންދާކަން ފައުޒީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަދި ވަކި އަގެއް ކަނޑައަޅާފައިނުވާކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންނަމަވެސް މި މަސް ތެރޭގައި އެ މަސައްކަތް ނިންމައި އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަން މަސްވެރިންނަށްވެސް އަންގާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމުގެ ޝަކުވާތައް މަސްވެރިން އަބަދުވެސް ކުރެއެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދެވޭނީ ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ހިފެހެއްޓި، އެ ޕްރޮސެސްކުރެވޭނެ ނިޒާމެއް ގާއިމްކުރެވިގެންކަމަށް މީގެ ކުރިން ފައުޒީ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ނިޒާމަކަށް މިހާރު ތައްޔާރުވަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިމޭއިރު ރާއްޖޭގައި ބާނާ މަސް އެހެން ގައުމުތަކަށް އެކްސްޕޯޓުކުރެވޭނީ ރާއްޖޭގައި ޕްރޮސެސްކުރެވިގެން ކަމަށް ފައުޒީ ވަނީ ވިދާޅުވެފައެވެ.

ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި، އެންމެގިނަ މަސް މިފްކޯއަށް ކިރާފައިވަނީ ނިމިދިޔަ 2021 ވަނަ އަހަރެވެ. މިގޮތުން މިދިޔަ އަހަރު 58،350 ޓަނުގެ މަސް ކިރާފައިވާއިރު، ޖުމުލަ އަގު 901،786،841 އަށް އަރާފައިވެއެވެ. 2019 ވަނަ އަހަރު އެކުންފުންޏަށް 49،000 ޓަނުގެ މަސް ކިރާފައިވާކަމަށާއި، އެއަހަރު މަސްވެރިންނަށް ދިން އާމްދަނީ 903 މިލިއަން ރުފިޔާއަށް އަރައެވެ. 2020 ވަނަ އަހަރު 48،000 ޓަނުގެ މަސް ކިރާފައިވާއިރު، އެއަހަރު މަސްވެރިންނަށް ދިން އާމްދަނީ 898 މިލިއަން ރުފިޔާއަށް އަރައެވެ.

މިފްކޯރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު