Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ފިޔަވަޅުތައް ހަރުކަށި ކުރުން

ހާލަތު ގޯސްވާތީ، 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފުލާތަކާއި އިވެންޓްތައް ނުބާއްވަން އަންގައިފި

9 ޖެނުއަރީ 2022 | އާދީއްތަ 13:01

މަގުމަތީ ބާޒާރުތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް، ކުޅި ބަލާމީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް ވެސް އަންގާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖެނުއަރީ 2022 | އާދީއްތަ 13:01
ރަސްފަންނު ސަރަހައްދުގައި މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން

ރަސްފަންނު ސަރަހައްދުގައި މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން

ހާލަތު ގޯސްވަމުންދާތީ 50 މީހުންނަށްވުރެން ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތައް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި، މާލެ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ޓަކައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި 2022 ޖަނަވަރީ 10 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި 50 މީހުންނަށްވުރެން މަދުން މީހުން ހިމަނައިގެން ބާއްވާ އެފަދަ ކަންކަން އެ އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެއިތުރުން މަގުމަތީ ބާޒާރުތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް، ކުޅި ބަލާމީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ. މި ފިޔަވަޅުތައް ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި އާންމުންނަށް ވަނީ އަންގާފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ދުވަސްތަކަކަށްފަހު މާލެ ސަރަހައްދުން ފެންނަ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ޖެނުއަރީ 5 ވަނަ ދުވަހު 224 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާލެ ސަރަހައްދުން 102 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި ޖެނުއަރީ 6 ވަނަ ދުވަހު 304 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 136 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

މީގެ އިތުރުން މާސްކް އެޅުމުގެ ގަވާއިދު ތަންފީޒު ކޮށްދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ އޮމިކްރޯން ވޭރިއެންޓާއެކު، ރާއްޖެ ވެސް އެކަމަށް ތައްޔާރުވެ، ބަލިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިޖްތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އެދިފައިވެއެވެ.

އެޗްޕީއޭ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
03 މެއި 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ

03 މެއި 2024
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް