Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މޫސުން

ބާރަށް ވައިޖެހި ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ނަގޫރޯޅިއެއް އެރިކަމަށް ބުނާ ވާހަކަ މެޓުން ދޮގުކުރޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 31 މެއި 2017 | ބުދަ 21:36
ތިނަދޫއަށް އެރި ކޮޅިގަނޑުގައި ލިބުނު ބައެއް ގެއްލުން

ތިނަދޫއަށް އެރި ކޮޅިގަނޑުގައި ލިބުނު ބައެއް ގެއްލުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބުދަ ދުވަހުގެރޭ ގދ. ތިނަދޫއަށް ބާރަށް ވައިޖެހި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ތިނަދޫއަށް ނަގޫރޯޅިއެއް އެރި ކަމަށް ޚަބަރު ފެތުރެމުން ދިޔަ ނަމަވެސް، ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން، މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ތިނަދޫއަށް ނަގޫރޯޅިއެއް އެރިކަން ރިކޯޑް ކުރެވިފައި ނުވާ ކަމަށާ، އެ ރަށަށް ބާރު ސްޕީޑްގައި ވައި ޖެހިފައިވާ ކަމަށެވެ.

ތިނަދޫއަށް އެރި ކޮޅިގަނޑުގައި ލިބުނު ބައެއް ގެއްލުން

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން، ތިނަދޫ ކައުންސިލްގެ އިންފޯމޭޝަން އޮފިސަރ، އާރިފް ޙުސައިން ވިދާޅުވީ، ބުދަ ދުވަހުގެރޭ އައި ކޮޅިގަނޑެއްގައި ތިނަދޫގެ މީހުން އުޅޭ ބައެއް ގެތަކާއި ބައެއް ވިޔަފާރި ގުދަންތަކުގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ބައެއް ގުދަންތަކުގައި ހުރި މުދަލަށްވެސް ގެއްލުން ވެފައިވާއިރު، ބުދަދުވަހުގެރޭ ނުނިދޭ ވަރަށް ބައެއް ގެތަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

މި ކޮޅިގަނޑުގައި ރަށުގެ އެކި ހިސާބުގައި ހުރި ގެތަކާއި ގުދަންތަކަށް ގެއްލުން ލިބިފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި ބޮޑަށް ގެއްލުން ލިބިފައިވަނީ ރަށުގެ ހުޅަނގު ފަރާތުގައި ހުރި ގެތަކަށެވެ.

ތިނަދޫއަށް އެރި ކޮޅިގަނޑުގައި ލިބުނު ބައެއް ގެއްލުން

ލިބުނު ގެއްލުންތަކާއި ގުޅިގެން، ތިނަދޫ ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފްގެ އިތުރުން އެމްއާރްޑީސީއިން ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ރައީސް ޔާމީނަށް މެޖޯރިޓީ ގެއްލިއްޖެ، މިނިވަން މުއައްސަސާތަކުން މިނިވަންކަމާއެކު ބާރަށް ކުރިއަށް ދާންވީ:މުސްތަފާ

15 މެއި 2017
ރައީސް ޔާމީނަށް މެޖޯރިޓީ ގެއްލިއްޖެ، މިނިވަން މުއައްސަސާތަކުން މިނިވަންކަމާއެކު ބާރަށް ކުރިއަށް ދާންވީ:މުސްތަފާ
29 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ: ފުލުހުން

29 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ: ފުލުހުން
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު