Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް

އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަން އެމްޑީޕީ މެމްބަރުންނަށް ހައްލު ކުރެވޭނެ - ޝަހީމް

ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި 5 އިދާރާއެއް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 11:17
އަބްދުﷲ ޝަހީމް އަބްދުލް ހަކީމް - ކަނޑިތީމު ދާއިރާގެ މެމްބަރު

އަބްދުﷲ ޝަހީމް އަބްދުލް ހަކީމް - ކަނޑިތީމު ދާއިރާގެ މެމްބަރު

އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ އެކަން އެމްޑީޕީ މެމްބަރުންނަށް ހައްލުކުރެވޭނެކަމަށް, ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގައި ކޯޓުތަކުގެ އިހުމާލު އޮތްވަރު ފެނިގެންދާ އެއް ކަމަަކީ ކުރީގެ ރައީސް ޔާމީން މިނިވަންކުރުން ކަމަށާއި، އެކަމުން ކޯޓުތަކާއި ތަހުގީގުކުރާ ފަރާތްތަކުގެ އިހުމާލު އޮތްކަން ފެނިގެންދާ ކަމަށެވެ.

ޝަހީމް ވިދާޅުވީ, އެމަނިކުފާނު މިނިވަންވެވަޑައިގަތުމާއެކު ރާއްޖޭގެ އިޖުތިމާއީ ފޭރާން ކުދިކޮށް ކޮއްޓަވާލައްވާތަން ފެންނަމުންދާ ކަމަށާއި، ފަސް އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު ރައްޔިތުންނާ މުޚާތަބުކުރައްވައި, ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ގޭގޭގެ ފާރުގައި ބޭއަދަބީކޮށް ލިޔަން ހިތްވަރު ދެއްވަމުން އަންނަ ކަމަށެވެ. މިހާރު ކޯޓުތަކުން ނިންމާ ނިންމުމަކީ ރައްޔިތުންނަށް ގަބޫލު ކުރެވޭ ނިންމުންތަކެއް ނޫން ކަމަށާއި، މިކަން މިހެންވަނީ ގާނޫނުގެ މައްސަލަ ހުރެގެން ނޫން ކަމަށެވެ. މިކަމުގައި އޮތީ ތަންފީޒުކުރަން ތިބޭ މީހުންގެ އިހުމާލު ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި މުއައްސަސާތަކުގައި ތިބި މީހުން ޖަވާބުދާރީ ކުރުވުމަށް ކޮމިޓީއަށް ލިބިފައިވާ ބާރު ބޭނުންކޮށް ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި، މިނިވަން ކަމާއެކު އުޅެވެން އޮތީ އޭރުން ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމު ނަގާލުމަށް މަސައްކަތްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކޮމިޓީން މަސައްކަތްކޮށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ކޮމިޓީގެ މެޖޯރިޓީއަކީ އެމްޑީޕީ މެމްބަރުންކަން ޝަހީމް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަންކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެމްޑީޕީ އުފެދިގެން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.

ޝަހީމް ވިދާޅުވީ މިއަދު މިކުރެވެނީ ޖުޑިޝަރީ ސިސްޓަމްގައި މައްސަލަ ހުރި ހިސާބު ދެނެގަތުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި އިހުމާލުވާ މީހުން ދެނެގަނެ، އެމީހުން ބަދަލު ކޮށްގެންވެސް ސިސްޓަމް ރަނގަޅު ކުރުުމަށް މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި 5 އިދާރާއެއް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލިސްޖުޑިޝަރީ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު