Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބޫދާބީއަށް ޑްރޯން މެދުވެރިކޮށް ހަމަލާދިނުން

އަބޫދާބީއަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވިއިރު އިތުރު ހަމަލާތަކެއް ދީފި

18 ޖެނުއަރީ 2022 | އަންގާރަ 00:47

ޑްރޯން ހަމަލާތަކަށްފަހު އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަނީ އިތުރު ހަމަލާތަކެއް ދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޖެނުއަރީ 2022 | އަންގާރަ 00:47
އަބޫދާބީ އެއަރޕޯޓް ހުންނަ ސަރަހައްދުން

އަބޫދާބީ އެއަރޕޯޓް ހުންނަ ސަރަހައްދުން

އަބޫދާބީގެ ތެޔޮވަޅުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ފޮނުވާލި ޑްރޯން ހަމަލާތަކުގައި ތިން މީހުން މަރުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފުލުހުން ބުނާގޮތުގައި ޑްރޯން ހަމަލާތަކަށްފަހު އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަނީ އިތުރު ހަމަލާތަކެއްވެސް ދީފައެވެ. ކުރިން ދިން ހަމަލާތަކުގައި މަރުވެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ދެ މީހުންނާއި ޕާކިސްތާނު މީހެއްކަމަށް ޔޫއޭއީގެ ފުލުހުން ބުނެއެވެ.

ހަމަލާތަކަށްފަހު ހޫޘީން ވަނީ މިއީ އެމީހުން ޔޫއޭއީ އާ ދެކޮޅަށްދޭ ހަމަލާތަކެއްކަމަށް ބުނެފައެވެ. ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި ސައުދީ އާއި ޔޫއޭއީ ގުޅިގެން އަންނަނީ ހޫޘީންނާދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ޔޫއޭއީއަށް ހަމަލާދިނުމުގެ އިތުރުން ހޫޘީން ވަނީ ސައުދީގެ ރަސްކަމުގެ ދަރުބާރަށް އަމާޒުކޮށް ޑްރޯން މެދުވެރިކޮށް 8 ހަމަލާއެއް ފޮނުވާލާފައެވެ. ސައުދީގެ ސްޓޭޓް މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލާފައެވެ.

ހަމަލާތަކަށްފަހު ހޫޘީ ގަނގުރާމަވެރިންގެ ސްޕޯކްސްމަން ބުނެފައިވަނީ އެޖަމާއަތުން ޔޫއޭއީ އާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. މިހަމަލާތަކަކީ ޔޫއޭއީން ސައުދީ އާ ގުޅިގެން ޔަމަނުގައި ހިންގަމުންދާ ކަންކަމާ ގުޅިގެން ޔޫއޭއީއަށް ފިލާވަޅެއް ދިނުމުގެ ގޮތުން ކުރާކަމެއްކަމަށް ސްޕޯކްސްމަން ޔަހްޔާ އަލް ސަރީ ވަނީ ވިދާޅުވެފައެވެ.

ސައުދީންނާއި ސައުދީއަށް ވާގިވެރިވާ ފަރާތްތަކުން ބުނެފައިވަނީ އެސަރަހައްދުން ހޫޘީން ދީފައިވާ ހަމަލާތަކެއް ދެނެގަނެވިފައިވާކަމަށެވެ. ހޫޘީން ބުނަމުން އަންނަނީ ހަތް އަހަރުވަންދެން އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރަމުން އައިނަމަވެސް އެމީހުންނަކީ ސައުދީންނާއި ސައުދީންގެ ބައިވެރިންނަށްވުރެ ބާރުގަދަ ބައެއްކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ސައުދީ އާއި ޔޫއޭއީގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާ ދެވުމުގެ ގާބިލްކަންވެސް އެބަހުރިކަމަށް އެޖަމާއަތުން އަންނަނީ ބުނަމުންނެވެ.

އަބޫދާބީގެ އެއަރޕޯޓަށް ދިން ހަމަލާތަކާއި ގުޅިގެން އިއްތިހާދު އެއަރވޭއިން ވަނީ ބައެއް ފްލައިޓްތައް ފުރުން ލަސްކޮށްފައެވެ. ނަމަވެސް ވަރަށް އަވަހަށް އާންމު ހާލަތަށްދާނެކަމަށް އިއްތިހާދު އެއަރވޭއިން ބުނެއެވެ.

މިހަމަލާ އެމެރިކާ، ފްރާންސް އަދި ބަހުރެއިނުން ވަނީ ކުށްވެރިކޮށްފައެވެ. ޔޫއޭއީން ބުނެފައިވަނީ ހޫޘީން މިދިން ހަމަލާގެ ރައްދުދޭނެކަމަށެވެ.

ޔޫއޭއީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި

19 ޑިސެމްބަރު 2025
ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި
16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
22 ޖުލައި 2024

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި
21 މާރިޗު 2024

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
01 ޑިސެމްބަރު 2023

ކޮޕް28ގެ ވަރލްޑް ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

01 ޑިސެމްބަރު 2023
ކޮޕް28ގެ ވަރލްޑް ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
01 ޑިސެމްބަރު 2023

މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން: ރައީސް

01 ޑިސެމްބަރު 2023
މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް